Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާގައި އަމަލީގޮތުން ބައިވެރިވި 4 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވަނީ

29 ޖޫން 2021 | އަންގާރަ 13:42

އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި 8 މީހުންގެ ތަހުގީގު މިހާރު ކުރިއަށް އެބަ ދޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 29 ޖޫން 2021 | އަންގާރަ 13:42
ރައީސް ނަޝީދު

ރައީސް ނަޝީދު

މިދިޔަ މޭ މަހުގެ 6ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އަމަލީގޮތުން ބައިވެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަތައް ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ތަފްސީލްތައް ފުލުހުން މީގެ ދެ ދުވަސްކުރިން ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ފުލުހުން އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު، އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި 8 މީހުންގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހުންގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ޕޮލިސް އިންޓެލިޖެންސް އަށް ލިބިފައި ނުވާތީ މި މައްސަަލައަށް ފަހު އިންޓެލިޖެންސްގައި ބަދަލުކުރަން ޖެހޭ ކަމެއް އޮތްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަަށާއި، އެގޮތުން އެކަންކަން ބެލުމަށް އެމަނިކުފާނު އެކުލަވާލެއްވި ކޮމިޓީގެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ކުރަމުންދާ މަސައްކަތްތައް ވެސް ނިމި މިހާރު އޮތީ ފައިނަލް ރިޕޯޓު އެކުލަވާލުމާ ހަމައިގަ ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީ ރިޕޯޓާއި އިންޓެލިޖެންސްގެ މައްސަލަ ބަލާ ކޮމިޓީ ރިޕޯޓުގައި ހުރި ކަން ކަމަށް ބެލުމަށް ފަހު އިސްލާހުކުރަން ޖެހޭ ކަންކަން އިސްލާހުކުރައްވާނެ ކަމަށެވެ.

މި ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ގޮއްވާލި ސައިކަލުގެ ވެރިފަރާތާއި، ބޮން ގޮއްވާލި މީހާ ވެސް ހިމެނެއެވެ. އެ މައްސަލާގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. މިކަމަށް އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެފަހުން ޖަރުމަނުވިލާތުގައިވެސް ވަނީ އިތުރު އޮޕަރޭޝަންތަކެއް ކުރައްވާފައެވެ.

މި ހަމަލާއަށް ފަހު އެމަނިކުފާނުގެ ހާލުކޮޅާ ގުޅިގެން ވާހަކަދައްކަވަމުން ރައީސް ނަޝީދު ދާދި ފަހުން ވިދާޅުވީ ޖުމްލަ ގޮތެއްގައި ހާލުކޮޅު ރަނގަޅު ކަމަށާއި، އެކަމަކު އަދިވެސް ވާތް ފަރާތުގެ ގިނަ ހިސާބުތަކެއް އައްސިވެ އެކަމުގެ އަސަރު ނުކެނޑި އެބަހުރި ކަމަށެވެ. އަދި މި ނޮވެމްބަރު މަހު ވެސް އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭއިރު، މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަތުމަށް ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް