Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ބޮލިވިއާ ބަލިކޮށް އާޖެންޓީނާއަށް ގްރޫޕުގެ އެއްވަނަ

29 ޖޫން 2021 | އަންގާރަ 06:49

އާޖެންޓީނާއިން ގްރޫޕުގެ އެއްވަނަ ހޯދީ 10 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޖޫން 2021 | އަންގާރަ 06:49
އާޖެންޓީނާ އާއި ބޮލިވިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 4-1 ން

އާޖެންޓީނާ އާއި ބޮލިވިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާޖެންޓީނާ މޮޅުވީ 4-1 ން

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ބޮލިވިއާ ބަލިކޮށް އާޖެންޓީނާއިން ގްރޫޕް އޭ ގެ އެއްވަނަ ހޯދައިފިއެވެ.

ބްރެޒިލްގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަވަނަ މިނެޓުގައި އާޖެންޓީނާއިން ލީޑު ނެގިއިރު، ކެޕްޓަން ލިއޮނެލް މެސީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަޕޫ ގޯމޭޒްއެވެ. އަދި މެޗުގެ 31 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ އާޖެންޓީނާއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޕަޕޫ ގޯމޭޒްއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން މެސީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބޮލިވިއާއިން ލަނޑެއް ޖެހިއިރު، މެޗުގެ 60 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާވިން ސާވެޑްރާއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ލަޓާރޯ މާޓީނޭޒް ވަނީ އާޖެންޓީނާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު އާޖެންޓީނާއިން ގްރޫޕް އޭ ގެ އެއްވަނަ ހޯދީ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އުރުގުއޭ ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައަށް ދިޔަ ޕެރަގުއޭއަށް ހަ ޕޮއިންޓް ލިބުނުއިރު، މި ގްރޫޕުން ހަތަރުވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި ޗިލީއެވެ.

ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ އެކުއެޑޯއާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް