Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ތުރުކީ ބަލިކޮށް ވޭލްސް ދެވަނަ ބުރާ ގާތަށް

16 ޖޫން 2021 | ބުދަ 18:22

ތުރުކީ މިހާތަނަށް ޔޫރޯގައި މެޗަކުން މޮޅުވެފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖޫން 2021 | ބުދަ 18:22
ތުރުކީ އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވޭލްސް މޮޅުވީ 2-0 ން

ތުރުކީ އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވޭލްސް މޮޅުވީ 2-0 ން

ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ކުޅުނު ދެވަނަ މެޗުގައި ތުރުކީ ބަލިކޮށް ދެވަނަ ބުރާ ގާތަށް ވޭލްސް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެރޭ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ވޭލްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްއިން މޮޅު އެޓޭކިން ގޭމެއް ކުޅުނުއިރު، މެޗުގެ ހަވަނަ މިނެޓުގައި ވޭލްސްގެ ފޯވާޑް އާރޮން ރާމްސޭއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތުރުކީގެ ގޯލްކީޕަރު އޫރްޖަން ޗަކިރެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައިވެސް ރާމްސޭއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ 42 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ބޭލްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ހާފުގައި މޮޅު ކުޅުމެއް ދެއްކި ރާމްސޭއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ވޭލްސްއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުއިރު، މެޗުގެ 61 ވަނަ މިނެޓުގައި ވޭލްސްގެ ކެޕްޓަން ބޭލް ފޮނުވާލި ޕެނަލްޓީއެއް ވަނީ ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައެވެ. އަދި އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައިވެސް ބޭލަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި ވޭލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ބޭލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮނާ ރޮބާޓްސްއެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވޭލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އިޓަލީ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. ސްވިޓްޒަލެންޑް ބަލިކޮށް އިޓަލީއަށް ގްރޫޕުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތްއިރު، ވޭލްސް އަތުން ބަލިވި ތުރުކީ މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯވޭލްސްތުރުކީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް