Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަފްރަތުގެ ބިލު

ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވާ ކަންތައްތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ރައީސްއަށް ހުށަހަޅާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖޫން 2021 | އާދީއްތަ 12:59
ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސާއި ބައްދަލުކުރެއްވުން

ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން ރައީސާއި ބައްދަލުކުރެއްވުން

ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވާ ކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.

"ނަފްރަތުގެ ޢަމަލު" ބަޔާން ކުރާ ބިލާ ގުޅިގެން، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސް ޞާލިޙްއާ ބައްދަލުކުރައްވައި، އެ ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ކުރި ޓްވީޓެއްގައި ވަނީ މި ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ރައީސަށް ހުށަހަޅުއްވާފައިވަކަމަށެވެ. އަދި މި ބިލް ޤާނޫނަކަށް ވެގެން އަންނަ އިރު ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އަދާލަތު ޕާޓީން ވަނީ "ނަފްރަތުގެ ޢަމަލު" ބަޔާން ކުރާ ބިލުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެ ކަމަށް ފެންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އާދީއްތަ ދުވަހު އަދާލަތު ޕާޓީގެ ލީޑަރޝިޕާ ރައީސް ބައްދަލުކުރައްވައި، ނަފްރަތުގެ އަމަލުތަކާ ގުޅޭގޮތުން ޤާނޫނުލްޢުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހަޅާފައިވާ ބިލާ މެދު ހުރި ކަންބޮޑުވުންތަކާއި، ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އާންމު ތަނެއްގައި މީހަކު އިސްލާމްދީނާ ޚިލާފު ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއްކަމަށް ތުހުމަތު ކުރުމާއި، މީހަކާމެދު ނަފްރަތު އުފެއްދުމާއި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުން އެއީ ކުށެއް ކަމަށެވެ. އަދި މިއީ ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

މިފަދަ އަމަލެއް ހިންގުމާއެކު، އަނިޔާވެރިކަމަށް ގޮވާލައި އެކަމަށް ހިތްވަރު ދިނުމާއި، ބައިވެރިވުމަކީ ވެސް ކުށެއް ކަމަށާއި، މީހެއްގެ ސިޔާސީ ފިކުރަކަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި، ރޭވުމަކީ ވެސް ކުށެއް ކަމަށް އިސްލާހުގައިވެއެވެ. މިފަދަ އަމަލުތަކަކީ ޖިނާއަތުގެ 4 އަދި 5 ވަނަ ދަރަޖައިގެ ކުށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލާ ގުޅޭގޮތުން ޢަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނަފްރަތުގެ ޢަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާޢީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމަޢުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް، އިސްލާމީ މުޖުތަމަޢުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަޚުލާޤީ ހަމަތައް ހިފަހައްޓަން ކަމުގައެވެ. އެހެން ނަމަވެސް އެ ބިލުން އެ މަޤުޞަދު ޙާޞިލުކޮށް މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ  ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ 1 ވަނަ އިސްލާހުގައި އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii)އާ މެދު ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިޤްރާރުވެފައި ވާކަމަށެވެ.

މީގެ އިތުރުން ނަފްރަތުގެ ޢަމަލު ޤާނޫނެއްގައި ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދިމިޤްރާތީ މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލުމަށް ނިންމާފައި ވާކަމަށެވެ.

ނަފްރަތުގެ ޢަމަލުތަކާއި ޢުޤޫބާތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާ ކޮށް، ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ހޭލުންތެރި ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. މި އިސްލާހުގެ މަޤުސަދަކީ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު