Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފި

19 ޖޫން 2021 | ހޮނިހިރު 16:35

ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ 20 ޖޫން އިން ފެށިގެން 24 ޖޫން 2021 އާ ހަމަޔަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޖޫން 2021 | ހޮނިހިރު 16:35
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދިނުމަށްޓަކައި 20 ޖޫން އިން ފެށިގެން 24 ޖޫން 2021 އާ ހަމަޔަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ޚިދުމަތްދެމުންދާނެ ކަމަށެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00ން ފެށިގެން 2:00ށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށާއި އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގޮތުން ހަފުތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިން ޚިދުމަތްތައް ދިނުމަށް ހަަމަޖެހިފައިވާއިރު މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ޚިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ޚިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސް ކުރުމުގެ ޚިދުމަތް ލިބޭނެ ކަަމަށެވެ.

ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާއިރު އައު ފީޗާރސްތަކާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕް ވަނީ ތައާރަފުކޮށްފއެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް ތައާރަފް ކުރެވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ލިބޭ އުފަލެއް ކަމަށެވެ. އަލަށް ތައާރަފު ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތައް ހިމެނިގެންދާނެ ކަމަށާއި، ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތައާރަފު ކުރެވޭނެ ކަމަށް ވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2017

ވެލިގާ ހާޑްވެއަރގެ ޖަނަވަރީ މަގު ފިހާރަ ބަދަލުތަކާ އެކު ހުޅުވައިފި

30 އޮކްޓޯބަރު 2017
ވެލިގާ ހާޑްވެއަރގެ ޖަނަވަރީ މަގު ފިހާރަ ބަދަލުތަކާ އެކު ހުޅުވައިފި
17 އޮކްޓޯބަރު 2017

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި

17 އޮކްޓޯބަރު 2017
މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި
16 އޮކްޓޯބަރު 2017

އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި

16 އޮކްޓޯބަރު 2017
އިލެކްޓްރޯނިކް ޒަރިއްޔާ އިން ޓެކްސް ދެއްކުމުގެ ގަވައިދަށް ބަދަލު ގެނެސްފި
04 އޮކްޓޯބަރު 2017

އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި

04 އޮކްޓޯބަރު 2017
އައިލެންޑް އޭވިއޭޝަނުން ކާގޯ އޮފީހުގެ ހިދްމަތް ފުޅާކޮށް އައިފާން ބިލްޑިންގަށް ބަދަލުކޮށްފި
19 ސެޕްޓެމްބަރު 2017

އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި

19 ސެޕްޓެމްބަރު 2017
އެމްޓީސީސީގެ އޮޕަރޭޝަންސްތައް ރަގަޅު ކުރުމަށް އައު ޓަގްބޯޓަކާއި ބާޖެއް ގެނެސްފި
11 ޖުލައި 2017

ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި

11 ޖުލައި 2017
ލުއި ދެ ރުފިޔާގެ އާ ޝިޕްމަންޓެއް އަނެއްކާ ވެސް ގެނެސްފި
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
06 ޖޫން 2017

ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި

06 ޖޫން 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
19 މެއި 2017

އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!

19 މެއި 2017
އެމްޓީސީސީގެ އަސާސީ ޤަވާއިދަށް ބަދަލުގެނައުން ސީއެމްޑީއޭއިން ހުއްޓުވައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް