Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކު

ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރިބަލި "މިސްކު" ގައި ހަތަރު ކުއްޖަކު އައިސީޔޫގައި!

24 ޖޫން 2021 | ބުރާސްފަތި 08:05

ބަލި ޖެހޭނީ ކޮވިޑް-19 ޖެހޭތާ 2 ހަފްތާއާއި ހަ ހަފްތާއާ ދެމެދުގައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 08:05
މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް

މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް

ކޮވިޑް-19 ޖެހޭ ކުޑަކުދިންނަށް އެ ބަލިން ރަނގަޅުވުމަށް ފަހު ޖެހޭ ނުރައްކާތެރި ބަލި "މަލްޓި ސިސްޓަމް އިންފްލެމޭޓްރީ ސިންޑްރަމް" (މިސްކް) ޖެހިގެން ރާއްޖޭގައި ހަތަރު ކުޑަކުދިންނަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

"ރާއްޖެ އެމްވީ"ށް ދެއްވި އިންޓަވިއުއެއްގައި ޑރ. ފައިސަލް ވިދާޅުވީ އުމުރުން 3 އަހަރާއި 10 އަހަރާ ދެމެދުގެ 8 ކުއްޖަކަށް މިހާރު ވެސް އެބަލި ޖެހިގެން ރާއްޖޭގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފައިސަލް ވިދާޅުވީ އެ ބަލީގައި ފެންނަނީ އާންމުކޮށް ވެސް ފެންނަ ކަހަލަ ބައެއް އަލާމާތްތަކުން ބަލި ބޮޑުނުވެ މައިލްޑް އަލާމާތްތައް ނަމަ ބަލި ދެނެނުގަނެވި ވެސް ހުންނާނެ ކަމަށެވެ. އެގޮތުން ބަލީގައި ފެންނަ އެންމެ މައިގަނޑު އެއް އަލާމާތަކީ ހުން އައުން ކަން ފައިސަލް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޑރ. ފައިސަލް ވިދާޅުވީ މި ބަލި ޖެހޭނީ ހަމައެކަނި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ކުޑަކުދިންނަށް ކަމަށެވެ. ބަލި ޖެހޭނީ ކޮވިޑް-19 ޖެހޭތާ 2 ހަފްތާއާއި 6 ހަފްތާއާ ދެމެދުގައި ކަމަށް ވިދާޅުވިއެވެ. ބަލީގެ އަލާމާތްތައް ތެރޭގައި ވަރަށް ގަދައަށް ހުން އައުމާއި، ހަންގަނޑު ރަތްވެ ދުޅަވުމާއި ބިހި ނަގައި ލޯ ރަތްވުން ފަދަ ކަންކަން ވުމާއި، ހޮޑުލައި، ބޭރަށް ހިނގުމާއި، ލޭ މަނާ ނުވުމާއި، ބްލަޑް ޕްރެޝަރ ދަށްވެ ޝޮކަށް ދިއުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށެވެ. މި ބައްޔަކީ ކޮވިޑް-19 ޖެހިގެން ފެތުރޭ ބައްޔެއް ކަމަށާއި، ކޮވިޑް ޖެހޭ އެންމެންނަށް މި ބަލި ނުޖެހުން ވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން މި ބަލި ޖެހެނީ ކޮވިޑް-19 ޖެހިފައި ރަނގަޅުވުމަށް ފަހު ދެން ހަށިގަނޑުގައި އުފައްދާ މާއްދާތަކެއްގެ ސަބަބުން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އެގޮތުން މިއީ އިންފްލެމޭޝަންއެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ މި ބަލީގެ އެކި ދަރަޖަތައް ހުންނަ ކަމަށެވެ. އެގޮތުން މައިލްޑް މޮޑަރޭޓް އަދި ސިވިއަރ އަދި ކްރިޓިކަލް ސްޓޭޖް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާގައި މިބަލި ވަރަށް ހަލުވިކޮށް ފެތުރެމުންދާއިރު، ކޮވިޑް-19ގެ މިދިޔަ ރާޅުގައި ރާއްޖެއިން މި ބަލި ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖެއިން އިންޑިއާ ވޭރިއަންޓް، "ޑެލްޓާ" ފެތުރެމުން ދާއިރު މި ބަލި ފެނިފައިވާކަން ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ. ޑރ. ފައިސަލް ވިދާޅުވީ މި ބައްޔަކީ އެހެން ކަމަކުން އަދި އެހެން ގޮތަކުން ފެތުރޭ ބައްޔަކަށް ނުވާތީ މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމަކީ ކޮވިޑް-19އިން ރައްކާތެރިވުން ކަމަށެވެ. އެހެންވީމަ ކުޑަކުދިންގެ ރައްކާތެރިކަމަށް ބޮޑެތި މީހުން ވަރަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް