Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލޭ 1000 ހައުސިންގ ޔުނިޓް

ކުރިއަށް އޮތް ދެ އަހަރު ހައުސިން ޔުނިޓްތަައް ނިމި މީހުންނަށް ވަދެވޭނެ- އަސްލަމް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކީ ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ޖޫން 2021 | އަންގާރަ 11:50
މުޙައްމަދު އަސްލަމް/ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

މުޙައްމަދު އަސްލަމް/ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިމި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މީހުންނަށް ވަދެވޭވަރު ވާނެ ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވިކަމުގެ ސިޔާސަތަށް ގެނައި ބަދަލާއެކު އަލަށް އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވާ މުއްދަތުގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން 9 ޓަވަރުގެ ތެރެއިން ފުރަތަމަ ޓަވަރުގެ 20 އިންސައްތަ މި އަހަރުގެ ނިޔަލަށް ނިމި، ދެން ހުރި ޓަވަރުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، 2 އަހަރުގެ ތެރޭގައި މީހުންނަށް އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.

ފޯމް ހުށަހެޅުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، ފޯމް ހުށަހެޅުން ލަސްކުރީ، ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅެންދެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަޝްރޫއު ފެށުމަށް ލަސްކަމެއް އައީ، އަސްލު ބިންގާ އަޅަން ބޭނުން ވުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދަނީ، ސައްތައިންސައްތަ ދިވެހި ކުންފުންޏަކުން ކަމަށާއި، މިއީ ސަރުކާރުން ލޯން އުސޫލެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ސަރުކާރުން ގެރެންޓީއެއްގެ ގޮތުގައި ދިނީ، ކައުންސިލް ހައުސިން އަދި މެދު ފަންތީގެ ހައުސިން މީހުން ގަންނާނެ ކަމުގެ ޔަގީންކަން ކަމަށާއި، އެ ޔަގީންގަމާއެކު މަޝްރޫއުގެ ކޮންޓްރެކްޓަރ އެޕޯލޯއިން މަސައްކަތް ކުރިއަށް ގެންދާނެ ކަމަުގެ ޔަގީންކަން އެބައޮތް ކަަމަށް ވިދާޅުވިއެވެ.

ކައުންސިލް ހައުސިން އަކީ ކުރިން ރާއްޖޭގައި ޕްރެކްޓިސް ކޮށްފައި އޮތް ކަމެއް ކަމަށާއި، އެހެން ކަމުން ބޯހިޔާވަހިކަމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލާއެކު ގިނަ ބަޔަކަށް ބޯހިޔާވަހިކަމަށް ފުރުސަތު ހުޅުވިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިހާރު އެކުލަވާލާފައިވަނީ، މުޖުތަމައުގެ މީހުންގެ ތަނަވަސްކަން ބެހިފައިވާ މިންވަރަށް ބަލައިގެންނެވެ. އެއް ތައްގަނޑަކަށް އޮންނަ ހައުސިންގ މަޝްރޫއުގެ ބަދަލުގައި، އެކި ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހައުސިން ކެޓެގަރީތައްވަނީ ބަހާލެވިފައެވެ. މި ސިޔާސަތުގެ ދަށުން ފަށާ ފުރަތަމަ މިކްސްޑް ހައުސިން މަޝްރޫއުގެ ދަށުން 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މިއީ އޭގެ ތެރޭގައި ހިމެނޭ 1000 ޔުނިޓެވެ.

މިނިސްޓަރ ވިދާޅުވީ، ބާކީ ހުރި 4000 ޔުނިޓްގެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއި ކުރެވިފައިވާއިރު، ލޯން އެގްރީމެންޓްގެ މަސައްކަތް ނިމުމާއެކު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު، ދިމާވާ ކަންކަމުގައި ހައްލު ހޯދައި ދިނުމަށް ސަރުކާރު އޮންނާނީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން، ސަރުކާރުން ހުޅުމާލޭގައި ދޫކޮށްފައި ހުރި 704 ހައުސިންގ ޔުނިޓާއި، އަތޮޅުތެރޭގައި ހުރި ހައުސިންގ ޔުނިޓް ތަކުގެ ކުރިއަށް އޮތް 3 މަހުގެ ފީ ދެއްކުން ލަސްކޮށް ދިނުމަށް އެޗްޑީސީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހުޅުމާލެހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމިނިސްޓްރީ އޮފް ހައުސިން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު