Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޖަރުމަން ކަޓުވާލައި އިންގްލެންޑް ކުއާޓާއަށް

ކުއާޓާގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ސްވިޑެން ނުވަތަ ޔޫކްރޭނާ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 29 ޖޫން 2021 | އަންގާރަ 18:15
އިންގްލެންޑާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 2-0 ން

އިންގްލެންޑާއި ޖަރުމަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންގްލެންޑް މޮޅުވީ 2-0 ން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ޖަރުމަން ބަލިކޮށް ކުއާޓާ ފައިނަލަށް އިންގްލެންޑް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އާއި ރަހީމް ސްޓާލިންއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި ޖަރުމަނުގެ ޓިމޯ ވާނާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އިންގްލެންޑުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުގެ ކައި ހަވާޓްޒް ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ޕިކްފޯޑް ދިފާއުކުރިއިރު، މެޗުގެ 75 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. އޭގެ ފަހުން ޖަރުމަނުގެ ތޯމަސް މުލާއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެއާއެކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އިންގްލެންޑުގެ ކެޕްޓަން ކޭން ވަނީ ލަނޑެއް ޖަހައި، އިންގްލެންޑަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މި މެޗުން ޖަރުމަން ބަލިވިއިރު، މި ފަހަރުގެ މުބާރާތުގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ހުރިހާ ޓީމެއް މިހާރު ވަނީ މި މުބާރާތުން ކަޓާފައެވެ. ކުއާޓާގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ސްވިޑެން އާއި ޔޫކްރޭން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ވޯލްޑްކަޕް ކޮލިފައިން: އިންގްލޭންޑް އަދި ޖަރުމަން ފުރުސަތު ބޮޑުކޮށްފި

02 ސެޕްޓެމްބަރު 2017
ވޯލްޑްކަޕް ކޮލިފައިން: އިންގްލޭންޑް އަދި ޖަރުމަން ފުރުސަތު ބޮޑުކޮށްފި
11 ޖުލައި 2017

ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި

11 ޖުލައި 2017
ވިމްބަލްޑަން އިން ކުއާޓާއަށް ނުގޮސް މިފަހަރުވެސް ނަޑާލް ކަޓައިފި
03 ޖުލައި 2017

ކޮންފެޑެރޭޝަންސް ކަޕް: ޖަރުމަން ޗެމްޕިއަންކަން ހޯދިއިރު، ޕޯޗުގަލަށް ތިންވަނަ

03 ޖުލައި 2017
ކޮންފެޑެރޭޝަންސް ކަޕް: ޖަރުމަން ޗެމްޕިއަންކަން ހޯދިއިރު، ޕޯޗުގަލަށް ތިންވަނަ
28 ޖޫން 2017

ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް

28 ޖޫން 2017
ޔޫރޯ 21 އަހަރުން ދަށް: ޖަރުމަން އަދި ސްޕެއިން ފައިނަލަށް
27 އެޕްރީލު 2017

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު