Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޓޭޑިއަމް ފުރެންދެން މީހުން ވެއްދުން

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

16 ޖޫން 2021 | ބުދަ 11:09

ބޭރުން އަންނަ މީހުންނަށްވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު މެޗު ބަލަން ސްޓޭޑިއަމަށް ވަދެވޭނެ

| 16 ޖޫން 2021 | ބުދަ 11:09
ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާ ފުރެންދެން ޔޫރޯ ބަލަން ސަޕޯޓަރުން ވަނީ ވައްދާފައި

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާ ފުރެންދެން ޔޫރޯ ބަލަން ސަޕޯޓަރުން ވަނީ ވައްދާފައި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި އިއްޔެ ހަންގޭރީ އާއި ޕޯޗުގަލް ކުޅުނު މެޗު ބަލަން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކާސް އެރީނާއަށް 61 ހާސް މީހުން ވަދެ ތިއްބެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑުގެ ނާމާން ވިލާގަޑުގެ ތެރޭގައި އެއްތާކަށް ޖަމާވެގެން ތިބި މަންޒަރު ފެނިފައި ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. ޕުސްކާސް އެރީނާގެ ފުލް ކެޕޭސިޓީގައި ސަޕޯޓަރުން ވެއްދުމަށް ހަންގޭރީގެ ސަރުކާރުން ނިންމީ ކީއްވެގެން ބާވައެވެ.

މިފަހަރުގެ ޔޫރޯގެ މެޗުތައް ޔޫރަޕުގެ ތަފާތު އެގާރަ ސްޓޭޑިއަމެއްގައި ކުޅެވޭއިރު ބުޑަޕެސްޓުގެ ޕުސްކާސް އެރީނާ ނޫން އެހެން ތަނަކަށް އަދި މިހާތަނަށް ސްޓޭޑިއަމް ފުރެންދެން މީހުން ވައްދާފައި ނުވެއެވެ. ގްރޫޕް ޑީގައި އިންގްލެންޑާއި ކްރޮއޭޝިޔާ ކުޅުނު މެޗު ބަލަން ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމަށް ވެއްދީވެސް ކެޕޭސިޓީގެ 25 އިންސައްތަ ސަޕޯޓަރުންނެވެ.

ހަންގޭރީގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ހަންގޭރީގެ ސަރުކާރުން ޕުސްކާސް އެރީނާގެ ހުރިހާ ދޮރޯށިތަކެއް ސަޕޯޓަރުންނަށް ހުޅުވައިލުމަށް ނިންމީ އެގައުމުގެ ރައްޔިތުންގެ ތެރެއިން ވަރަށް މަތީ ޕަސެންޓޭޖެއްގެ ބަޔަކު ވެކްސިން ޕްރޮގްރާމް ފުރިހަމަކޮށްފައިވާތީ އާއި ކޮވިޑުގެ ހާލަތުވެސް ބޮޑުތަނުން ރަގަޅުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ފެންނާތީއެވެ.

ހަންގޭރީގެ މުޅި އާބާދީ ކަމަށްވާ 9.8 މިލިޔަން މީހުންގެ ތެރެއިން 5.3 މިލިޔަން މީހުން ވަނީ ވެކްސިން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ހަންގޭރީގައި މައިގަޑުގޮތެއްގައި ޖަހާފައިވަނީ ރަޝިޔާގައި އުފައްދާ ސްޕަޓްނިކް ވެކްސިނާއި ޗައިނާގައި އުފައްދާ ސިނޯފާމް ވެކްސިނެވެ. ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮބާން ވިދާޅުވެފައިވަނީ ވެކްސިނަކީ ކޮވިޑުން ދިފާއުވުމުގެ ދަގަނޑު ދަހަނާ ކަމަށާއި ވެކްސިން ޖެހުމަށް ރައްޔިތުން އަވަސްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. ސަރުކާރުގެ މި އިލްތިމާސަށް ރައްޔިތުން ތަބާވެ ވެކްސިން ޕްރޮގްރާމް ފުރިހަމަ ކުރީމާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށުނު އިރު ހަންގޭރީގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެވެ.

މިގޮތުން ހަންގޭރީގެ ރައްޔިތުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް އެއްވުންތަކުގައި ބައިވެރިވުމުގެ ހުއްދަ ދިނުމާއި ރެސްޓޯރަންޓުތަކަށް ވަދެ ކައިބޮއި ހެދުމުގެ ހުއްދަ ދިނުމާއި ސިނަމާތަކާއި ތިއޭޓަރުތަކަށް ވަނުމުގެ ހުއްދަ ދިނުންފަދަ ކަންކަމެވެ. ހަންގޭރީގެ ރައްޔިތުންގެ ތެރެއިން ޔޫރޯގެ މެޗުތައް ބަލަން ޕުސްކާސް އެރީނާއަށް ވަންނަ ކޮންމެ މީހެއްގެ އަތުކުރީގައި ކޮވިޑް ފްރީކަން އަންގައިދޭ ބޭންޑެއް އެޅުން ލާޒިމެވެ. އެ ބޭންޑު ދޫކުރަނީ ސިއްހަތާއިބެހޭ އިދާރާއަކުންނެވެ. ގައުމުން ބޭރުގެ ސަޕޯޓަރުން މި ސްޓޭޑިއަމަށް ވައްދަނީ މެޗު ފެށުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކުގައެވެ.

ނިމިގެންދިޔަ ސީޒަނުގައިވެސް ކޮވިޑާހެދި ބައެއް ގައުމުތަކުގައި މެޗު ކުޅެވެން ނެތިގެން ޔޫރަޕިއަން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ވަރަށް ގިނަ މެޗުތައްވެސް ހަމަ މި ސްޓޭޑިއަމުގައި މި އުސޫލުގެ ދަށުން ވަނީ ކުޅެފައެވެ. ހަންގޭރީގައި މިފެނުނު މަންޒަރަކީ ކޮވިޑާ ދެކޮޅަށް ކާމިޔާބު ލިބުނު މަންޒަރަކަށްވާތީ ހަންގޭރީއަށް ވެކްސިން ސަޕްލައި ކުރި ގައުމުތަކުން ވަނީ މިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޗައިނާއިން މިކަން ނަގާފައިވަނީ ޗައިނާގެ ވެކްސިނަށް ލިބުނު ވަރަށްވެސް ފުރިހަމަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް