Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

289 މީހަކު ބަލިން ރަނގަޅުވެ، 187 މީހަކު ޕޮޒިޓިވް

20 ޖޫން 2021 | އާދީއްތަ 18:05

މާލެއިން ޕޮޒިޓިވްވީ 84 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2021 | އާދީއްތަ 18:05
ކޮވިޑް-19އާއި ގުޅިގެން އާރުއާރުޓީން އާންމުން ބައްޔަށް ހޭލުންތެރިކުރުވުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން

ކޮވިޑް-19އާއި ގުޅިގެން އާރުއާރުޓީން އާންމުން ބައްޔަށް ހޭލުންތެރިކުރުވުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން

އާދީއްތަ ދުވަހު 289 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 187 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިެއެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ށް ނަގާފައިވާ 5،613 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 187 ސާމްޕަލެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 84 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 91 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން 7 މީހަކު، އަދި ސަފާރީއަކުން 5 މީހަކު ޕޮޒިޓިވްވެގެން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ޕޮޒިޓިވްވި 187 ސާމްޕަލާއެކު ރާއްޖެއިން މިހާތަނަށް ޖުމްލަ 71،896 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5300ށް ދަށްވެފައެވެ. އަދި މީގެ ތެރެއިން 45 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ. އަދި 206 މީހަކު މި ބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.

އާދިއްތަ ދުވަހު ބަލިން ރަނގަޅުވި 289 މީހުންނާއެކު، ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 66،379ށް އަރާފައެވެ.

އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހާ ހަމައަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 1000ން މަތިން ރިޕޯޓް ކުރިއެވެ. އަދި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއެންޓްތައް ރާއްޖޭގައިވެސް ފެތުރެން ފެށުމާއެކުއެވެ.

ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓް އުޅެނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް، ރާއްޖެއިން ބޭރަށް ފޮނުވި 30 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު ނުރައްކާތެރި ދެ ވޭރިއަންޓްކަމުގައިވާ، އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓްއާއި އިނގިރޭސިވިލާތުން ފެނިފައިވާ އަލްފާ ވޭރިއަންޓްގެ 47 އިންސައްތަ ކޭސް ހިމެނެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ބައެއް ސާމްޕަލްތައް ސީކުއަންސަށް ތިން ފަހަރެއްގެ މަތިން ފޮނުވާފައިވާކަމަށެވެ. އޭގެތެރެއިން ތިން ވަނަ ފަހަރު ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިއިން ކޮންމެ ފަހަރެއްގައިވެސް ފޮނުވާފައިވަނީ 30 ސާމްޕަލްއެވެ.

ސާމްޕަލްތަކުގެ ނަތީޖާ ދައްކާގޮތުން 20 އިންސައްތަ އަކީ އަލްފާ ވޭރިއަންޓެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓެވެ. އަދި އިންޑިޔާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓްގެ 27 އިންސައްތަވެސް ވަނީ ފެނިފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް