Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޖީ ކަނޑައެޅުމުގެ އިސްލާހު އަނބުރާ ގެންދިޔުން

ކައުންސިލްގެ އެސްޖީ ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގާނޫނަކަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި

21 ޖޫން 2021 | ހޯމަ 07:17

ބިލް ހުށަހެޅީ ޕީޖީ ގްރޫޕުގެ ތާއީދާއެކު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖޫން 2021 | ހޯމަ 07:17
އިސްލާހު ހުށައެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު

އިސްލާހު ހުށައެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު

ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ކަނޑައަޅައި، ދެ ގާނޫނަކަށް ގެނައި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށައެޅުއްވި އިސްލާހު މެންބަރު އަނބުރާ ގެންދަަވާފައިވާކަން ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާގައި ރިޔާސަތުން ވަނީ އަންގަވާފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މެމްބަރު ސައީދު ވިދާޅުވީ އިސްލާހު އަނބުރާ ގެންދަން ނިންމެެވީ ބިލް ހުށަހެޅުމުން ބައެއް މެމްބަރުން އެ ބިލާމެދު ޚިޔާލު ތަފާތުވުމާއި، ސަރުކާރުން ވެސް އެ ބިލާމެދު އެހާ ހިތްހަމަ ނުޖެހޭތީ ކަމަށެވެ. ސައީދު ވިދާޅުވީ ބިލު އަމިއްލަ ގޮތުން ހުށަހެޅި ނަމަވެސް މަޖިލީހަށް ބިލެއް ހުށަހަޅަނީ ޕީޖީގެ މެމްބަރުންގެ ތާއީދާއެކު ކަމަށެވެ. އެެހެންނަމަވެސް ބިލް ހުށަހެޅި ބަހުސް ފެށުމާއެކު، ތާއީދު ކުރެއްވި މެމްބަރުން ވެސް ޚިޔާލު ތަފާތުވުމުން މި ދަނޑިވަޅުގައި ބިލު އަނބުރާ ގެންދެވީ ކަމަށެވެ.

މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި ހުޅުވާލުމާއި، އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުތަމައުގެ ހުރިހާ ފަރާތްތަކަށް ވެސް ލިބިދެވޭނެ ނިޒާމެއް ގާއިމުވެފައި އޮޮތުން ކަމަށް މެންބަރުވަނީ ވިދާޅުވެފައެވެ.

މިހާރު އަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުން އަންނަ ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 1-59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުގެ ދެ ބިލްގައި ވެސް ވަނީ ކައުންސިލްގެ ލަފަޔާއެކު އޮތް ބައި އުނިކޮށްފައެވެ. 

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް