Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓް

ހިޔާ ފްލެޓް: އުންމީދުކުރި ވަރުގެ ތަނެއް ނޫން

މިއީ ހަމަ ހަތަރު ފާރު، އަލުން ޖެހޭނީ މަސައްކަތް ފަށައިގަންނަން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 28 ޖޫން 2021 | ހޯމަ 17:40
ހިޔާ މަޝްރޫއުގެ  ފްލެޓްތައް

ހިޔާ މަޝްރޫއުގެ ފްލެޓްތައް

އެތައް ދުވަހުގެ އިންތިޒާރަކަށްފަހު އެންމެ ފަހުން ހިޔާ ފްލެޓްތައް ބަލާލުމުގެ ފުރުސަތު މިވަނީ ލިބިފައެެވެ. އެތަން ލިބޭނެކަން ކަށަވަރުވި ހިސާބުން އެންމެންވެސް ބޭނުންވީ އެތަން ހަމަ ލޮލުން ބަލާލާށެވެ. މީޑިއާތަކުގައި ދައްކަމުން އަންނަ ވާހަކައަކީ ތެދެއްތޯ ބަލައިލަން ބޭނުންވެ، ކެތްމަދުވެފައި ތިބި މީހުންގެ އިންތިޒާރަށް ނިމުމެއް އައީއެެވެ.

ޖޫން މަހުގެ 26ވަނަ ދުވަހުން ފެށިގެން ފްލެޓްގެ ވެރިފަރާތަށް އެތަން ބަލާލުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.

2018ވަނަ އަހަރު އިންތިޚާބަށް ކޮޅަށް ނެގި، 16 ޓަވަރުގެ ހިޔާ ފްލެޓްތަކުގެ ކުލަަބަރި ދައްކައިގެންވެސް ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ތެދެކެވެ. ޓަވަރުތައް ދުރުން ދައްކާލާއިރު ވަރަށް ޗާލެވެ. އެހެނަސް އެތަނުގެ އެތެރޭގެ ހާލަތު އެނގޭނީ އެތެރެއަށް ވަދެ ބަލާލީމައެވެ. އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އެތަނުގެ ރީތި ފޮޓޯތައް ވިއްކަން މަސައްކަތްކުރިއެވެެ. އިންތިޚާބު ކާމިޔާބު ނުވުމުން، އެންމެ ފަހު ދުވަހުވެސް އޭގެ ހަޑީހޭވީ، ދެން ވެރިކަމަށް އަންނަ ބަޔަކުވެސް އެ މަޅިފަތީގައި ޖެހޭވަރަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަވެސް ފެށީ ހިޔާ ފްލެޓްގެ މައްސަލަ ހައްލުކުރުމަށެވެ. އެއީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ހަދާފައި ހުރި ތަނެއް ނޫން ކަމަށާއި، އެއީ ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރުމުން، މީހުންގެ ނުރުހުމުގެ ބަސްތައް ސަރުކާރަށް އަމާޒުވިއެެވެ. އެތަން ނުދޭން ދައްކާ ބަހަނާއެއް ކަމަށާއި، އެތަނުގައި ބަގުޑިބައްދަން އުޅެނީ ކަމަށް ބުނަމުން ދިޔައެވެ. މިއާއެކު އިދިކޮޅުން ހައްޓަކު ހެއެއް ނެތެވެ. ކުރީގެ ސަރުކާރުން ރީތި މޮޅު ފްލެޓްތަކެއް އެޅުމުން އެކަން ހަޖަމު ނުވަނީ ކަމަށް ބުނަން ފެށިއެވެ. އެއާއެކު ފްލެޓް ލިބުނު ކަމަށް ލިސްޓުކޮށްފައި ތިބި މީހުންގެ ފާޑުކިޔުންތައްވެސް ސަރުކާރަށް އަމާޒުވިއެވެ. އެއަށް ރައްދުދެއްވައި ސަރުކާރުން އެތައްފަހަރެއްގެ މަތިން އެތަނުގެ ހާލަތު ކިޔައިދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެވާހަކަަތައް އެއްވެސް ބަޔަކު ގަބޫލުކުރިހެނެއް ހިއެއްނުވެއެވެ. ސަރުކާރުން ދޮގު ހަދަނީ ކަމަށްބުނަމުން ދިޔައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މީޑިއާތަކަށް ފްލެޓް ދައްކާލުމަށް ޚާއްސަ ޓުއަރތަކެއް ކުރިއަށްގެންދިޔައެވެ. އެއަށްފަހު މީޑިއާތަކުގައި އެކި ގޮތްގޮތަށް ރިޕޯޓްތައް ޝާއިއު ކުރިއެވެ. ހުރިހާއެންމެންވެސް އިއްތިފާގުވާ އެއްކަމެއް އޮތެވެ. އެތަން ހަގީގަތުގައިވެސް ކުޑަކަމެވެ. އެތަނަށް ގޮސްގެން މިން އަޅައި އެތަނުގެ ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އެއީ ދޮގުކަމަށް ދިޔައީ ބުނަމުންނެވެ.

މިހާރު އެ ފްލެޓްތައް ބަލާފައި ނުކުންނަ ކޮންމެ މީހެއް ކައިރިން އަހާލިޔަސް ބުނަނީ އެއްވާހަކައެކެވެ. އެތަނުގެ ކުޑަ ވާހަކައެވެ. އުންމީދު ކުރިވަރުގެ ކުރިއެރުމެއް ދިރިއުޅުމަށް ނާންނާނެ ކަމުގެ ވާހަކައެވެ. ހަމައެކަނި ހަތަރު ފާރު ދޫކޮށްލުމުން އެތަނަށް ވަންނަން ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފުގެ ވާހަކައެވެެ. މިވާހަކަތައް ދައްކައި ކޮޅުން ނުލާނެއެވެ. ވާނީވެސް އެހެންނެވެ. ކޮޓަރިއާ ފާޚާނާތަކުގެ ދޮރެއް ނެތެވެ. ފާޚާނާގައި ހުންނަ ހުރިހާ ހޮޅިއެއް އޮންނަނީ ހާމައަށް ފެންނާށެވެ. ފްލެޓްގައި މުށި ނުޖަހައި ތަން ދޫކޮށްލާއިރު، ފާޚާނާތައް ކުޑަ ކަމުން މީހަކަށް ހަމަޖެހިގެން އިނދެ ފާޚާނާ ކޮށް ނުލެވޭނެއެވެ. މުށި ޖަހާފައި ހުރީ އަމާ ބުނީތީ ފަރަށްދާ އުސޫލުންނެވެ.

ކޮރިޑޯރގައި ދެމީހަކަށް ހަމަޖެހިގެން އެއްކޮށް ހިނގާ ނުލެވޭނެއެވެ. އެއް އެޕާރޓްމެންޓާ އަނެއް އެޕާރޓްމެންޓް އެހާ ކައިރިއެވެ. ގޭތެރޭގައި ހިނގާ ހުރިހާ ކަމެއް ޖެހިގެން ހުންނަ އެޕާރޓްމެންޓަށް ސާފުކޮށް އެނގޭނެއެވެ. އެއްތަނެއްގައި އެހާ ގިނަ މީހުން އުޅެން ފެށުމުން ދިމާވާނެ އިޖުތިމާއީ މައްސަލަތަކުގެ ވާހަކަ އަދި އޮތީއެވެ. އެވާހަކަ ފަހަށް ބާއްވާނަމެވެ.

މީޑިއާތަކުން އޭރު ދެއްކީ ތެދުވާހަކަތައްކަން މިއަދު އެމީހުންވެސް ގަބޫލުކުރެއެވެ. ގިނަ މީހުން ފްލެޓް ބަލާފައި ނުކުންނަނީ ބޮލުގައި އަތް އަޅައިގެން ދެން ކުރަންޖެހޭ ޚަރަދުތަކުގެ ހިސާބު ހަދަމުންނެވެ.

އެންމެ ފަހުން ކޮންމެވެސް ބަޔަކަށް އެތަނަށް ވަދެވޭނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައެެވެ. ތަނުގައި އަދިވެސް ކަރަންޓުގެ މަސައްކަތްދަނީ ކުރިއަށެވެ. އެކަންވެސް ޖުލައި 14އަށް ނިމޭނެ ކަމަށްވަނީ ބުނެފައެވެ. އެއާއެކު އެގްރީމެންޓްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަަމަށް އެޗްޑީސީންވަނީ ބުނެފައެެވެ. ސޮއި ކުރުމަށްފަހު 3 މަހުގެ މުހުލަތެއް ތަން ނިންމުމަށް ދޭނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ދެން އޮތީ އެއީ އެކަމަށް އެކަށީގެންވާ މުއްދަތެއް އުފެދޭ ސުވާލެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އެންމެންނަށް އެކަށީގެންވާ މުއްދަތަކަށް ނުވާނެއެވެ. ފްލެޓް ލިބުނީ އެކި ފަންތީގެ އެކިވަރަށް އާމްދަނީ ލިބޭ މީހުންނަށެވެ.

ކޮންމެއަކަސް ގިނަ ރައްޔިތުން ބުނަނީ، މިއީ ހައްގު މިންވަރު ނޫންކަމަށެވެ. އުންމީދުކުރި ވަރާ ގާތްވެސް ނުވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017
ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

11 ސެޕްޓެމްބަރު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު