Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ގަދަ 16 - ބެލްޖިއަމާއި ޕޯޗުގަލުގެ ކުރިމަތިލުން

ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފް ގެ ތިންވަނަ ޓީމުގެ ގޮތުގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 ޖޫން 2021 | އާދީއްތަ 10:26
ބެލްޖިއަމް މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ބެލްޖިއަމް މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ދެވަނަ ބުރުގެ މެޗުތައް ފެށިގެން ކުރިޔަށްދާއިރު، ބެލްޖިއަމާއި ޕޯޗުގަލުގެ ކުރިމަތިލުމަކީ މި ބުރުގައި އެންމެ ފޯރިގަދަވާނެ އެއް މެޗެވެ.

މި ދެ ޓީމުން މި މުބާރާތުގައި މިހާތަނަށް ހަތް ލަނޑު ޖަހާފައިވާއިރު، ބެލްޖިއަމުން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ބީ ގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުން ޑެންމާކް އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ފިންލެންޑް އަތުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އެހެންނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ޕޯޗުގަލުން ކުޅުނު ފުރަތަމަ މެޗުން ހަންގޭރީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ދެވަނަ މެޗުގައި ވަނީ ޖަރުމަން އަތުން ބަލިވެފައެވެ. އަދި ފަހު މެޗުގައި ފްރާންސްއާ ބައްދަލުކުރިއިރު، އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ދެވަނަ ބުރުގެ މެޗަށް ނުކުންނައިރު، މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިހާތަނަށް ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަކީ ތިން ލަނޑު ޖަހާފައިވާ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

ބެލްޖިއަމް މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ބެލްޖިއަމަކީ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ޓީމު ކަމަށާއި، އަދި ބެލްޖިއަމުގެ ގޯލްޑަން ޖެނެރޭޝަންގެ ކުޅުން ތަފާތު ކަމަށެވެ. އަދި މި މެޗުގައި ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި ރޮމެލޫ ލުކާކޫ ހުއްޓުވަން ޕޯޗުގަލުގެ ޑިފެންޑަރުންނަށް އުނދަގޫވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ޕޯޗުގަލުގައި މި ވަގުތު އޮތް ސްކޮޑަކީ ފެންވަރުގެ ގޮތުން ބަލާނަމަ މިހާތަނަށް ޕޯޗުގަލުން މުބާރާތަކަށް ނެރުނު އެންމެ ވަރުގަދަ ސްކޮޑް ކަމަށެވެ. އަދި ޕޯޗުގަލުގެ ތަރި ރޮނާލްޑާއަށް 36 އަހަރު ވެފައިވީ ނަމަވެސް، އޭނާއަކީ މި ވަގުތުވެސް ދުނިޔޭގައި ތިބި އެންމެ މޮޅުތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މި މެޗުގައި ޕޯޗުގަލަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅެން ޖެހޭނެ ކަމަށްވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާ ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި މުޙައްމަދު ނިޒާމް (ނިޒާމްބެ) ބައިވެރިވެވަޑައިގަންނަވާއިރު، ޚާއްސަ މެހުމާނެއްގެ ގޮތުން މުޙައްމަދު ޝާހިދު (ޝާޑް) ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ބެލްޖިއަމާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

ޓީސީ އަދި މަނަންގްގެ ކުރިމަތިލުން: ދެ ކޯޗުންގެ ފަހު ބަހަކީ ކޮބާ؟

27 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު