Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ

ޓީޗަރުންނާއި ނަރުހުންގެ މުސާރައިގެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހެޅި އެކަން ބަލަމުން ދަނީ - ނާސިހު

ރަސްމީ ސިފައެއްގައި ޝަކުވާ އައުމުން މަސައްކަތް ކުރަމުން ދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ޖޫން 2021 | ބުދަ 08:28
މުހައްމަދު ނާސިހު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް / ފަށާއިރު ޕްރޮގްރާމަށް ދިން އިންޓަރވިއު

މުހައްމަދު ނާސިހު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް / ފަށާއިރު ޕްރޮގްރާމަށް ދިން އިންޓަރވިއު

ޓީޗަރުންނާއި ނަރުހުންގެ މުސާރައިގެ މައްސަލަ ރަސްމީ ސިފައެއްގައި ހުށަހެޅި އެކަން ބަލަމުންދާ ކަަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާސިހު ވިދާޅުވީ، ޓީޗަރުންނާއި ނަރުހުންގެ މުސާރައިގެ ކުރިއެރުންދީ، ޗިޓް ހަވާލު ކުރުމަށްފަހު، އެއާ އެއް ގޮތަށް މުސާރަ ނުދޭ މައްސަލަ ރަސްމީ ސިފައެއްގައި ކޮމިޝަނަށް ހުށަހެޅުނީ މިހަފްތާ ތެރޭގައި ކަމަށެވެ. އެއާއެކު އެކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ނާސިހު ވިދާޅުވިއެވެ. ނާސިހު ވިދާޅުވި، ޓީޗަރުންނާއި ނަރުހުންގެ ޝަކުވާތައް ކޮމިޝަނަށް ލިބުނު ނަމަވެސް ރަސްމީ ސިފައެއްގައި އެ ޝަކުވާތައް ނާންނާތީވެ، އެކަން ނުބެލިފައި އޮތީ ކަމަށެވެ.

ތައުލީމީ ފެންވަރާއި، ވަޒީފާގެ ތަޖުރިބާއަށް ބަލައި، އެޕްރައިޒަލް ހެދުމަށްފަހު މުސާރައިގެ ކުރިއެރުން ދޭންޖެހޭ ޓީޗަރުންނާއި ނަރުހުންނަށް މުސާރައިގެ ކުރިއެރުންދީ ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ޗިޓް ހަވާލުކޮށްފައެވެ. އެހެން ނަމަވެސް އެ ޗިޓާ އެއްގޮތަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާ އެފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ނާސިހު ވިދާޅުވީ، އެ ޗިޓާ އެއްގޮތަށް މުސާރަ ނުދެވެނީ، ކޮވިޑްގެ މިހާލަތުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އުންމީދަކީ، ޗިޓާ އެއްގޮތަށް އަވަސް މުސްތަގްބަލެއްގައި މުސާރަ ހަަމަޖެހިގެން ދިޔުން ކަމަށެވެ. އެކަން ބައްލަވާނެ ކަމަށް ނާސިހު ވިދާޅުވިއެވެ.

އިދާރީ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލައާ ގުޅިގެން ނާސިހު ވިދާޅުވީ، އެ މުވައްޒަފުންގެ ވެސް އެޕްރައިޒަލް ހަދާ ކަމަށާއި، މަގާމުގެ ކުރިއެރުން ދިނުމުގެ އުސޫލެއް ނޯންނަ ކަމަށެވެ. އެހެން ނަމަވެސް އެ މުވައްޒަފުންނަށް މުސާރަ އާއި ވަޒީފާގެ ކުރިއެރުން ދިނުމަށް އޮނިގަނޑެއް އެކުލަވާލައި ޕޭ ކޮމިޝަނަސް މިހާރު ފޮނުވާފައިވާކަމަށެވެ. މުސާރައިގެ ކުރިއެރުން ލިބޭނީ، ޕޭ ކޮމިޝަނުން އެއަށް ގޮތެއް ނިންމުމުން ކަމަށް ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ، ކޮންމެ މުވައްޒަފަކީ މުހިއްމު މަސައްކަތެއްކުރާ މީހެއް ކަމަށާއި، ވަޒީފާގައި ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ލިބެން ޖެހޭ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. ދިވެހި ސިވިލް ސާވިސް މުވައްޒަފުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެންމެ ފަހުން ބޮޑުކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. އެފަހަރު ޓެކްނިކަލް ކޯ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 28 އިންސައްތަ ކުރިއެރުމެއް ދީފައިވެއެވެ.

ސިވިލް ސާވަންޓުންގެ ގޮތުގައި 25،000 އެއްހާ މީހުން މަސައްކަތް ކުރަމުން އަންނަ އިރު، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބެނީ އެމީހުންނަށެވެ.

ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސިވިލް ސަވިރސް ކޮމިޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަން ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު