Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫގެ ފްލެޓުތައް ދައްކާލުން

ފްލެޓް ބަލަން އަންނައިރު ބޭނުންވާ މައުލޫމާތު ހޯދަން ތައްޔާރުވެގެން އައުމަށް އިލްތިމާސް ކޮށްފި

26 ޖޫން 2021 | ހޮނިހިރު 09:58

ފްލެޓު ބެލުމުގެ ފުރުސަތު ދެނީ ކޮންމެ ފެލްޓަކުން ވެސް ދެ މީހަކަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 ޖޫން 2021 | ހޮނިހިރު 09:58
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވާހަކަދައްކަވަނީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވާހަކަދައްކަވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓު ލިބުނު މީހުން ފްލެޓް ބަލަން އަންނައިރު ސާފު ކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމާ ތަނުގެ މިން ނަގަން ބޭނުންވާ ނަމަ އެކަމަށް ތައްޔާރުވެގެން އައުމަށް އިލްތިމާސް ކުރާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ދައްކާލަން ފަށާފައިވާއިރު ފްލެޓު ދެއްކުން ކުރިއަށް ގެެންދަން ހަމަޖައްސާފައި ވަނީ ކޮންމެ ދުވަހަކު ވެސް ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފްލެޓުތައް ދައްކަނީ ހެނދުނު 8ން 10:30ށް، އެއް ވަނަ ފަންގިފިލާއިން ހަތް ވަނަ ފަންގިފިލާއާ ދެމެދު، 10:30ން 13:00ށް، 8 ވަނަ ފަންގިފިލާއިން 14 ވަނަ ފަންގިފިލާއާ ދެމެދު، 13:00ން 14:30ށް 15 ވަނަ ފަންގިފިލާއިން 19ވަނަ ފަންގިފިލާއާ ދެމެދު އަދި 14:30ން 16:00 20-24 ވަނަ ފަންގިފިލާއާ ދެމެދެވެ.

Advertisement - newsAdvertisement

މި ގަޑިތަކުގައި ފްލެޓު ބެލުމުގެ ފުރުސަތު ދެނީ ކޮންމެ ފެލްޓަކުން ވެސް ދެ މީހަކަށެވެ. ފެލްޓު ބަލަން ދާއިރު އައިޑީކާޑު ގެންދަންޖެހެއެވެ. އަދި ދަނީ ވެރިފަރާތް ނޫން މީހެއް ނަމަ އެމީހެއްގެ އައިޑީކާޑާއި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެންދަންޖެހެއެވެ. މިކަމާ ގުޅިގެން ސުހައިލް ވިދާޅުވީ މިހާ ކޮންޓްރޯލް ކޮށްގެން މިކަންކަން ކުރިއަށް ގެންދަނީ އަދިވެސް ނުނިމި ހުރި މަސައްކަތް ކުރަމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 6،720 ފްލެޓު ލިބުނު މީހުންނަށް އެތަންތަން ދައްކަން ހަމަޖެހިފައި ވަނި މި މަހުގެ 26ވާ ހޮނިހިރު ދުވަހުން ފެށިގެން ގޮސް އަންނަ މަހުގެ 4 ވާ އާދިިއްތަ ދުވަހާ ހަމައަށް ކަމަށެވެ. އެއީ 26 ވަނަ ދުވަހު އެޗް-14 އަދި އެޗް-13، 27 ވަނަ ދުވަހު އެޗް-10 އަދި އެޗް-9، 28 ވަނަ ދުވަހު އެޗް-16 އަދި އެޗް-15، 29 ވަނަ ދުވަހު އެޗް-4 އަދި އެޗް-3، 30 ވަނަ ދުވަހު އެޗް-12 އަދި އެޗް-11، 1 ޖުލައިގައި އެޗް-2 އަދި އެޗް-1، 3 ޖުލައިގައި އެޗް-7 އަދި އެޗް-8، 4 ޖުލައިގައި އެޗް-5 އަދި އެޗް-6 ވަނަ ޓަވަރެވެ.

އެޗްޑީސީން ބުނީ ފްލެޓު ބަލަން ހާޒިރުނުވެވޭ މީހުންނަށް ފްލެޓު ދައްކަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރާ ދުވަހު ކަމަށެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މީގެ އިތުރުން އެއްބަސް ވުމުގައި ސޮއި ކުރަން ފެށުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ކޮށް ނިންމުމަށް މަސައްކަތް ކުރާ ކަމަށާ އެދުވަހާ ހަމައަށް ނުނިމިއްޖެ ނަމަ ޖުލައި މަސް ނިމުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް