Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާއިން މީޑިއާ އައުޓްލެޓް ސީޒްކުރުން

އެމެރިކާއިން އީރާންގެ ދައުލަތުގެ ނޫސް ވެބްސައިޓްތައް ސީޒްކޮށްފި

23 ޖޫން 2021 | ބުދަ 03:24

އީރާނުގެ މައި މީޑިއާއެއް އެމެރިކާއިން ސީޒްކޮށްފައި މިވަނީ އީރާންގެ ރިޔާސީ އިންތިޚާބު ބޭއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 23 ޖޫން 2021 | ބުދަ 03:24
އީރާނުގެ ދައުލަތުގެ ނޫސް ވެބްސައިޓުތަކެއް އެމރިކާއިން ސީޒްކުރުން

އީރާނުގެ ދައުލަތުގެ ނޫސް ވެބްސައިޓުތަކެއް އެމރިކާއިން ސީޒްކުރުން

އެމެރިކާއިން އީރާނުގެ ދައުލަތުގެ މީޑިއާ އައުޓްލެޓްތަކެއް ސީޒްކޮށްފިއެވެ.

ދޮގު ޚަބަރު ފަތުރާ ކަމުގެ ތުހުމަތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ވެސް އީރާނުގެ ޑޮމެއިންތަކެއް ސީޒްކޮށްފައިވެއެވެ. އަދި ޓްވިޓާއާއި، ގޫގުލް ފަދަ އެމެރިކާގެ ސޯޝަލް މީޑިއާ ކޯޕަރޭޝަންތަކުން އީރާންގެ އޮންލައިން ނޫސްތަކާމެދު ތަފާތުކުރުންތަކެއް ގެންގުޅެފައިވެއެވެ. އެކަމަކު އީރާންގެ ބޮޑު މީޑިއާއެއްގެ ވެބްސައިޓް ސީޒްކުރި މީ ފުރަތަމަ ފަހަރެވެ.

އެމެރިކާއިން ސީޒްކުރި އަލްއާލަމްއާއި ޕްރެސްޓީވީ އަކީ އީރާންގެ ދައުލަތުގެ މީޑިއާ ކޯޕަރޭޝަން، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޮޑްކާސްޓިންގެ ދެ ވެބްސައިޓެވެ. ޕްރެސްޓީވީއަކީ އިނގިރޭސި ބަހުން ޚަބަރު ގެނެސްދޭ މީޑިއާއެކެވެ. އެކަމަކު އަލްއާލަމްއިން އިނގިރޭސިބަހުގެ އިތުރުން އަރަބި އަދި ފާރިސީބަހުން ބްރޮޑްކާސްޓްކުރެއެވެ.

އެމެރިކާއިން އިތުރަށް ސީޒްކުރި އަލްމަސިރަހް އަކީ 2012 ވަނަ އަހަރު ލުބުނާންގެ ބެއިރޫތުގައި ޔަމަނުގެ އަންސާރުﷲ މޫވްމަންޓުން އުފެއްދި މީޑިއާއެކެވެ. ހަމައެއާއެކު ހަމާސް ޖަމާއަތަށް ބާރުދޭ ރިޕޯޓުތައް ގެނެސްދޭ ސައިޓެއް ކަމަށްވާ 'ޕަލެސްޓައިން ޓުޑޭ' ވެސް އެމެރިކާއިން ސީޒްކޮށްފައިވެއެވެ.

އެމެރިކާއިން މީގެ ކުރިން ވެސް އޮންލައިން ނޫސްތަކާ މެދު މި ފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން ޝަރުތުތަކާއި ޚިލާފުވީކަމަށް ބުނެ، ޓްވިޓާއިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އަލްމަސިރަހްގެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ. މިއަހަރުގެ ޖެނުއަރީމަހު ފޭސްބުކް އިން ވަނީ ޕްރެސްޓީވީގެ ފޭސްބުކް ޕޭޖް ޑިލީޓްކޮށްލާފައެވެ.

އީރާނުގެ މައި މީޑިއާއެއް އެމެރިކާއިން ސީޒްކޮށްފައިމިވަނީ، އީރާންގެ ރިޔާސީ އިންތިޚާބު ބޭއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މި އިންތިޚާބު ކަމިޔާބުކުރެއްވީ އިބްރާހިމް ރައީސީއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް