Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ނަރީޝް

ނަރީޝް ހޮވުނީ ވޯޓުގައި ބައިވެރިވި 19 މެމްބަރުންގެ ތެރެއިން 12 ވޯޓާއެކު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 21 ޖޫން 2021 | ހޯމަ 13:05
މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒާއެކު ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް

މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒާއެކު ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަޙުމަދު ނަރީޝް އިންތިޚާބުކޮށްފިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ހޮވުމަށް ކައުންސިލުން ބޭއްވި އިންތިޚާބުގައި މެމްބަރު ނަރީޝް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި 19 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ވޯޓާއެކުއެވެ. ބާކީ ހަތް ވޯޓު ލިބިވަޑައިގަތީ ނަރީޝްއާ ވާދަކުރެއްވި މައްޗަންގޮޅީ މެދުދާއިރުގެ އެމްޑީޕީ ކައުންސިލް މެމްބަރު އަޙުމަދު ޒަމީރަށެވެ. މާލެ ސިޓީ ކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.

ޑެޕިއުޓީ މޭޔަރ ކަމަށް އިދިކޮޅު ކައުންސިލް މެމްބަރު ނަރީޝް އައްޔަންކޮށްފައިވާއިރު، އިދިކޮޅުގެ ބައެއް އެހެން މެމްބަރުން ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެގޮތުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ޝުޖާޢުއާއި، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ. ނަމަވެސް އެ މަގާމަށް އިދިކޮޅުން ކަނޑައަޅާ ކެންޑިޑޭޓެއްގެ ގޮތުގައި ނަރީޝް ހޮވިފައިވަނީ އިދިކޮޅު ކޯލިޝަންގެ އެތެރޭގެ އިންތިހާބަކުންނެވެ.

މި މަގާމަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭފުޅަކު އައްޔަންކުރުމަށް އެލްޖީއޭއިން އަންގާފައިވާއިރު، މިމަހު 21ގައި އިންތިޚާބު ބާއްވާފައި މިވަނީ 14 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައެވެ.

މި މަގާމަށް ނަރީޝް އައްޔަން ކުރުމާއެކު ކައުންސިލްތަކަށް މީހުން އައްޔަންކުރަން ޖެހޭ މަގާމުތަކުގެ ހުރިހާ ކަމެއް ނިމިފައިވާއިރު، މާލެ ސިޓީގެ މި މަސައްކަތް ލަސްވީ ބައެއް މެމްބަރުން ކަރަންޓީންވެ އަދި ރަށުން ބޭރުގައި ތިބުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
13 މާރިޗު 2017

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު