Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އޭޖީއެމް

އެމްޓީސީސީގެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފި

2020 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ލިބިފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 ޖޫން 2021 | އާދީއްތަ 09:00
އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން

މޯޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 2020 ވަނަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ފާއިތުވި އަހަރު އެމްޓީސީސީ އަށް ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ ޖޫން 20 ވަނަ ދުވަހު، އެމްޓީސީސީ އިން އޮންލައިން ކޮށް ކުރިއަށް ގެންދިޔަ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި 37 ހިއްސާދާރުންގެ ތެރެއިން ވޯޓްގައި ބައިވެރިވި 31 ހިއްސާދާރުންގެ 86 އިންސައްތަ ވޯޓާއެކުއެވެ. 2020 ވަނަ އަހަރުގެ ހިއްސާ ލިބެނީ 2021 ވަނަ އަހަރުގެ މެއި 21 ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. 2019 ވަނަ އަހަރު އެމްޓީސީސީން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ ހިއްސާއަކަށް ދެ ރުފިޔާއެވެ.

Advertisement - businessAdvertisement

މި ޖަލްސާގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ 27 ވަނަ ދުވަހު ބާއްވާފައިވާ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވާއިރު، ޔައުމިއްޔާ ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވި 29 ހިއްސާދާރުންގެ ވޯޓާ އެކުއެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު 35 ހިއްސާދާރުންގެ ވޯޓާއެކު ފާސްކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައި ވަނީވެސް 35 ހިއްސާދާރުންގެ ވޯޓާއެކުއެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ 2021 ވަނަ އަހަރަށް އެމްޓީސީސީގެ އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅާފައެވެ. އެގޮތުން އުޖޫރައިގެ ގޮތުގައި 385,500 ރުފިޔާ ދީގެން 2021 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިޒް ވޯޓަރ ހައުސް ކޫޕަރސް އައްޔަނުކުރުމަށް 30 ހިއްސާދާރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފައެވެ. މި ޖަލްސާގައި ވަނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެވިފައިވާ އަދި އިންތިޚާބުކުރެވިފައިވާ ހިއްސާދާރުން ވަނީ އިއުލާންކޮށްފައެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަހިވޯޓް މެދުވެރިކޮށް، އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު، މި ޖަލްސާގައި ޖުމްލަ 37 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އެއީ އަމިއްލަ ގޮތުން ބައިވެރިވި 30 ހިއްސާދާރުންނާއި ޕްރޮކްސީކޮށް ބައިވެރިވި 7 ހިއްސާދާރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު