Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެކްސިން ޖަހައިގެން ދަތުރުކުރުމުގެ ހުއްދަ ދިނުން

ހުރިހާ މޮޅެއް ބަލި ޖެހުނު މީހުންނަށް!

ވެކްސިން ޕާސްޕޯޓާއި އެއްޗެހި އުފައްދައި، ރާއްޖެއަށް ވުރެ ކޮވިޑް ގެ ހާލަތު ދެރަ ގައުމުތަކުގައި ދަތުރުކޮށް ނަގަނީ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 30 ޖޫން 2021 | ބުދަ 06:47
ދެ ޑޯޒް ޖަހައިގެން ތިބި މީހުންނަށް ރަށްރަށަށް ނުދެވޭތީ ޝަކުވާތައް ވަނީ ގިނަވެފައި

ދެ ޑޯޒް ޖަހައިގެން ތިބި މީހުންނަށް ރަށްރަށަށް ނުދެވޭތީ ޝަކުވާތައް ވަނީ ގިނަވެފައި

މި ވާހަކަ މިހެން ދައްކަން ބޭނުން ނުވިޔަސް، އަދި މިއީ ދައްކަން އެންމެ އެކަށީގެންވާ ވާހަކައަކަށް ނުވިޔަސް ކަންކަން މި ހިސާބަށް ދިޔުމުން ކޮންމެ ބަޔަކަށް ވެސް މި ވާހަކަ މިހެން ދެއްކޭނެއެވެ. ހިތުގައި ހުރި އުދާސްތަކާއި، ވާ އުނދަގޫ އެކި ގޮތް ގޮތުން ބޭރު ކުރެވޭނެއެވެ. ވާނީވެސް އެހެންތާއެވެ. ކޮވިޑް-19އޭ ކިޔުނު ބަލިމަޑުކަމުގައި ރަށު ބަންދުވެ ތިބޭތާ ދޮޅު އަހަރުވީއެވެ.

2020 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން މުޅި ދިވެހި ގައުމު މިއޮތީ މި ހާލެއްގައެވެ. ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނެވެ. މާލެއިން ފެނުނު ކޭސްއާ އެކު މާލެ ބަންދުކުރީންސުރެ ފެށިގެން އަދިއަދަށް ދާންދެން މާލެއިން ބޭރަށް ފަސޭހަ ގޮތަކަށް ފުރައިގެންދާނެ ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބެއެވެ. އެއް ފަހަރު ކަރަންޓީން ވާން ޖެހެންޏާ ކަރަންޓީން ނުވެ ދެވެނީ ދެ ދުވަހަށެވެ. މިގޮތަށް ކަރަންޓީންނުވެ ދެވެނީ ވެސް ރަސްމީ ކަންކަމުގައި ރަށުން ބޭރަށް ދާ މީހުންނަށެވެ.

ބަންދުވެގެން ތިބޭތާ މިހާ ދުވަސްވެފައިވާ ބަޔަކަށް އެ ލިބޭ މަދު ދުވަސްކޮޅު އެއްޗަކަށް ނުވާނެތާއެވެ. އަނެއްކާ އެހެން ވެސް ލިބެނީ ދާ ތަނެއްގައި މީހެއްގެ މޫނު ފެނިލާ ހިސާބަށް ވެސް ނުގޮސް ތިބެން ޖެހޭ ފަދަ އުސޫލަކަށެވެ. އެއްބަޔަކު ކަރަންޓީންވާން ޖެހޭ ގޮތަށް ރަށްރަށަށް ދިޔަނަމަވެސް ސްކޫލް ބަންދުތަކާއި އޮފީސް ޗުއްޓީތަކުގައި ތަންތަނަށް ދާ މީހުންނަށް އެއީ ވެސް ގޮތެއް ނޫނެވެ. ކަރަންޓީން ނިމޭ އިރު އޮންނަނީ ޗުއްޓީ ނިމެން ކައިރި ވެފައެވެ.

ދެން އޮތީ ރާއްޖެއިން ބޭރަށް ދިއުމެވެ. ބޮޑެތި މަހުޖަނުންގެ ޖީބު ހުސްކޮށްލި ކޮވިޑް-19ގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްލުމަކީ ވެސް ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ.

މިހެން ތިއްބާ ހިތްހަމަޖެހުމެއް ގެނުވި ވާހަކައަކީ ކޮވިޑް-19 ޖެހި ރަނގަޅުވާތާ ތިން މަސް ތެރޭގައި ދެން އެބަލި ނުޖެހޭކަން ދިރާސާތަކުން ދެއްކުމާއެކު، އެ މުއްދަތު ތެރޭގައި ކަރަންޓީން ވުމެއް ނެތި އާންމު އުސޫލުން ރަށްރަށަށް ދާން ހުޅުވާލުމެވެ. އެހިސާބުން ވެސް ނަސީބު ރަނގަޅު މިވީ ބަލިން ރައްކާތެރިވާން ރަނގަޅަށް މާސްކު އަޅައިގެން އުޅުނު މީހުންނަށް ވުރެ ދަތް ދޮޅީގައި މާސްކު އެޅި މީހުންނަށެވެ.

ދެން އައީ ވެކްސިންގެ ވާހަކައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެކްސިން ޖަހައި ދަތުރުކުރަން ހުޅުވާލި އިރު، ރާއްޖެ މިދަނީ ފަނުފުލުންނެވެ. ވެކްސިން ޕާސްޕޯޓާއި އެއްޗެހި އުފައްދައި ރާއްޖެއަށް ވުރެ ކޮވިޑް ގެ ހާލަތު ދެރަ ގައުމުތަކުގައި ދަތުރުކޮށް ނަގަނީއެވެ. އެތަން މިތަނަށް ގޮސް ވެކްސިން ޖެހުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން އޭގެ އެންމެ ފޮނި މީރު ގޮތުގައި ލިބި ގަންނަނީއެވެ.

ދިވެހިންނަށް ވެކްސިން ޖަހަން ވެސް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ގެންގުޅުނީ މި އުކުޅެވެ. ފެންބޮވައިގެންފައި އިން ޖަމަލަކަށް ހަނަފަސް ސަހަރާއަކުން ފެނުގެ އަސަރު ދައްކާލާހެން ވެކްސިން ޖަހަން ފަށާ ވާހަކައާ އެކު ކަމާބެހޭ އިދާރާތަކުން ފެށީ ވެކްސިންގެ ދެ ޑޯޒް ފުރިހަަމަކުރާ މީހުންނަށް ދަތުރުކުރެވޭނެ ކަމަށް ބުނެ ފޮނި ހުވަފެން ދައްކާށެވެ. މި ހުވަފެން ބެލުމަށްޓަކައި އާންމުން ދުއްވައިގަތީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާށެވެ. ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު އާންމުން ކުރަން ފެށި ސުވާލަކީ ދެން ދަތުރުކުރެވޭނީ ކޮން އިރަކުތޯއެވެ. ޖަވާބަކަށް ލިބުނީ "ވެކްސިން ޖަހަނީ ދަތުރުކުރާކަށް ނޫނޭ ބަލިން ރައްކާތެރިވާށޭ" މިހެންނެވެ.

ތެދެކެވެ. ވެކްސިންގެ ބޭނުމަކީ ބަލިން ރައްކާތެރިވުމެވެ. އެކަމާ މެދު ޝައްކެއް ވެސް ނެތެވެ. އެހެންނަމަވެސް ޖަލު ބަންދެއް ފަދަ ބަންދެއްގައި ތިބި ބަޔަކަށް މި ލިބުނީ ހިތްދަތި ޖަވާބެކެވެ. އާންމުން ތިބީ ކޮވިޑްއަށް ވުރެ ރަށު ބަންދުން ކުރިމަތިވެފައިވާ ނަފްސާނީ ބަލިމަޑުކަން ބޮޑުވެފައެވެ. މިފަދަ ބަޔަކަށް މުހިންމު ވާނެ ވަކި އިތުރު އެހެންކަމެއް ނެތެވެ. އެހެންކަމަކާ މެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތެވެ. އެންމެން ތިބީ ރަށު ބަންދުން ވީއްލޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެންމެ ފަހުން ގޮތް ދޫނުކުރުމުން ފެށީ ހުވަފެނީ ދުނިޔެ އިތުރަށް ނަލަކޮށް ފޮނި ކުރާށެވެ. ދެއްކީ ވެކްސިން ޕާސްޕޯޓެއްގެ ވާހަކައެވެ. އެކަމަކު އެއްކަލަ ޖަމަލަށް އެ ފެންފޮދާ ހަމައަށް ނުދެވި ހުރެ މިއޮތީ މި ދުވަސް ވެސް އައިސްފައެވެ. ކޮވިޑް-19ގެ ތިންވަނަ ރާޅަކާއި ހަތަރުވަނަ ރާޅަކާ ކުރިމަތިވެ ބަލި ޖެހުނު މީހުންނަށް ވެސް މާލެއިން ބޭރަށް ދިއުން ބަންދުވީއެވެ. ވެކްސިން ޖެހި މީހުންނަށް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެ ވާހަކަ ވެސް ހުއްޓުނީއެވެ. ވެކްސިން ޕާސްޕޯޓާއެކު ދަތުރުކުރެވޭނެ ކަމަށް ބުނެ ދެއްކި ހުވަފެން ވެސް ބިލާހަކަށްވީއެވެ.

ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ދެން ފެނުނީ ބަލި ޖެހުނު މީހުންނަށް ދެފަހަރު ތިން ފަހަރު ވެސް ބަލި ޖެހޭތަނެވެ. ވެކްސިން ޖެހި މީހުން ވެސް ހަމަ އެހެންނެވެ. ހަތަރު ވަނަ ރާޅަކުން ލުއިވެ ފިޔަވަޅުތަކަށް ލުއި ދިން އިރު އެއްކަލަ ވެކްސިން އަނެއްކާވެސް ވީ ބޭކާރެވެ. ގައި ދުރުކޮށް ސެނިޓައިޒްކޮށް މާސްކު އަޅައިގެން ރަތްދައްކަ އަވީގައި ދިގު ކިއުއެއްގައި ޖެހިގެން ގޮސް ވެކްސިން ޖެހި މީހާ ދެން ވެސް އޮންނަންވީ ރަށު ބަންދުގައެވެ. ގޭބަންދުގައެވެ. ހުރިހާ މޮޅެއް ދަތްދޮޅީގައި މާސްކު އަޅައިގެން ކަންމަތީ ކޮފީ ޝޮޕުން ކޮފީ ބޮއެ މަގުމައްޗަށް ހައްޕުނޑު ޖެހި މީހާއަށެވެ. ނޫނީ އެކި ގޮތް ގޮތުން ބަލައިގެން އުޅުނު ނަމަވެސް ބައްޔަށް ރެކިގެން ނޫޅެވި ބައްޔަށް ހުށަހެޅުނު މީހުންނަށެވެ. ވެކްސިންޖެހި މީހުންނަށް އޮތީ ހިތްދަތިކަމެވެ.

ދެން މި ދައްކަނީ އާބާދީގެ 75 އިންސަތައް ދެވަނަ ޑޯޒު ނުޖަހަނީސް ދަތުރުނުކުރެވޭނެ ވާހަކައެވެ. އެ މައުލޫއަށް ފަށައިފިއްޔާ ވެސް ހުއްޓުމެއް ނޯންނާނެއެވެ. އެކަމަކުވެސް އަހާލާނަމެވެ. އެކަމަށް ޒިންމާވާނީ ވަކި ކާކުތޯއެވެ؟ އާބާދީގެ ދެ ލައްކައަށް ވުރެ ގިނަ މީހުން ބަސް އަހައިގެން ގޮސް ވެކްސިން ޖަހާ ނިމުނު އިރު، އަތުގައި ނެތް އެއްޗެއް ބަޔަކު ދޭނަމޭ ބުނީމަ އެޔެއް މިއެއް ނުބަލާ ޖަހާ ހުސްކޮށްލާ މިއަދު ވިއްސަކަށް ހާސް މީހުން އާ ފެށުމަކުން ކަށިކޮށްޕަން ޖެހިފައި އެތިބީ ކޮން ބައެއްގެ އިހުމާލުން ހެއްޔެވެ؟ މިހާރު ކޮވިޝީލްޑްގެ ވާހަކަ ހުއްޓާލާފައި އެސްޓްރަޒެނެކާ ގެންނަ ވާހަކަ ދައްކާތާ މަހެއް ވެގެންދަނީއެވެ. އެކަން ވެސް އިނބިލީހުގެ ކައިވެންޏަށް ވުރެ ނުބައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

ބަލި ޤަބޫލު ނުކުރަން ތެޅޭ އަނގައިން އިތުރަށް ބަލި

18 މެއި 2017
ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

13 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

ބޮޑު ބައްޔަކުން މެޗުން ބަލިވީ ކީއްވެ؟

09 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު