Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދުގެ މައްސަލަ

އަނެއްކާ ވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރަކަށް އެދިއްޖެ

އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ އިނގިރޭސިވިލާތުގައި ހުރި ރާއްޖޭގެ ހައިކޮމިޝަނުންކަން ޔަގީނެއްނޫން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 09:22
އަލީ ވަހީދު

އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދިއްޖެއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުރި އިރު، އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާއިރު އަލީ ވަހީދު ހުރީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސްވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު ރާއްޖެއަށް އެނބުރި އައިސްފައެއް ނުވެއެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް މި މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާކަން ޕީޖީ އޮފީހުން ވަނީ ރާއްޖެ އެމްވީއަށް ޔަގީންކޮށްދީފައެވެ. އަދި ޖޫން 23 ވަނަ ދުވަހު ފުލުހުން އެކަން ކޯޓަށް ހުށަހެޅި ކަމަށް ވެސް ބުންޏެވެ.

އަލީ ވަހީދު ބޭސްފަރުވާ ކުރުމަށް މިވަގުތު ހުރީ އިނގިރޭސިވިލާތުގައި ކަމަށްވާތީ، އަލީ ވަހީދުގެ އެދުމުގެ މަތިން ކޯޓުން ޝަރީއަތް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވާން ޖެހެނީ އެ ގައުމުގެ ހައިކޮމިޝަނުގައި ހުރެގެންނެވެ. ކޯޓުން މިގޮތަށް ނިންމާފައި ވަނީ އަލީ ވަހީދުގެ ބޭސްފަރުވާ ނުނިމޭކަން ހާމަކޮށް ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އެ ލިޔެކިޔުންތައް ދައުލަތާ ހިއްސާކުރުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު އަލީ ވަހީދު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު ދައުލަތުން ވަނީ އަލީވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އިންކާރުކޮށްފައެވެ. އެގޮތުން އޭނާ ހުރީ ކޮންތާކުކަން ދައުލަތަށް ޔަގީން ނުވާކަމަށާއި، އިނގިރޭސިވިލާތުގައި ހުރި ނަމަވެސް އެތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނަކަށް ނުވާތީ އެތަނުގައި އަލީ ވަހީދު ހުރެގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އިންކާރުކޮށްފައިވެއެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެ ދުވަހުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

އަލީ ވަހީދުގެ އަޑުއެހުމަކީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި ފުރަތަމަ އަޑުއެހުމެވެ. އެއީ ސުޕްރީމް ކޯޓުގެ ގަވާއިދާ މުޅިން ޚިލާފު ކަމަކަށްވާތީ އެ އޮފީހުން ވަނީ އެ ޝަރީއަތް އޮންލައިންކޮށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު