Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު

30 ދުވަހުގެ ތެރޭގައި ޕޮޒިޓިވިޓީރޭޓް 14.8 އިންސައްތަ ދަށަށް

15 ދުވަހުގެ ތެރޭގައި 22،416 މީހުން ވަނީ ބަލިން ރަނގަޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 29 ޖޫން 2021 | އަންގާރަ 14:15
ރާއްޖޭގެ ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް ދަށަށް ދިއުން

ރާއްޖޭގެ ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް ދަށަށް ދިއުން

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ މެއި މަހުގެ ފަހުކޮޅުން ފެށިގެން މީގެ ކުރިން ނުފެންނަވަރަށް ގޯސްވެެގެން ގޮސްފައެވެ. ދުވާލެއްގެ މައްޗަށް ނެގޭ 4ހާހެއްހާ ސާމްޕަލްގެ ތެރެއިން 700ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެގެން ދިޔަތަން ފެނުނެވެ. ހޮސްޕިޓަލްތައް ތޮއްޖެހި އެއްދުވަހާ އެތައް ބައެއް ބަލީގައި ނިޔާވެގެން ދިޔަތަން ފެނުނެވެ. އެއާއެކު ސަރުކާރުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިހާރު މިވަނީ ޕޮޒިޓިވިޓީ ރޭޓް ވަރަށް ބޮޑަށް ދައްވެފައެވެ.

ފާއިތުވި 30 ދުވަހު ރާއްޖޭގެ ކޮވިޑް-19ގެ ޕޮޒިޓިވިޓީ ރޭޓް ހުރި ވަރަށް ބަލާއިރު، މެއި 30 ގައި މި ރޭޓް ހުރީ 17.9 އިންސައްތައިގައެވެ. އެދުވަހު ޓެސްޓު ކުރި 4،356 ސާމްޕަލްގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 780 މީހުންނެވެ. ޖެހިގެން އައި ތިން ދުވަހު 5،000ށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، ޕޮޒިޓިވިޓީ ރޭޓް ހުރީ 13 އިންސައްތައިގައެވެ. އެގޮތުން މެއި 31ވަނަ ދުވަހު ނެގި 5،310 ސާމްޕަލްގެ ތެރެއިން 710 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، މިއީ 13.4 އިންސައްތައެވެ. ޖޫން 1ވަނަ ދުވަހު 5،685 ސާމްޕަލްގެ ތެރެއިން 768 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މިއީ 13.5 އިންސައްތައެވެ. އަދި ޖޫން ދެވަނަ ދުވަހު ޕޮޒިޓިވްވި 704 ސާމްޕަލް އަކީ 5،181 ސާމްޕަލްގެ 13.6 އިންސައްތައެވެ.

އެޗްޕީއޭ އިން ހާމަކުރާ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށްކަމަށް ދެއްކި ނަމަވެސް ބައެއް ފަހަރު ޕޮޒިޓިވިޓީ ރޭޓް ދަށަށް ގޮސްފައެއް ނުވެއެވެ. އެކަމުގެ އެއް ހެއްކަކީ ޖޫން 3ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކެވެ. އެދުވަހު 648 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު، މިއީ ނެގުނު 3،832 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި އަދަދެވެ. ނިސްބަތުން ބަލާނަމަ މިއީ 16.9 އިންސައްތައެވެ. ޕޮޒިޓިވިޓީ ރޭޓް މިވަނީ 13 އިންސައްތައިިގައި ހުރުމަށްފަހު އަނެއްކާވެސް މައްޗަށް އަރާފައެވެ.

ނަމަވެސް ޖޫން 4ވަނަ ދުވަހުން ފެށިގެން ޕޮޒިޓިވިޓީ ރޭޓް ވަނީ މަޑުމަޑުން ދަށްވާން ފަށާފައެވެ. އެގޮތުން ހަތަރު ވަނަ ދުވަހު 10.7 އިންސައްތައި ގައި ޕޮޒިޓިވިޓީ ރޭޓް ހުރި އިރު، ޖެހިގެން އައި ދުވަހު 11.2 އިންސައްތައަށް ޕޮޒިޓިވިޓީ ރޭޓް އިތުރުވި ނަމަވެސް ޖޫން 6ވަނަ ދުވަހު އެ އިންސައްތަ ވަނީ 8.1 އިންސައްތައަށް ދަށްވެފައެވެ. އެގޮތުން ޖޫން ހަތަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ޕޮޒިޓިވިޓީ ރޭޓް ހުރީ 10 އިންސައްތައާ 7 އިންސައްތައާ ދޭތެރޭގެ އަދަދުތަކުގެއެވެ.

އޭގެ ފަހުން ޖޫން 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ކޮވިޑްގެ ޕޮޒިޓިިވިޓީ ރޭޓް ވަނީ މީގެ ކުރީ 15 ދުވަހާ އަޅާބަލާއިރު، ވަރަށް ބޮޑުތަނުން ދަށަށް ދާން ފަށާފައެވެ. ޖޫން 15 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 4.8 އިންސައްތައިގައި ހުރި އިރު، 16 ވަނަ ދުވަހު މި އަދަދު ވަނީ 15.5 އިންސައްތަ އަށް އިތުރުވެފައެވެ. އަދި 17 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 15.1 އިންސައްތައިގައި ހުރި އިރު، 18 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް ހުރީ ހަތަރު އިންސައްތައިގައެވެ. އަދި 19 ވަނަ ދުވަހު 6.2 އިންސައްތަ އަށް ޕޮޒިޓިވިޓީ ރޭޓް އިތުރުވި ނަމަވެސް 20 ވަނަ ދުވަހު މި އަދަދު ވަނީ 3.3 އިންސައްތަ އަށް ދަށްވެފައެވެ.

ޖޫން 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް އިންސައްތަ އިން ދަށުގައެވެ. އެގޮތުން 21 ވަނަ ދުވަހު 4.8 އިންސައްތަ، 22 ވަނަ ދުވަހު 3.2 އިންސައްތަ، 23 ވަނަ ދުވަހު 3.8 އިންސައްތަ، 24 ވަނަ ދުވަހު 4.3 އިންސައްތަ އަދި 25 ވަނަ ދުވަހު 5.1 އިންސައްތަ އަށް އެރި އިރު، 26 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓްހުރީ 2.6 އިންސައްތައިގަ އެވެ. އޭގެ އިތުރުން ޖޫން 27 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 4.5 އިންސައްތައިގައި ހުރި އިރު، މީގެ 30 ދުވަސް ކުރިން 17.9 އިންސައްތައިގައި ހުރި ޕޮޒިޓިވިޓީ ރޭޓް ވަނީ ޖޫން 28 ވަނަ ދުވަހު 3.1 އިންސައްތަ އަށް ދަށްވެފައެވެ. މިއީ 14.8 އިންސައްތައިގެ ދަށްވުމެކެވެ.

އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބަލިޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ މީހުންގެ އަދަދު ވަނީ 218އިން 27ށް ދަށަށް ގޮސްފައެވެ. އަދި މެއި މަސް ނިމި ޖޫން މަހުގެ ކުރީ ކޮޅު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އެތައް ހާސް ބަޔަކު ވަނީ ބަލިން ރަނގަޅުވެފައެވ. އެގޮތުން ޖޫން މަހުގެ ފުރަތަމަ 15 ދުވަހު އެކަނި 22،416 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފާއިތުވި 30 ދުވަހުގެ ތެރޭގައި 31،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 73،482 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 69،378 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 209 މީހުން ބަލީގައި ނިޔާވެފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3،883 މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

ދަރި ވިހަންޖެހުނީ ޖަންގަލިތަކުގެ ތެރޭގައި، މިއީ މިހާތަަނަށް ކުރިމަތިވި އެންމެ އުންދަގޫ ކަންތައް!

11 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017
ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަން

11 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު