Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކުގެ ކުރިމަތިލުން

18 ޖޫން 2021 | ހުކުރު 10:16

ޗެކް ރިޕަބްލިކް ވަނީ 2-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖޫން 2021 | ހުކުރު 10:16
ޗެކް ރިޕަބްލިކް މެޗުގެ ކުރިން ކްރޮއޭޝިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޗެކް ރިޕަބްލިކް މެޗުގެ ކުރިން ކްރޮއޭޝިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ހުކުރު ދުވަހުގެރޭ ބައްދަލުކުރާއިރު, މި މެޗަކީ ކްރޮއޭޝިއާއަށް މަރުގެ މެޗެކޭވެސް ބުނެވިދާނެއެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިވެފައިވާއިރު، ޗެކް ރިޕަބްލިކް ވަނީ 2-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިކޮށްފައެވެ.

އެހެންކަމުން މުބާރާތުގައި ކުރިއަށްދާން ކްރޮއޭޝިއާއަށް މި މެޗު މުހިންމެވެ. އަދި މި މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޗެކް ރިޕަބްލިކަށް އެބައޮތެވެ.

މި މެޗުގެ ކުރިން ކްރޮއޭޝިއާގެ ކޯޗު ޒެލާޓްކޯ ޑަލިކް ބުނީ މި މެޗަށް ނުކުންނައިރު ޗެކް ރިޕަބްލިކަށް ޕްރެޝަރެއް ނޯންނާނެ ކަމަށާއި، އެކަމަކު ކްރޮއޭޝިއާއަށް އޮތް ޕްރެޝަރު ބޮޑު ކަމަށެވެ. އަދި މި މެޗަކީ މޮޅުވާން މަޖުބޫރު މެޗެއްކަން ފާހަގަކުރަމުން ޑަލިކް ބުނީ މެޗުން މޮޅުވެ މުބާރާތުގައި ކުރިއަށް ދިޔުމަށް މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.

ޗެކް ރިޕަބްލިކުގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ މި މެޗުގައި ޗެކް ރިޕަބްލިކުގެ ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެނިދާނެ ކަމަށެވެ. އަދި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުމަށް އޭނާގެ ޓީމު އޮތީ ތައްޔާރަށް ކަމަށާއި، މެޗަށް ނުކުންނާނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ޝިލްހަވީ އިތުރަށް ބުނީ ކްރޮއޭޝިއާއަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި، އެ ޓީމުން ކުޅެމުން އަންނަ ސްޓައިލަކީ ޗެކް ރިޕަބްލިކަށް އުނދަގޫވާނެ ސްޓައިލެއް ކަމަށެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިން ކްރޮއޭޝިއާގައި ތިބުމަކީ އެ ޓީމަށް އޮތް ފައިދާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ޑީ ގެ އެނަލިސްޓް މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން މުޙައްމަދު ނަޖީލު (ނަޖީ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް