Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ބުއްދިއަކީ ފާރަވެރިޔާ، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތައް ކަމެއް އުނިވާނެ: ޚުތުބާ

25 ޖޫން 2021 | ހުކުރު 08:22

ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2021 | ހުކުރު 08:22
ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން،

ފައިލް ފޮޓޯ: އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން،

ބުއްދިއަކީ އިންސާނާގެ ފާރަވެރިޔާ ކަމަށާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތައް ކަމެއް އުނިވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ބުއްދީގެ ނިއުމަތް'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ބުއްދި އަކީ ރިޒުގު ދެއްވާފަދައިން އެކި ވަރުވަރަށް އެކި އިންސާނުންނަށް މާތް ﷲ ދެއްވާ މަތިވެރި ނިއުމަތެއް ކަމަށާއި، މި ނިއުމަތަކީ އިންސާނާއަށް ﷲ ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތް ކަމަށެވެ. ޚުތުބާގައި ބުނީ ބުއްދިވެރިކަން ލިބިގެންވާ މީހާގެ އެތައް ކަމެއް ފުރިހަމަވެގެންވާ ކަމަށާއި، ބުއްދިވެރިކަމެއް ނެތް މީހާ އާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ އެތައް ކަމެއް އުނިވެގެންވާ ކަމަށެވެ. ބުއްދިވެރިކަމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަމަށާއި، ބުއްދި އަކީ، ﷲ ވޮޑިގެންވާކަމުގެ ވަރަށް މަތިވެރި ދަލީލެއް ކަމަށެވެ. އަދި ފާޅުވެގެންވާ ޙުއްޖަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އިންސާނުން އެކި ރޮނގުތަކުން ކުރިއަރައިގޮސް، މީގެ ކުރީން ދެކެފައިނުވާ އިލްމީ އާލަމެއް އިންސާނުން ދެކެމުން ދަނީ ބުއްދީގެ އަލީގައިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ދުނިޔެ ދެކެމުންދާ އަޖައިބުން ފުރިގެންވާ އިލްމީ ވަސީލަތްތައް އުފެއްދީ ނިކަމެތި އިންސާނާގެ ބުއްދިން ކަމަށެވެ. ޚުތުބާގައި ބުނީ ބުއްދިވެރިކަމާ ނުލައި ދީންވެރިކަމެއް ނުވާ ކަމަށާއި، ދީންވެރި ކަމާނުލައި ލަދުވެތިކަމެއް ނެތް ކަމަށެވެ. މިއީ އިންސާނާގެ ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކޮށްދޭ މާތް ސިފަތަކެއް ކަމަށާއި، ބުއްދިވެރިކަމާ އެކީ، ދީންވެރިކަމުގެ ސިފަ ނުލިބިއްޖެ މީހާގެ ބުއްދިއަކީ، އެމީހާގެ މައްޗަށް ހުރި ވަބާއެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އެކަލާނގެ އެއްކައުވަންތަ ކުރުމަށް އިންސާނުންނާއި، ޖިންނީންގެ މައްޗަށް ލާޒިމުވެގެންވާ ކަމަށާއި، ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެއީ ކަމަށެވެ. އެހެންނޫންނަމަ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާބަޔަކަށް ނުވާނެ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމް ދީނުގައި ހުރި ބައެއް ކަންކަމަކީ ހަމައެކަނި އިންސާނާގެ ބުއްދީގެ ނުވަތަ ސައިންސުގެ އަލީގައި އޭގެ ތެދު ދޮގު ކަށަވަރު ކުރެވޭނެ ކަންކަން ނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ﷲ ތަޢާލާ އެކަލާނގެ ނަބީންނާއި ރަސޫލުންނަށް ދެއްވި ބައެއް މުއުޖިޒާތަކީ މި މާއްދީ ދުނިޔޭގައި ﷲ ލައްވާފައިވާ ގުދުރަތީ އާދަ ފޫވައްޓާލައިފަނިވި ކަންކަން ކަމަށެވެ. ޚުތުބާގައި ބުނީ އެފަދަ އެއްވެސް ކަމެއްގެ ތެދު ދޮގު ހަމައެކަނި ބުއްދީގެ ބޭނުންކޮށްގެން ކަށަވަރެއް ނުކުރެވޭނެ ކަމަށާއި، ޝަރީއަތުގެ ބައެއް ހުކުމްފުޅުތަކަކީ ވެސް ހަމައެކަނި ބުއްދިއަށް ބަރޯސާވެގެން އެނގޭނެ ކަންކަމެއް ނޫން ކަމަށެވެ. މިގޮތުން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ބައެއް ކަންކަމަކީ ބުއްދިއަށް ނުވިސްނުނު ނަމަވެސް އެގޮތަށް ގަބޫލުކޮށް، އަމަލުކުރަން ޖެހޭ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރަށް ޚުތުބާގައި ބުނީ ޝައިޠާނާއަށް އެންމެ އުނދަގޫ ކަމަކީ ބުއްދިވެރި މުއުމިނަކު މަގުފުރެއްދުން ކަމަށާއި، ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށް ވުރެ، ސަތޭކަ ޖާހިލުން މަގުފުރެއްދުން ޝައިތާނާއަށް ފަސޭހަވެގެންވާ ކަމަށެވެ.

ޚުތުބާގައި ބުނީ ދުނިޔޭގެ އެއްވެސް އެދުމެއް ނެތް، ބުއްދިވެރިކަމުގެ ސިފަ މަލާއިކަތުންނަށް ﷲ ދެއްވާފައިވާ ކަމަށާއި، ބުއްދިވެރިކަމާ ނުލައި ދުނިޔޭގެ އެދުން ޖަނަވާރުންގެ ކިބައިގައި ލައްވާފައިވާ ކަމަށެވެ. ނަމަވެސް މި ދެބައި އިންސާނާއަށް ދެއްވާފައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެމީހެއްގެ ދުނިޔަވީ އެދުމާއި، ދަހިވެތިކަމުގެ މައްޗަށް ބުއްދިވެރިކަން އިސްކޮށްފި މީހާގެ ހެޔޮކަން ބޮޑު ވެގެންވާ ކަމަށާއި، އެ މީހެއްގެ ބުއްދިވެރިކަމުގެ މައްޗަށް ދުނިޔޭގެ އެދުމާއި، ދަހިވެތިކަން އިސްކޮށްފިމީހާ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ބުއްދި އަކީ ނިއުމަތެއް ކަމަށާއި، ބުއްދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ. އެގޮތުން ޖުވާކުޅުމާއި، ރާބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޙަރާމް ތަކެތި ކެއުން ފަދަކަންކަމީ ދެ ދުނިޔޭގައި ވެސް ގެއްލުންހުރި ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ބުއްދިވެރި ހެޔޮ ލަފާ މުޖުތަމައެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެހައި އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދިވެގެން ކަމަށެވެ. ނަމަވެސް ހިތާމައަކީ މިއަދު މިފަދަކަންކަމާ މެދު މުޖުތަމަޢުގެ އެއް ބަޔަކު ޣާފިލުވެފައިވާކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް