Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުން

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސައިދިނުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

30 ޖޫން 2021 | ބުދަ 14:15

2 ބިލް ފާސްކޮށްފައިވަނީ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2021 | ބުދަ 14:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު (ކ) އަދި އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން (ވ)

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު (ކ) އަދި އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން (ވ)

ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސައިދޭން މަޖިލީހުން ފާސްކުރި 2 ބިލެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް ތަސްދީގު ކުރެއްވި ފުރަތަމަ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ، ޖޫން މަހުގެ 21ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރައީސް ތަސްދީގު ކުރެއްވި އަނެއް ބިލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ، ޖޫން މަހުގެ 21ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް 1ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެ ކަމަށާއި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި، މި ގެނެވުނު އިޞްލާޙުތަކު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އުއްތަމަފަނޑިޔާރާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ދިރިއުޅުއްވާ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މިގޮތުން އުއްތަމަފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނަކަށްވާންޖެހޭނެ ކަމަށާއި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުންކަމުގައި މިބިލުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ

20 މާރިޗު 2017
 ނޫސްވެރިންނަށް އިންޒާރުދީ ކޯޓުން ނެރުނު ބަޔާނަކީ ޚުދުމުޚުތާރު ސިޔާސީ ބަޔާނެއް: އެމްޑީޕީ
19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
02 މާރިޗު 2017

ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު

02 މާރިޗު 2017
ނޫސްވެރިންނަށް ބިރު ދެއްކުމުގައި އުޅުނީ ޕީ.ޕީ.އެމްގެ އެމް.ޕީ ޚަލީލުގެ ޅިޔަނު
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް