Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ކުއާޓާ ފައިނަލް - ސްވިޓްޒަލެންޑާއި ސްޕެއިންގެ ކުރިމަތިލުން

ސްޕެއިން ކުއާޓާއަށް ދަތުރުކުރީ ކްރޮއޭޝިއާ ކަޓުވާލުމަށްފަހު

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޖުލައި 2021 | ހުކުރު 09:28
ސްވިޓްޒަލެންޑް މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްވިޓްޒަލެންޑް މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގެ މެޗުތައް ހުކުރު ދުވަހުގެރޭ ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްވިޓްޒަލެންޑާއި ސްޕެއިނެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރާއިރު، ކުއާޓާއަށް ސްވިޓްޒަލެންޑް ދަތުރުކުރީ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަށްފަހުއެވެ. މި މެޗު ވެގެންދިޔައީ މި މުބާރާތުގައި އެންމެ ފޯރިގަދަ އެއް މެޗަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެއާއެކު މި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މީގެ އިތުރުން ސްޕެއިން ކުއާޓާއަށް ދަތުރުކުރީ އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމު ކަމަށްވާ ކްރޮއޭޝިއާ ކަޓުވާލުމަށްފަހުއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީވެސް 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، ފުރަތަމަ ހާފުގައި ސްޕެއިނުން ވަނީ ދެ ލަނޑު ޖަހައި، 5-3 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށްފައެވެ.

ސްވިޓްޒަލެންޑް މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިދިޔަ މެޗުގައި ސްވިޓްޒަލެންޑުން އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައިވާ ކަމަށާއި، އެގޮތުން ފްރާންސް ކަހަލަ ވަރުގަދަ ޓީމެއް ބަލިކޮށް ކުއާޓާއަށް ދަތުރުކޮށްފައިވުމުން ސްވިޓްޒަލެންޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މި މެޗުގައި ސްޕެއިނުން ފޯކަސް ކުރާނީ އަނިޔާއެއް ނުވެ ސެމީ ފައިނަލުން ޖާގައެއް ހޯދުމަށް ކަމަށްވެސް އެންރީކޭ ބުންޏެވެ.

ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑެމިއާ ޕެޓްކޮވިޗް ބުނީ މި މެޗަށް ނުކުންނައިރު ޓީމުގެ މޯޓިވޭޝަން އެތައް ގުނައެއް މަތިވެފައިވާ ކަމަށާއި، ހާއްސަކޮށް ފްރާންސް ކަޓުވާލުމަށްފަހު ކުއާޓާއިން ޖާގައެއް ހޯދުންވެސް އެއީ އެ ޓީމަށް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ކުއާޓާގައި ނުކުންނަ ސްޕެއިނަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކް ކުރާ ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗުގައިވެސް ސްވިޓްޒަލެންޑުން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައި، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން އިސްކަމެއް ދޭން ޖެހޭ ކަމަށްވެސް ބުންޏެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ 20:00 ގައި ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އިސްމާޢީލް ޒަރިިޔަންދު އާއި އިމާދު ލަތީފެވެ.

ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ސްވިޓްޒަލެންޑްސްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު