Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ މުބާރާތުގެ ސްޕޮންސަރުން ބިރުގަތުން

ރޮނާލްޑޯ އާއި ޕޮގްބާގެ ސަބަބުން ސްޕޮންސަރުންނަށް ބޮޑު ގެއްލުމެއް

17 ޖޫން 2021 | ބުރާސްފަތި 08:56

ކޮކާކޯލާ ކުންފުންޏަށް މަދުވެގެން 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައި

| 17 ޖޫން 2021 | ބުރާސްފަތި 08:56
ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ހައިނެކެން ކުންފުނީގެ އުފެއްދުމެއް ކެމެރާ ކުރިމަތިން ދުރަށް ޖައްސަނީ

ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ހައިނެކެން ކުންފުނީގެ އުފެއްދުމެއް ކެމެރާ ކުރިމަތިން ދުރަށް ޖައްސަނީ

މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕޮންސަރ ކުރާ ބައެއް ބްރޭންޑްތަކަށް މުބާރާތުގައި ކުޅޭ ނަން މަޝްހޫރު ބައެއް ކުޅުންތެރިންގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެންމެ ފުރަތަމަ މައްސަލަ ދިމާވީ ކޮކާކޯލާއަށެވެ. ޕްރެސް ކޮންފަރެންސެއްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޭޒުމަތީގައި ބަހައްޓާފައިހުރި ކޯކް ފުޅިތައް ދުރުކޮށް ފެންފުޅިއެއް ދައްކައި ސިއްހަތަށް ފައިދާހުރީ ފެނުން ކަމަށް ބުނެފައެވެ. އޭގެ ދެ ދުވަހެއް ފަހުން ފްރާންސްގެ ތަރި ޕޯލް ޕޮގްބާ ވަނީ ހަމަ އެޒާތުގެ ޕްރެސް ކޮންފަރެންސެއްގައި ހައިނެކެން ބިއަރު ދުރަށް ޖައްސައި ފޮރުވައިފައެވެ.

ރޮނާލްޑޯ އާއި ޕޮގްބާއަކީ އާދައިގެ ބައެއް ނޫނެވެ. އެ މީހުން ފޮލޯކުރާ އެތައް މިލިޔަން ބަޔަކު ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެއެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ހަންގޭރީ ކޮޅަށް ދެ ގޯލް ޖަހައި ރޮނާލްޑޯ ވަނީ ޔޫރޯގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ކަމުގައި ވެފައެވެ.

ފްރާންސް މި މުބާރާތުގައި ޖާރމަނީއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ޕޮގްބާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފައެވެ. މިވަރުގެ ބޮޑެތި ތަރީން މުބާރާތުގެ ރަސްމީ ސްޕޮންސަރުންގެ އުފެއްދުންތައް ބައިކޯޓު ކުރީމާ ސްޕޮންސަރުންނަށް ނުހަނު ބޮޑެތި މާލީ ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ. ބައިކޯޓުކުރުމޭ ދިވެހިބަހުން ކިޔަނީ އިނގިރޭސި ބަހުން އެކިޔާ ބޯއިކަޓް ކުރުމަށެވެ.

ރޮނާލްޑޯ ކަންތައް ކުރިގޮތުން ކޮކާކޯލާ ކުންފުންޏަށް މަދުވެގެން 4 ބިލިޔަން ޑޮލަރުގެ ގެއްލުން މިހާތަނަށް ލިބިއްޖެ ކަމަށް ބުނެވެއެވެ. މިއީ ޔޫރޯ މުބާރާތް ސްޕޮންސަރކޮށް ކުންފުނި އިޝްތިހާރު ކުރުމަށްޓަކައި ކޮކާކޯލާއިން ކުރި ހޭދައިގެ ސަތޭކަ ގުނަޔަށްވުރެވެސް މަތީ މިންވަރެކެވެ. ބޮޑު އަދަދެއް ހޭދަކޮށްފައި މުބާރާތް ސްޕޮންސަރ ކުރީމާ މުބާރާތުގެ ތަރީން މިގޮތަށް ހިންގާ ހަރަކާތްތަކުން ސްޕޮންސަރުންނަށް ހިމަނައި ކޮޅުން ނުލާވަރުގެ ބޮޑެތި ގެއްލުން ކުރިމަތިވަންޏާ އެވަރަކުން މުބާރާތް ސްޕޮންސަރ ކުރުމުގެ މަންފާޔަކީ ކޮބައިކަމުގެ ސުވާލު މިހާރު ވަނީ އުފެދިފައެވެ.

ގަވާއިދުތައް ހެދިފައިވާ ގޮތް ވަރަށް ބޮޑަށް އިސްލާހުކޮށްގެން މެނުވީ ކުރިމަގުގައި ކޮކާކޯލާ ކަހަލަ ކުންފުނިތަކުން އެއްވެސް މުބާރާތެއް ސްޕޮންސަރ ނުކޮށްފާނެ ކަމުގެ ބިރުވެރިކަންވެސް މިހާރު ވަނީ އުފެދިފައެވެ.

ކޮކާކޯލާއަކީ ޔޫރޯގެ އެންމެ ބޮޑު އެއް ސްޕޮންސަރު ކަމަށްވާތީ ސްޕޮންސަރޝިޕް އަނބުރާ ގެންގޮސްފާނެ ކަމުގެ ބިރަށްޓަކައި މުބާރާތް އިންތިޒާމުކުރާ ޔުއޭފާއިން ވަނީ ކޮކާކޯލާގެ ދިފާއުގައި ވަރަށް ދިގު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޔުއޭފާއިން ބުނެފައިވަނީ ކޮކާކޯލާއިން އުފައްދަނީ ހަމައެކަނި ކޯކް ނޫން ކަމަށާއި ކުޅުންތެރިންގެ ސިއްހަތަށް ފައިދާކުރަނިވި މޭވާ ޖޫހާއި ފެންވެސް ކޮކާކޯލާ ކުންފުނިން އުފައްދާ ކަމުގައެވެ.

އެހެންވީމާ ކޮކާކޯލާ ކުންފުނީގެ ރަހަތަކަކީ ތަފާތު މީހުންނަށްވެސް އޭގެ މަންފާކުރަނިވި މޮޅު އުފެއްދުންތަކެއް ކަމަށް ބުނެފައިވެއެވެ. ސީދާ ކޮކާކޯލާ ކުންފުނިންވެސް ވަނީ މިކަމާމެދު ވާހަކަ ދައްކައިފައެވެ. އެ ކުންފުނިން ބުނެފައިވަނީ އެމީހުން އުފައްދަނީ ހަމައެކަނި ފިޒީ ބުއިންތަކެއް ނޫންކަމަށާއި ސިއްހަތާ ދޯޅު ބުއިންތައްވެސް އުފައްދާ ކަމުގައެވެ. މިހެން ބުނެފައި ދެން ދައްކަނީ ޔުއޭފާއިން ނެރުނު ބަޔާނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމެއް ނުގެނެއެވެ. އަދި އޭނާ ހިންގި ހަރަކާތުގެ ވާހަކައެއްވެސް ސީދާގޮތެއްގައި ނުގެނެއެވެ.

ކޮކާކޯލާ ފަދައިން ހައިނެކެން އަކީވެސް ޔޫރޯ މުބާރާތުގެ މުހިއްމު ސްޕޮންސަރެކެވެ. ޕޯލް ޕޮގްބާގެ ހަރަކާތުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު އަދި ލިބެމުންދާ މާލީ ގެއްލުންތަކުގެ ތަފްސީލު އަދި އޮތީ ސާފުނުވެއެވެ. ހައިނެކެންއަކީ ހޮލެންޑުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެމީހުންގެ އެންމެ މަޝްހޫރު އުފެއްދުމަކީ ހައިނެކެން ބިއަރެވެ. އެއީ ފަސް ޕަސަންޓް އެލްކޮހޯލް ހިމެނޭ ބުއިމެކެވެ.

ތަންކޮޅެއް ފަހުން އެެއްވެސް މިންވަރެއްގެ އެލްކޮހޯލް ނުހިމެނޭ މުޅިން ހަލާލު ބިއަރެއްވެސް ހައިނެކެން ކުންފުނިން ވަނީ އުފައްދަން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި ފްރާންސްގެ ޓީމު ބައިވެރިވި ޕްރެސް ކޮންފަރެންސުގައި ޕޯލް ޕޮގްބާ އެއްކައިރިކޮށް ފޮރުވި ހައިނެކެން ބިއަރަކީ އެލްކޮހޯލް ނުހިމެނޭ ވައްތަރުގެ ބިއަރެކެވެ. މީގެ ދުވަސްކޮޅެއް ކުރިންވެސް ޕޮގްބާ ވަނީ ބިއަރާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ. ދުވަހަކުވެސް ބިއަރު ނުބޯ ކަމަށާއި ނުވެސް ބޯނެ ކަމަށް އޭނާ ވަނީ އިއުލާންކޮށްފައެވެ. ޕޯލް ޕޮގްބާއަކީ އިސްލާމެކެވެ. އެހެންވީމާ އެލްކޮހޯލް ހިމެނޭ އެންމެހައި ބުއިންތައް އޭނާއަށް ހަރާންވެސް ވާނެއެވެ.

ޕޮގްބާގެ ހަރަކާތާ ގުޅިގެން ސީއެންއެން އިން ސުވާލު ކުރުމުން ހައިނެކެން ކުންފުނިން ދީފައިވަނީ ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ. އެ ކުންފުނިން ބުނެފައިވަނީ އެމީހަކު ބޯނެ އެއްޗަކާއި ނުބޯނެ އެއްޗެއް ކަނޑައެޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށާއި އެ މިނިވަންކަމަށް ހައިނެކެން ކުންފުނިން އިހުތިރާމް ކުރާނޭ ކަމުގައެވެ.

ކުންފުނިން އެހެން ބުނިކަމަށްވިޔަސް ޔުއޭފާއިން މި ހާދިސާއާމެދު ވަކި އެއްޗެއް އަދި ނުބުނެއެވެ. އެމީހުން މިހާރު ވިސްނަމުންދަނީ ރޮނާލްޑޯ އާއި ޕޮގްބާ އަމަލުކުރި ގޮތަށް އެހެން ބައެއް ކުޅުންތެރިންވެސް އަމަލުކޮށްފާނެތީ އެކަން އެހެން ވިޔަ ނުދިނުމަށް އައު ފިޔަވަޅުތަކެެއް ތައާރަފު ކުރުމަށެވެ. ސްޕޮންސަރުންގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ޕްރެސް ކޮންފަރެންސްގެ މޭޒުމަތީގައި ބެހެއްޓުން ލާޒިމު ކުރިއަސް ކުޅުންތެރިޔަކު އޭގެ ބްރޭންޑެއް ކެމެރާއަށް ފޮރުވައިފިއްޔާ ދެން ކުރާނޭ ކަމެއްގެ ވާހަކަ ލިޔެފައެއް ނޯވެއެވެ. އެެއީ މިޒާތުގެ ކަމެއް މިހާތަނަށް ހިނގާފައި ނެތުމުންނެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް