Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް 19 ވެކްސިންގެ އަދާހަމަ

ޖުމްލަ 183،373 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 315،282

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 21 ޖޫން 2021 | ހޯމަ 18:01
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖެއިން ޖުމްލަ 183،373 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ހޯމަދުވަހުގެރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އާދީއްތަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހީ 300 މީހުންނެވެ. އަތޮޅުތެރެއިން 358 މީހުން ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 183،373 އަށް އަރާފައެވެ.

އާދީއްތަ ދުވަހު ޖުމްލަ 126 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 86 މީހުންނާއި، އަތޮޅުތެރެއިން ވެކްސިން ޖެހި 40 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒްޖެހި މީހުންގެ ޖުމްލަ އަކީ 315،282 އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޮފަރމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދާއިރު، އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މީގެއިތުރުން އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2018

އިތުުރު ދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަނީ!

29 ޖުލައި 2018
އިތުުރު ދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަނީ!
10 ޑިސެމްބަރު 2017

އެޗްއާރްސީއެމްއަކީ ސަރުކާރުގެ ޖަރީމާތައް އެންޑޯޒްކުރާ، ސަރުކާރުގެ އަޅެއް: އިންތި

10 ޑިސެމްބަރު 2017
އެޗްއާރްސީއެމްއަކީ ސަރުކާރުގެ ޖަރީމާތައް އެންޑޯޒްކުރާ، ސަރުކާރުގެ އަޅެއް: އިންތި
20 ނޮވެމްބަރު 2017

ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި

20 ނޮވެމްބަރު 2017
ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި
03 ނޮވެމްބަރު 2017

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

03 ނޮވެމްބަރު 2017
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
12 އޮކްޓޯބަރު 2017

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

12 އޮކްޓޯބަރު 2017
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު