Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފުލެޓް ލިފްޓުގައި ބަޔަކު ތާށިވުން

ހިޔާ ޓަވަރުގެ ލިފްޓެއްގައި 9 މީހުން ތާށި ވެއްޖެ

މީހުން ތާށިވީ ދަނބު ކުލައިގެ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ލިފްޓުގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 30 ޖޫން 2021 | ބުދަ 17:52
ހިޔާ ފުލެޓުގެ ލިފްޓުގައި ތާށިވި ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް އިމާރާތުގެ ތެރޭގައި ކުރަނީ

ހިޔާ ފުލެޓުގެ ލިފްޓުގައި ތާށިވި ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް އިމާރާތުގެ ތެރޭގައި ކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުގެ ޓަވަރެއްގެ ލިފްޓުގައި ބަޔަކު ތާށި ވެއްޖެއެވެ.

އެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ އަކު ރާއްޖެ އެމްވީ އަށް ބުނީ މީހުން ތާށިވީ ދަނބު ކުލައިގެ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ލިފްޓުގައި ކަމަށެވެ. ތާށިވީ 8 ބިދޭސީންނާއި ދިވެއްސަކާއި ކަމަށާއި އެއީ އެތަނުގައި މަސައްކަތްކުރާ މީހުން ކަމަށް ވެސް ބުންޏެވެ.

Advertisement - newsAdvertisement

އޭނާ ބުނިގޮތުގައި އެމީހުން ތާށިވީ ޓަވަރުން ކަރަންޓު ކެނޑިގެން ހަވީރު ފަސްގަޑި ބައި ހާއިރުއެވެ. އަދި އެމީހުން ނެެރުނީ ފުލުހުން އައިސް މިރޭ 7:30 ވެސް ވީ ފަހުން ކަމަށް ބުންޏެވެ. އެތަނުގައި މަސައްކަތްކުރާ މީހުން ކިޔާދިން ގޮތުގައި އެތަނުގައި އެ މައްސަލަ ވަރަށް ގިނައިން ދިމާވާކަމަށެވެ.

"އެއް ދުވަހު ތިންވަނަ ބުރިން ކަރަންޓު ގޮސްގެން ލިފްޓު ހަމަ ބަން ކިޔާފަ އެންމެ ތިރިއަށް ވެއްޓުނީ، އެކަމާ ބިރުން 21 ވަނަ ބުރިން ހިނގާފަވެސް ފައިބައިފިން" އެތަނުގައި މަސައްކަތްކުރާ މީހެއް

އެކަމާ ގުޅިގެން އެޗްޑީސީގެ އެމްޑީ ސުހައިލް ރާއްޖެ އެމްވީ އަށް ވިދާޅުވީ އެހެން ދިމާވީ ލިފްޓުގެ މައްސަލައަކުން ނޫން ކަމަށެވެ. ދެވަނަ ފިޔަވަހީގެ ކަރަންޓު އަދި އަޅާ ސްޓޭބަލް ނުވާ ކަމަށާއި އޭގެ ސަބަބުން ބައެއް ފަހަރު އެހެން ކަރަންޓު ދާ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެތަން އާންމުންނަށް ދޭއިރު އެ މައްސަލަ ދިމާ ނުވާނެ ކަމަށް ވިދާޅުވިއެވެ.

ސުހައިލް މިހެން ވިދާޅުވިއިރު މިހާރުވެސް އެތަނަށް އާންމުން ގެންގޮސް ތަން ދައްކާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު