Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާލެސިޓީ ޑެޕިއުޓީ މޭޔަރ ހޮވުން

ޕީޕީއެމް މެމްބަރުން ބުނަނީ ޔާމީނަކީ ހަޤީޤީ ލީޑަރެއް ނޫންކަމަށް

ޕީޕީއެމްގެ ލީޑަރޝިޕްގެ އެތެރޭގައި ބޮޑެތި ކޯޅުންތަކެއްވެސް ވަނީ އުފެދިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ޖޫން 2021 | އަންގާރަ 17:59
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން- ޕާޓީއަށް ވަފާތެރި މީހުން ވަކި ކުރައްވަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް މެމްބަރުން ދަނީ ބުނަމުން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން- ޕާޓީއަށް ވަފާތެރި މީހުން ވަކި ކުރައްވަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް މެމްބަރުން ދަނީ ބުނަމުން

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރެއްވި ބޭފުޅުންގެ މެދުގައި ޑެޕިޔުޓީ މޭޔަރުކަމުގެ ވާދަވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ގިނަ ގޮނޑިތަކެއް އިދިކޮޅުން ކާމިޔާބުކޮށްފައިވާއިރު، ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ގެނައުމަށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނާއި އިސްވެރިން ވަނީ މަސައްކަތް ފަށާފައެވެ. ސޯޝަލް މީޑިޔާގައި ޝުޖާޢުގެ ސަޕޯޓަރުން އެކަމަށް ކެމްޕެއިން ކުރަން ފަށާފައިވާއިރު، މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި، އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝްއަށް ވެސް ޕާޓީތެރެއިން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.

ޝުޖާޢުގެ ސަޕޯޓަރުން ބުނާގޮތުގައި އޭނާއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހާލުގައި ޖެހިވަޑައިގެންނެވި ދުވަހުވެސް، ރައީސް ޔާމީންގެ ދިފާއުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަމަށެވެ. އަދި މިހާރު ގޮނޑިތަކަށް އިންތިޚާބުވެފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޑެޕިއުޓީ މޭޔަރަށް ރަނގަޅީ ޝުޖާޢު ކަމަށް ބުނެ އަންނަނީ ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ނަރީޝް އޭރުގެ ސިޔާސީ މަސައްކަތްތަކުން ފެނިފައިވަނީ ނިސްބަތުން މަދުންކަން ޕާޓީގެ މެމްބަރުންވެސް ފާހަގަކުރެއެވެ. ޚާއްސަ ގޮތެއްގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހިންގި މަގުމަތީ ޙަރަކާތްތަކުގައި އެމަނިކުފާނަށް ވަފާތެރި މީހުންނާއި، ވަކި އެޖެންޑާއެއް ގެންގުޅެމުންދާ މީހުންނަކީ ކޮބައިކަން ސާފުވެފައިވާކަމަށް ބުނެ ޕީޕީއެމްގެ ވަޓްސްއަޕް ގްރޫޕުގައިވެސް ވަނީ ބޮޑެތި ބަހުސްތަކެއް ކޮށްފައެވެ. މި މައްސަލައިގައި ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ ގްރޫޕުން ނުކުމެވަޑައިގެންފައެވެ.

އޭގެ އިތުރުން، ރައީސް ޔާމީން ތާއީދު ކުރައްވަނީ ނަރީޝްއަށް ކަމަށްބުނެ ފޮނުއްވި މެސެޖެއް، ޕީޕީއެމްގެ އާންމު މެމްބަރުންނަށް ދައްކަމުން ގެންދާ މައްސަލައާ ގުޅޭގޮތުންވެސް ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިފައިވެއެވެ. އަދި ރައީސް ޔާމީނަކީ މީހަކު އެއްޗެއް ބުނާއިރަށް ޤަބޫލުފުޅު ކުރައްވައި، އެމަނިކުފާނަށް ވަފާތެރިވި މީހުން މަތިން ހަނދުމަފުޅު ނައްތަވާލައްވާފައިވާ ލީޑަރެއްކަމަށްވެސް އެ ޕާޓީގެ އާންމު މެމްބަރުން ގެންދަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް ރައީސް ޔާމީނަކީ ތެދުވެރި ވަފާތެރި ލީޑަރެއްނަމަ، އެމަނިކުފާނަށް ތެދުވެރިވެ ވަފާތެރިވި މީހުން ދޫނުކުރައްވާނެކަމަށް މެމްބަރުން ގެންދަނީ ބުނަމުންނެވެ.

އޭގެ އިތުރުން، ޕީޕީއެމްގެ ލީޑަރޝިޕްގެ އެތެރޭގައި ބޮޑެތި ކޯޅުންތަކެއްވެސް ވަނީ އުފެދިފައެވެ. ޚާއްސަކޮށް ޕާޓީގެ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމުގެ ކަންކަން ނެތްކަމަށް ބުނެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެކަން އެހެން ވަނީ ޕީޕީއެމްގެ ގުނަވަންތައް "ވާގިނައްތާލާފައި" ބޭއްވުމަށް ޕާޓީ ތެރެއިން ބަޔަކު މަސައްކަތް ކުރާތީކަމަށްވެސް އެ ޕާޓީގެ އިސް މެމްބަރަކު ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، އެންމެ ބޮޑަށް މަގުމަތީ ޙަރަކާތްތައް ހިންގުމުގައި އުޅުނު މީހުން އެއްފަރާތްކޮށް، ގޭގެ ފިނިކޮޓަރީގައި ޓީވީތަކުން އިހުތިޖާޖުކުރަން ފިލާތިބި ބަޔަކަށް މިއަދު ޕާޓީން އިސްކަން ދެމުން ގެންދާކަމަށްވެސް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް ޕާޓީގެ މެމްބަރުން ފާޅުކޮށްފައިވާ އެންމެ ބޮޑު އެއް ހިތްހަމަނުޖެހުމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ޙަޤީޤީ ސަޕޯޓަރުން އެނގިވަޑައިނުގަންނަވާ ކަމުގެ ޝަކުވާއެވެ. އެމަނިކުފާނަށް ވަފާތެރި މީހުން ދުރުކުރައްވައި، ވަކި ބަޔަކަށް އިސްކަންދެއްވަމުން ގެންދަވާ ކަމުގެ ޝަކުވާއެވެ. ރައީސް ޔާމީނަކީ ޙަޤީޤީ ލީޑަރެއްނަމަ، ޕާޓީއަށްޓަކައި ޤުރުބާންވީ މީހުންނާއި، އަމިއްލަ ވަކި އެޖެންޑާތަކެއް ގެންގުޅެމުންދާ މީހުން ވަކި ކުރައްވަން އެނގިވަޑައިގަންނަވާނެ ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުމެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމް-ޕީއެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު