Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ސްވިޑެން އާއި ސްލޮވާކިއާގެ ކުރިމަތިލުން

18 ޖޫން 2021 | ހުކުރު 09:56

ސްލޮވާކިއާ ވަނީ ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 18 ޖޫން 2021 | ހުކުރު 09:56
ސްވިޑެން މެޗުގެ ކުރިން ސްލޮވާކިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްވިޑެން މެޗުގެ ކުރިން ސްލޮވާކިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް އީ ގައި ހުކުރު ދުވަހުގެ ހަވީރު ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރާނެއެވެ. މިއީ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ފަސް ފަހަރު މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، ތިން މެޗުން ސްވިޑެން ވަނީ މޮޅުވެފައެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން އެންމެ ފަހުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޅުނު މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔޫރޯގައި ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރާއިރު، ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ ވަނީ ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ސްވިޑެން އާއި ސްޕެއިން ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ނުޖެހިއެވެ.

މި މެޗާ ކުރިމަތިލާއިރު ސްވިޑެންއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު ޑެޔާން ކުލުސެވްސްކީ އާއި މަޓިއަސް ސްވަންބާގް ކޮވިޑުން ރަނގަޅުވެ ޓީމާ ގުޅިފައިވުމެވެ.

ސްލޮވާކިއާ މެޗުގެ ކުރިން ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަން ބުނީ ސްޕެއިން ކުޅުނު ފަދައިން ސްލޮވާކިއާއިން ކުރިއަށް ޖެހިގެން ކުޅޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އެހެން ކަމުން މި މެޗުގައި ކުރިއަށް އަރައި ލަނޑުޖެހުމުގެ ފުރުސަތު ތަނަވަސްކުރަން ސްވިޑެންއަށް ފަސޭހަވާނެ ކަމަށެވެ. އަދި މި މެޗުގައި ބޮޑަށް ވިސްނާނީ މެޗުގެ ކޮންޓްރޯލް ނަގައި އަވަހަށް ލަނޑެއް ޖެހުމަށް ކަމަށާއި، އަދި މި މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް ބުނީ ސްވިޑެންއަކީ މި މުބާރާތަށް އައު ޓީމެއް ނޫން ކަމަށެވެ. އަދި މި މެޗުގައި ސްލޮވާކިއާއިން ކުޅެން ޖެހޭނީ ވިސްނުންތެރިކަމާއެކުގައި ކަމަށާއި، އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ސްލޮވާކިއާއިން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ޓާކޮވިޗް އިތުރަށް ބުނީ މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔުން އެއީ ޓީމުގެ އަމާޒު ކަމަށާއި، އަދި އެކަން ކުރުމަށް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން 17:00 ގައި މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އީ ގެ އެނަލިސްޓް އިމާދު ލަތީފެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އެނަލިސްޓް ޓީމުގައި ހިމެނޭ މުޙައްމަދު ޝިޔާޒް (މޯހަން) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސްވިޑެން އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 18:00 ގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް