Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - އިޓަލީ އާއި ސްވިޓްޒަލެންޑުގެ ކުރިމަތިލުން

ތުރުކީ އަތުން އިޓަލީ ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 16 ޖޫން 2021 | ބުދަ 10:34
ސްވިޓްޒަލެންޑް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްވިޓްޒަލެންޑް މެޗުގެ ކުރިން އިޓަލީން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ބުދަ ދުވަހުގެރޭ ދަންވަރު ބައްދަލުކުރާނީ އިޓަލީ އާއި ސްވިޓްޒަލެންޑެވެ. މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ އިޓަލީއަށް މި މެޗުން މޮޅުވެ ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ތުރުކީ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާތީއެވެ. އެކަމަކު ސްވިޓްޒަލެންޑަށް މި މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. އެއީ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުން ވޭލްސްއާ 1-1 ގެ ނަތީޖާއަކުން އެ ޓީމު އެއްވަރުވެފައިވާތީއެވެ.

ސްވިޓްޒަލެންޑް މެޗުގެ ކުރިން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އޭނާގެ ޓީމާ މެދު އިތުބާރު އެބައޮތް ކަމަށާއި، މި މެޗަށް ނުކުންނައިރު ތުރުކީ މެޗުން މޮޅުވެފައި އޮތުން އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެކަމަކު ސްވިޓްޒެލެންޑާ އަޅާބަލާއިރު އޭނާގެ ޓީމަށް އޮތް ޕްރެޝަރު ކުޑަ ނޫން ކަމަށާއި، މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތުންވެސް އެއީ ބޮޑު ޕްރެޝަރެއް ކަމަށް ވަނީ ބުނެފައެވެ. އަދި މި މެޗުގައި ވީހާވެސް ކުރިން ލަނޑު ޖެހުން މުހިންމު ކަމަށާއި، އެ ނޫން ގޮތަކަށް އެޓޭކިން ގޭމެއް ކުޅެން އިޓަލީއަށް ފުރުސަތު ނުލިބޭނެ ކަމަށްވެސް މަންޗިނީ ވަނީ ބުނެފައެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑެމިއާ ޕެޓްކޮވިޗް ބުނީ މިއީ ތިން ޕޮއިންޓް ހޯދަން މަޖުބޫރު މެޗެއް ކަމަށެވެ. އަދި އަމިއްލަ ބާރާއެކު ދެވަނަ ބުރަށް ދަތުރުކުރަން ސްވިޓްޒަލެންޑުން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ. ޕެޓްކޮވިޗް އިތުރަށް ބުނީ އިޓަލީއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެހެންކަމުން މި މެޗުގައި ސްވިޓްޒަލެންޑަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އޭ ގެ އެނަލިސްޓް އިސްމާޢީލް ޒަރިޔަންދެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު މުޖުތަބާ (ފެސްކޯ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިޓަލީ އާއި ސްވިޓްޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭގެ ދަންވަރު ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020އިޓަލީސްވިޓްޒަލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު