Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔަވަޅުތަކަށް ލުއި ދިނުން

ކާފިއުގެ ވަގުތު ކުޑަކޮށް މިސްކިތްތައް ހުޅުވާލައި އެކަނި ކަސްރަތަށް ނުކުމެވޭ ގޮތަށް ލުއި ދީފި

ފަތިހު 4:00ން ހެނދުނު 8:00 އާ ދެމެދު ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ބޭރަށް ނުކުމެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖޫން 2021 | އަންގާރަ 13:44
ކާފިއުގެ ވަގުތު ފުލުހުންނާއި ސިފައިން މާލެ ސިޓީގައި ހަރަކާތްތެރިވަނީ،

ކާފިއުގެ ވަގުތު ފުލުހުންނާއި ސިފައިން މާލެ ސިޓީގައި ހަރަކާތްތެރިވަނީ،

މާލެސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު ކުޑަކޮށް މިސްކިތްތައް ހުޅުވާލައި އެކަނި ކަސްރަތަށް ނުކުމެވޭ ގޮތަށް ލުއިތައް ދީފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތަކީ ހަވީރު 4:00ން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00ށް ކަމަށެވެ. ނަމަވެސް ބުދަ ދުވަހުން ފެށިގެން ހަވީރު 4:00ން ފަތިހު 4:00ށް ކުރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފަތިހު 4:00ން ހެނދުނު 8:00 އާ ދެމެދު ޕާމިޓާ ނުލާ އެކަނި ކަސްރަތު ކުރުމަށް ބޭރަށް ނުކުމެވޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވިދާޅުވީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00ށް ޒަރޫރީ ބެނުންތަކަށް ބޭރުގައި އުޅެވޭނީ މިހާރު ވެސް އަމަލުކުރަމުންދާ ގޮތަށް ޕާމިޓާއެކު ކަމަށެވެ. އެގޮތުން ކެފޭ/ރެސްޓައުރެންޓްތަކުންނާއި ފިހަރާތަކުން ވެސް އަމަލުކުރަން ޖެހޭނީ މިހާރު އަމަލުކުރަމުންދާ އުސޫލަށް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

މާލެ ސިޓީގެ ހުރިހާ މިސްކިތްތަކެއް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތް ނުހެދުނު ނަމަވެސް, އެކަނި މިސްކިތްތަކުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ސެލޫން/ބޯކޮށާ ތަންތަނަށް ވަރަށް އަވަހަށް ގައިޑްލައިންއެއް އާއްމުކުރާނެ ކަމަށާއި، ވަރަށް އަވަހަށް ލުއި ދޭނެ ކަމަށެވެ. އެގޮތުން އެފަދަ ތަންތަން ހުޅުވުމަށް ހުއްދަ ދޭނީ, އެތަންތަނުން ޚިދުމަތް ދޭނެ ޕްލޭން ހުށަހަޅައި, ޚާއްސަ ގައިޑްލައިނެއްގެ ދަށުން އެޕޮއިންޓްމަންޓު އުސޫލުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕްލޭން ހުށަހެޅުމުން އެޗްއީއޯސީ/އެޗްޕީއޭގެ ފަރާތުން އެތަނަކަށް ގޮސް އިންސްޕެކްޓް ކުރާނެ ކަމަށެވެ.

ކޮންސްޓްރަކްޝަން މަސައްކަތަކަށް އަލިއަޅުވާލައި ޑރ. ނަޒްލާ ވިދާޅުވީ ގައިޑްލައިންއާ އެއްގޮތަށް އެމަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރުމަށް ހުއްދަ ދޫކުރަމުންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތުގައި އުޅޭ މީހުންނަކީ އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބެންޖެހޭ ބައެއް ނޫންކަން ވަޒީފާ ދޭ ފަރާތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި، މަސައްކަތް ކުރާ ސައިޓް ނޫން އެހެން ތަންތަނަށް ދިއުން މަނާ ވާނެ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ފިޔަވަޅުތަކަށް ލުއިތައް ދެމުންދަނީ ކޭސްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި މިފަހަރުގެ ހާލަތުން ކޮވިޑް ކޭސްތަކުގެ ހަގީގީ މަންޒަރު އަދި ސާފުވެފައި ނުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ކުރިއަށް އޮތް ދެހަފްތާއަށް ލުއި ދެވެން ނެތް ކަމަށާއި، ދެކުނު އޭޝިޔާގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮންމެވެސް ރެސްޓްރިކްޝަންތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް މާލޭގެ ހާލަތު އޮތް ގޮތުން ކުރިއަށް އޮތް ދެހަފްތާއަށް ލުއި ދެވެން ނެތް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ލުއި ދިނުންހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

23 އެޕްރީލު 2022

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން
23 ފެބުރުއަރީ 2022

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި
23 ފެބުރުއަރީ 2022

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ
23 ފެބުރުއަރީ 2022

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި
12 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު