Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަންހެނުން ހިތާނުކުރުމުގެ މައްސަލަ

އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ޚިޔާލު ހޯދަން ކޮމިޓީން ނިންމި ނިންމުން މުރާޖަޢާ ކުރަން އެދިއްޖެ

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކޮމިޓީން މަސައްކަތްކުރުމަށް ވަނީ ނިންމާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 30 ޖޫން 2021 | ބުދަ 06:34
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ | ރައްޔިތުންގެ މަޖިލިސް

އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުން އަލުން މުރާޖާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެދިއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އީވާ ވިދާޅުވީ މި ގޮތަށް އެދުނު މައިގަނޑު ސަބަބަކީ މިކަމާމެދު ޚިޔާލުހޯދައި އެކަމުގެ ގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ. އީވާ ވިދާޅުވީ ކޮމިޓީއަކުން ނިންމާ ނިންމުމެއް ހުއްޓުވުމުގެ ބާރު ރިޔާސަތައް ނޯންނަ ކަމަށާއި އެހެންނަމަވެސް ކޮމިޓީއަކުން ނިންމާ ކަމެއް އިތުރަށް މުރާޖަޢާ ކުރަން ދެންނެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ހިޔުމަން ރައިޓްސް ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ އަންހެނުން ހިތާނުކުރުމަށް ހިތްވަރުދޭގޮތަށް ދީނީ ޢިލްމުވެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުޙައްމަދު ޢިޔާޟް ޓްވީޓް ކުރައްވާފައިވާތީވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމް ހުށަހަޅުއްވާފައިވާ މައްސަލައެވެ.

މި މައްސަލައިގައި މެމްބަރުން ދެކޭގޮތް ހާމަކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ހުޅުވާލުމުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ މި މައުޟޫޢަކީ މިހާރު އެކި ތަންތަނުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވެމުންދާ މައުޟޫއެއް ކަމަށެވެ. ރާއްޖޭގައި އެހާ އާންމުވެފައިނުވާ ކަމެއްގެ ވާހަކަ މާބޮޑަށް ދެކެވި މިކަން ނުކުރާން ތިބި ބަޔަކު ވެސް މިކަން ކުރުމަށް ހިތްވަރުލިބިގެންދާ ފަދަ ކަންކަން ވެގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރ މުޙައްމަދު މުމްތާޒެވެ. މިކަމުގައި ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ ވިސްނުން ހުރި ގޮތެއް ދެނެގަނެ މިކަން ވަކިގޮތަކަށް ނިންމަންޖެހޭ ކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހޮޅުދޫ ދާއިރާގެ މެމްބަރ ޔޫނުސް ޢަލީ ހުށަހެޅުއްވީ ދީނީ ކަންކަމާ ގުޅޭގޮތުން އެންމެ ފަހު ބަސް ބުނާތަނަކީ ފިޤުހު އެކަޑަމީ ކަމަށްވާއިރު އެތަނުގެ ބަހެއް ވެސް މިކަމުގައި ހޯދުމަށެވެ. އަދި މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ ވަނީ މިކަމުގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ބަހެއް ވެސް ހޯދުމަށް ހުށަހަޅުއްވާފައެވެ.

މީގެއިތުރުން ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދު ވަނީ ސަރުކާރުން އދ. ގެ ޔޫޕީއާރު ބައްދަލުވުމުގައި މި ކަންތައް ރާއްޖޭގައި މަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވާތީ އެކަން އޮތް ހިސާބެއް ބެލުމަށް ހުށަހަޅުއްވާފައެވެ. މިކަން މަނާކުރުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެކަން ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މީގެއިތުރުން މިކަމަކީ ސިއްހީ މައްސަލައެއްގެ ގޮތުގައި ދުނިޔެއިން ދެކޭއިރު މިއީ ސިއްހީ ގޮތުން އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބޭކަމެއްކަމަށް ސާބިތުވާއިރު މިކަމުގައި ހެލްތު މިނިސްޓްރީގެ ބަހެއް ހޯދުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ކޮމިޓީގައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިމިގެންދިޔައީ މި މައްސަލާގައި އިސްލާމިކް މިނިސްޓްރީ އާއި، ފިޤުހު އެކަޑަމީން މިކަމާމެދު ދެކޭ ގޮތާއި އެޗްއާރުސީއެމް އަދި ހެލްތު މިނިސްޓްރީން މިކަމުގައި ދެކޭގޮތް ފުރަތަމަ ލިޔުން ހޯދުމަށެވެ. އަދި ބަންޑާރަ ނައިބު މިކަމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ލިޔުމުން އެންމެ ފުރަތަމަ ސާފުކުރުމަށް ވަނީ ކޮމިޓީން ނިންމާފައެވެ. ލިޔުމުން މިކަންކަން ސާފުކުރުމަށްފަހު މިފަރާތްތަކާ ކޮމިޓީން ބައްދަލުކުރުމަށްފަހު ރާއްޖޭގައި މިކަންތައް ނިމުމަކަށް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު