Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ކުއާޓާ ފައިނަލް - ބެލްޖިއަމާއި އިޓަލީގެ ކުރިމަތިލުން

ކުއާޓާގެ ޖާގައެއް އިޓަލީން ހޯދީ އޮސްޓްރިއާ ބަލިކޮށްގެން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޖުލައި 2021 | ހުކުރު 09:41
ބެލްޖިއަމް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ބެލްޖިއަމް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި އެންމެ ފޯރިގަދަވާނެ މެޗެއްގެ ގޮތުގައި ބެލެވިފައިވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމާއި އިޓަލީގެ ކުރިމަތިލުމެވެ.

މި މުބާރާތުގެ ކުއާޓާއިން ބެލްޖިއަމް ޖާގަ ހޯދީ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ކަޓުވާލުމަށްފަހުއެވެ. އެ މެޗުން ބެލްޖިއަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބެލްޖިއަމުގެ ކެޕްޓަން އެޑެން ހަޒާޑާއި، މިޑްފީލްޑަރު ކެވިން ޑި ބްރޭނާއަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން ކުއާޓާގައި މި ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމާ މެދު ވަނީ ސުވާލުއުފެދިފައެވެ.

އެނެއްކޮޅުން ކުއާޓާގެ ޖާގައެއް އިޓަލީން ހޯދީ ދެވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އޮސްޓްރިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ. މިއީ އިޓަލީން ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ. އަދި އެންމެ ފަހުން ކުޅުނު 31 މެެޗުންވެސް އިޓަލީ ބަލިވެފައެއް ނުވެއެވެ. މިއީ އެ ގައުމުގެ ފުޓްބޯޅައިގެ އައު ރެކޯޑެކެވެ.

ބެލްޖިއަމް މެޗުގެ ކުރިން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އިޓަލީން މި މުބާރާތާއި ކުރިމަތިލީ ފައިނަލް ކުޅެ ތަށި ހޯދުމަށް ކަމަށާއި، އެކަން ކުރުމަށް ބެލްޖިއަމް ބަލިކުރަން ޖެހޭ ކަމަށެވެ. އެކަމަކު މި މެޗަކީ އުނދަގޫ މެޗަކަށްވާނެ ކަމަށާއި، ނަމަވެސް އިޓަލީގެ ކުޅުންތެރިން މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް މަންޗިނީ ވަނީ ބުނެފައެވެ.

ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާގެ ޓީމުގައި އަނިޔާގެ މައްސަލަ އެބަހުރި ކަމަށާއި، އެގޮތުން ބައެއް ކުޅުންތެރިން މި މެޗަށް ފިޓް ނޫން ކަމަށެވެ. އެކަމަކު އޭގެ އަސަރު ޓީމުގެ ކުޅުމުން ނުދައްކާނެ ކަމަށްވެސް ބުންޏެވެ. އިޓަލީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ އިޓަލީއަކީ އެޓޭކުތަކުގައި ވަރުގަދަ ޓީމެއް ކަމަށާއި، އަނެއްކޮޅުން އެ ޓީމުގެ ޑިފެންސްވެސް ވަރުގަދަ ކަމަށެވެ. އެހެންކަމުން އިޓަލީގެ ގޯލު ފޫއަޅުވާލަން އުނދަގޫވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މުޙައްމަދު ނިޒާމް (ނިޒާމްބެ) އާއި އިސްމާޢީލް ޒަރިިޔަންދެވެ.

ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ބެލްޖިއަމްއިޓަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު