Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކެފޭ/ރެސްޓޯރެންޓްތަކަށް ލޯނު ދޫކުރުން

ކެފޭ/ރެސްޓޯރެންޓްތަކަށް 49 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

29 ޖޫން 2021 | އަންގާރަ 15:10

ބީއެމްއެލް މެދުވެރިކޮށް ކެފޭ/ރެސްޓޯރެންޓްތަކަށް 16 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ޖޫން 2021 | އަންގާރަ 15:10
މާލޭގެ ކެފޭއެއްގައި ކަސްޓަމަރުންނަށް ޚިދުމަތްދެނީ

މާލޭގެ ކެފޭއެއްގައި ކަސްޓަމަރުންނަށް ޚިދުމަތްދެނީ

ކޮވިޑް-19ގެ ސަބަބުން ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖްތަކުގެ ދަށުން ކެފޭ/ރެސްޓޯރެންޓްތަކަށް 49 މިލިއަން ރުފިޔާގެ ލޯނު ފޯރުކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒު ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރެވުނު ސްޓިމިއުލަސް ލޯނުތަކުގެ ތެރެއިން 5 ލޯނެއް ކެފޭ/ރެސްޓޯރެންޓްތަކަށް ދޫކޮށްފައިވާ ކަމަށާއި، އެއީ 16 މިލިއަން ރުފިޔާގެ ލޯނުކަމަށް ވިދާޅުވެފައެވެ. އަދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސިން ކޯޕަރޭޝަން މެދުވެރިކޮށް 156 ކެފޭ/ރެސްޓޯރެންޓް ވިޔަފާރިއަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 90 ލޯނު ދޫކޮށްފައި ވަނީ މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު ވަނީ ކޮވިޑް-19ގެ ސަބަބުން އެންމެ ފުރަތަމަ ދޫކުރި ސްޓިމިއުލަސް ޕެކޭޖްތަކުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް 357 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން 585 މިލިއަން ރުފިޔާގެ ލޯނު ބޮޑެތި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށާއި އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 363 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން އެސްޑީއެފްސީގެ މަސައްކަތް ފެށި 2019އިން ފެށިގެން މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދޫކޮށްފައިވާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ކޮވިޑް ރިލީފްގެ ގޮތުގައި ދޫކުރެވުނު 363 މިލިއަން ރުފިޔާގެ އިތުރުން ބޭންކުން ދޫކޮށްފައިވާ އެއް ބިލިއަން ރުފިޔާފެ ލޯނެވެ. އެގޮތުން އެސްޑީއެފްސީން ވަނީ 765 ފަރާތައް ވަނީ އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށް 524 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން އިތުރު ދެ ސްޓިމިއުލަސް ޕްލޭން ތައާރަފްކޮށްފައިވާ އިރު، އެއީ ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި އެސްޑީއެފްސީ މެދުވެރިކޮށް ތައާރަފްކޮށްފައިވާ ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނެވެ. ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު ޕެކޭޖުގެ ދަށުން 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ދަށުން ތިން ޕެކޭޖެއް ވިޔަފާރިވެރިންނަށް ދޫކުރެއެވެ. އެއީ ހިނގަމުންދާ ޕްރޮޖެކްޓްތައް ނިންމުމަށް ދޫކުރާ ޕެކޭޖަކާއި ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ދޫކުރާ ޕެކޭޖެއްގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމާއި، ލޯނު ނުހިމެނޭ ގޮތަށް ވިޔަފާރިއާ ގުޅޭ ފަންނީ ލަފާ ލިބިގެންދާ ޕެކޭޖެކެވެ. ކޮވިޑް-19 ސަސްޓެއިނެބަލް ސްޓިމިއުލަސް ލޯނުގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ އެއް މިލިއަން ރުފިޔާއެވެ. މި 2 ސްކީމްގެ ދަށުންވެސް ލޯނު ދޫކުރަނީ 6 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ގިނަ ދުވަހުން ދެއްކޭ ގޮތަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް