Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔުއޭފާއިން ލަންޑަނަށް ދިން އިންޒާރު

ޔުއޭފާގެ އިންޒާރެއް ލަންޑަނަށް

ކަރަންޓީނު އުސޫލުތަކަށް ލުއި ނުދެންޏާ މެޗުތައް ހަންގޭރީއަށް ބަދަލުކުރާނެ ކަމަށް ވަނީ ބުނެފައި

ރާއްޖެ އެމްވީ | 18 ޖޫން 2021 | ހުކުރު 10:37
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި ޔުއޭފާގެ ރައީސް އެލެގްޒާންޑަރ ކެފެރިން އަދި ވެމްބްލީ ސްޓޭޑިއަމް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި ޔުއޭފާގެ ރައީސް އެލެގްޒާންޑަރ ކެފެރިން އަދި ވެމްބްލީ ސްޓޭޑިއަމް

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ލަންޑަނަށް ޔޫރަޕުގެ ފުޓްބޯޅައޭ ބެހޭ މައި އިދާރާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ޔުއޭފާއިން ބުނެފައިވަނީ ސެމީ ފައިނަލާއި ފައިނަލް ބެލުމަށް ލަންޑަނަށް ޒިޔާރަތްކުރާ ވީއައިޕީންނާއި ފީފާ އާއި ޔުއޭފާގެ އޮފިޝަލުންނާއި ސްޕޮންސަރުން ކަރަންޓީނު ކުރުމުގެ އުސޫލުތައް އިނގިރޭސި ސަރުކާރުން ބަދަލުނުކޮށްފިނަމަ ލަންޑަނުގެ ބަދަލުގައި އެ މެޗުތައް ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި ކުޅޭގޮތަށް ނިންމަން ޖެހިދާނެ ކަމުގައެވެ.

ޔުއޭފާގެ އިންޒާރު އައިސްފައިވަނީ މެޗު އޮފިޝަލުންނާއި އެނޫންވެސް އޮފިޝަލުންނާއި މި ތިން މެޗު ބެލުމަށް ޔުއޭފާއިން ދައުވަތު ދިނުމަށް ހަމަޖައްސާފައިވާ މީހުންގެ އަދަދު ތިންހާހާ ކައިރި ކުރާއިރު އެމީހުންނަށް ކަރަންޓީނާ ނުލައި ލަންޑަނަށް އެތެރެވެ އަދި ސްޓޭޑިއަމާ ހަމަޔަށް ދެވޭނޭކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ދޭން އެއްބަސް ނުވުމުންނެވެ. ކޮވިޑުގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރާއި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އެއްބަސް ނުވުމުންނެވެ. ސެމީފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ. އެއީ 90 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ޔޫރޯގެ މެޗުތައް ޔޫރަޕުގެ އެގާރަ ގައުމެއްގެ އެގާރަ ސްޓޭޑިއަމެއްގައި ކުޅެވެމުންދާއިރު ބައެއް ގައުމުތަކުން ވަނީ ކޮވިޑުގެ ގަވާއިދުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާ އާއި ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމް ފުރެންދެން ސަޕޯޓަރުން އަންނަނީ ވައްދަމުންނެވެ. މީގެ ތެރެއިން ހަންގޭރީން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ހަމަކޮންމެ މީހަކަށް ސްޓޭޑިއަމަށް ވަދެވޭނެހެން ގަވާއިދަށް ލުއިދީފައެވެ. މެޗު ބަލަން ބޭރުން އަންނަ މީހުންވެސް މެޗު ފެށުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ގެނައުމުން ކަރަންޓީނަކާ ނުލައި އެމީހުންނަށްވެސް އެތެރެވެވެއެވެ. އަދި ސްޓޭޑިއަމަށް ވަނުމުގެ އިޒުނަވެސް ލިބެއެވެ.

ޔުއޭފާއިން މިހާރު ބުނަނީ މިކަހަލަ ލުއިތަކެއް އިނގިރޭސިވިލާތުން ނުދެންޏާ ވެމްބްލީ ސްޓޭޑިއަމުގެ ބަދަލުގައި ސެމީފައިނަލާއި ފައިނަލް ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅޭގޮތަށް ހަމަޖައްސަން ޖެހިދާނެ ކަމުގައެވެ. ޔުއޭފާގެ މި އިންޒާރާ ގުޅިގެން އިނގިރޭސި ސަރުކާރާއި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއި ލަންޑަނުގެ ސިޓީ ކައުންސިލަރުން އެއްތަންވެ މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

އިނގިރޭސި ވިލާތަކީ މިވަގުތު ޔޫރަޕުގައިވެސް ކޮވިޑާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އެއް ގައުމެވެ. ޔޫރޯގެ ފުރަތަމަ ބުރުގައި އިންގްލެންޑު ކުޅޭ ހުރިހާ މެޗުތަކެއް ވެމްބްލީގައި ކުޅެވޭއިރު ސްޓޭޑިއަމުގެ ކެޕޭސިޓީއަށްވުރެ 20 އިންސައްތަ އިތުރު ނުކުރަން ކުރީއްސުރެ ވަނީ ނިންމާފައެވެ. އެގޮތުން އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ބެލުމަށް ވައްދާފައިވަނީ ސޯޅަހާސް މީހުންނެވެ. އެކަމަކު އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ފެނިފައި އިނގިރޭސި ސަރުކާރުން ފަހުން ބުނެފައިވަނީ ވެމްބްލީގެ ކެޕޭސިޓީއަކީ 90 ހާސް މީހުންކަމަށްވާތީ އެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބަޔަށް ސެމީފައިނަލާއި ފައިނަލަށް މީހުން ވައްދަން ރުހިދާނޭ ކަމުގައެވެ. އޭގެ މާނަޔަކީ އެ ތިން މެޗަށްވެސް 45 ހާސް މީހުން ސްޓޭޑިއަށް ވެއްދުމެވެ.

ވެމްބްލީ ސްޓޭޑިއަމަށް ވަދެވޭ މީހުންގެ އަދަދު އިތުރުކުރަން އިނގިރޭސި ސަރުކާރުން އެއްބަސްވިޔަސް ޔުއޭފާއިން ދައުވަތުދޭ އޮފިޝަލުންނާއި ވީއައިޕީންނަށް ކަރަންޓީނު ވުމަކާނުލައި ސްޓޭޑިއަމާ ހަމަޔަށް ވާސިލްވެވޭނޭ ގޮތެއް އިނގިރޭސިވިލާތުން ހަމަޖައްސައި ނުދިނުމުން ޔުއޭފާއިން ވަނީ އިއްޔެ ދިގު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިނގިރޭސި ސަރުކާރުން އަޅާގޮތަށް، ޔުއޭފާގެ ސްޕޮންސަރުންނާއި އޮފިޝަލުންނާއި އެހީތެރިންގެ ލުއިފަސޭހަތައް ކަށަވަރުކޮށް މުބާރާތުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދިއުމަކީ ޔުއޭފާގެ ޒިންމާއެއް ކަމުގައެވެ. އެހެންވީމާ މެޗުތައް އެހެން ތަނެއްގައި ކުޅޭ ގޮތަށް ހަމަޖެއްސުމުގެ ފުރިހަމަ އިޚުތިޔާރު ޔުއޭފާއަށް ލިބިގެންވާ ކަމުގައެވެ.

އިނގިރޭސިވިލާތުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ދަށުން ރީނދޫ ލިސްޓާއި ރަތް ލިސްޓުގައިވާ ގައުމުތަކުގެ މީހުން އިނގިރޭސިވިލާތަށް އެތެރެވަންޏާ ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ. ޔޫރޯގައި މިފަހަރު ކުޅޭ 24 ގައުމުގެ ތެރެއިން ތުރުކީ ފިޔަވައި އެހެން ހުރިހާ ގައުމެއް ހިމެނެނީ އިނގިރޭސިވިލާތުން ހަދާފައިވާ ރީނދޫ ލިސްޓުގައެވެ. ތުރުކީ އޮތީ ރަތް ލިސްޓުގައެވެ.

އެހެންވީމާ މީން ކޮންމެ ގައުމެއްގެ ބަޔަކު ލަންޑަނަށް އެތެރެވިޔަސް ދިހަ ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހެއެވެ. މިއީ ޔުއޭފާއިން މިހާރު އެދޭގޮތެއް ނޫނެވެ. މި އުސޫލު ބަދަލުކުރަން އެންމެ ބޮޑަށް ބާރު އަޅަނީ ސްޕޮންސަރުންނެވެ. ސްޕޮންސަރ ކުރާ ކުންފުނިތަކުގެ ވެރިން ބޭނުންވަނީ ހަމައެކަނި މެޗު ބަލާކަށެއް ނޫނެވެ. ޕްރެކްޓިސް ސެޝަންތައް ވެސް ބަލައި މުޅި ރަށުރެރޭގައި އެނބުރެން އެމީހުން ބޭނުންވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

އަދުރޭގެ އަދުގެ ސައިޒް: އެހެން މެންބަރުންނަށް އިންޒާރެއް

03 ފެބުރުއަރީ 2025
އިޒްރޭލުގެ ޤަތުލުޢާންމަށް 1 މަސް... އިންސާނިއްޔަތަށް އިންޒާރެއް!

އިޒްރޭލުގެ ޤަތުލުޢާންމަށް 1 މަސް... އިންސާނިއްޔަތަށް އިންޒާރެއް!

07 ނޮވެމްބަރު 2023
އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

12 ސެޕްޓެމްބަރު 2022
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު