Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ގަދަ 16 - ފްރާންސް އާއި ސްވިޓްޒަލެންޑުގެ ކުރިމަތިލުން

ސްވިޓްޒަލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އޭ ގެ ތިންވަނަ ޓީމުގެ ގޮތުގައި

އަތޫފް އާތިފް
އަތޫފް އާތިފް | 28 ޖޫން 2021 | ހޯމަ 10:22
ސްވިޓްޒަލެންޑް މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްވިޓްޒަލެންޑް މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާއިރު، މި މެޗަކީވެސް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މެޗެކެވެ.

ދެވަނަ ބުރަށް އެންމެ ފަހުގެ ޔޫރޯ ރަނަރަޕް އަދި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ދަތުރުކުރީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގައި ފްރާންސްއިން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ހަންގޭރީއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ޕޯޗުގަލާ ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މީގެ އިތުރުން ސްވިޓްޒަލެންޑް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އޭ ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ސްވިޓްޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވޭލްސް އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި ވަނީ އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު ފަހު މެޗުގައި ތުރުކީ އަތުން 3-1 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

ސްވިޓްޒަލެންޑް މެޗުގެ ކުރިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ މި މެޗަށް އޭނާގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިދިކޮޅަށް ނުކުންނަ ސްވިޓްޒަލެންޑް ޓީމުގައި ތަފާތު މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، އެގޮތުން އެ ޓީމުގެ ޒެރްޑަން ޝަގީރީ އާއި ގްރޭނިޓް ޝަކާ ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑިމިއާ ޕެޓްކޮވިޗު ބުނީ ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރުމަށް ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓަން ޖެހޭ ކަމަށާއި، އެގޮތުން މި މެޗުގައި ސްވިޓްޒަލެންޑަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި މި މެޗަކީ އުނދަގޫ މެޗެއްކަން އެނގޭ ކަމަށާއި، އެކަމަކު ދުނިޔޭގެ ޗެމްޕިއަން ބަލިކުރުމުގެ ފެންވަރު އޭނާގެ ޓީމުގައި އެބަހުރި ކަމަށްވެސް ޕެޓްކޮވިޗް ބުންޏެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި މައުރޫފް އަޙްމަދު (މާއްޓޭ) ބައިވެރިވެވަޑައިގަންނަވާއިރު، ޚާއްސަ މެހުމާނެއްގެ ގޮތުން ސޮބާހު މުޙައްމަދު (ސޮބާ) ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފްރާންސް އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު