Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ހަންގޭރީ އާއި ފްރާންސްގެ ކުރިމަތިލުން

ހަންގޭރީ ވަނީ ޕޯޗުގަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޖޫން 2021 | ހޮނިހިރު 08:37
ހަންގޭރީ މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ހަންގޭރީ މެޗުގެ ކުރިން ފްރާންސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ކުރިމަތިލުންތަކަށް އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނައިރު، ހޮނިހިރު ދުވަހު ފުރަތަމަ ބައްދަލުކުރާނީ ހަންގޭރީއާ ދުނިޔޭގެ ޗެމްޕިއަން ފްރާންސްއެވެ. މި މެޗު ބުޑަޕެސްޓުގެ ޕުސްކާސް އެރީނާގައި ކުޅޭއިރު، މި މެޗު ކުޅޭނީ ފުލް ހައުސް އެއްގައެވެ.

މި މެޗަށް ނުކުންނައިރު ފްރާންސްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަރުގަދަ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވުމެވެ. އަނެއްކޮޅުން މި މެޗަށް ހަންގޭރީން ނުކުންނައިރު، އެޓީމު ވަނީ އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން ހަންގޭރީ އަތުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ފްރާންސްއަށް އެބައޮތެވެ.

ހަންގޭރީ މެޗުގެ ކުރިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ މި މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، އެގޮތުން ހަންގޭރީއަކީ ވަރަށް "އޯގަނައިޒިން" ޓީމެއް ކަމަށެވެ. އަދި މި މެޗު ހަންގޭރީގައި ކުޅޭތީ އޭގެ ފައިދާ އެ ޓީމަށް ނެގޭނެ ކަމަށްވެސް ބުންޏެވެ. އެކަމަކު ފްރާންސްގެ އުއްމީދަކީ މި މެޗުން ތިން ޕޮއިންޓް ހޯދައި، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުން ކަމަށްވެސް ޑިޝޯމްޕްސް ވަނީ ބުނެފައެވެ.

ހަންގޭރީގެ ކޯޗު މާކޯ ރޯސީ ބުނީ މި މެޗުގައި ފްރާންސްގެ ހަލުވި ފޯވާޑުލައިނަށް ވިސްނަން ޖެހޭ ކަމަށާއި، ހާއްސަކޮށް ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ހުއްޓުވަން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އެމްބާޕޭ މިވަގުތު ހުރި ފޯމަށް ބަލާއިރު އޭނާއަކީ މި މެޗުން ނަތީޖާ ނެރެވޭނެ ކުޅުންތެރިއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން 17:00 ގައި މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އެފް ގެ އެނަލިސްޓް މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން ސޮބާހު މުޙައްމަދު (ސޮބާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ހަންގޭރީއާ ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު