Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޝުނާންގެ ކުއްލި މަރު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ޝުނާން ގޮވާފައިވާ ބަންގީގެ އަޑަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖޫން 2021 | އާދީއްތަ 14:15
ޝުނާން ޝަރީފް،

ޝުނާން ޝަރީފް،

ޒުވާން ކުދިންކޮޅެކެވެ. ހަފްތާ ބަންދު ދުވަހަކަށް ވުމާއެކު ދަތުރު ދިޔައީ ދުވަހަކު ވެސް ހިތުން ނުފިލާވަރުގެ ހިތްދަތިކަމެއް ލިބޭނެ ކަމުގެ އުންމީދަކު ނޫނެއެވެ. އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގާނެކަމުގެ ކުޑަ ވެސް އިހުސާސެއް ކުރެވޭނަމަ ޔަގީނުން ވެސް އެދުވަހަކު ދަތުރެއް ނުދާނެއެވެ. ނަމަވެސް ކަންތައް ދިމާކުރީ އުންމީދު ކުރި ގޮތާ ހިލާފަށެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދިމާވި އެކްސިޑެންޓަކުން ޒުވާން އެކުވެރިޔާ ވިއްސައިގެން ގޮސް މޫދުގައި ޖަހާފައި ހުރި މުޑިއެއްގައި ޖެހި އުމުރަށް ވަކިވެގެންދިޔައީއެވެ. މިއެކްސިޑެންޓްގައި ނިޔާވެގެންދިޔައީ ހުނަރުން ފުރިފައިވާ ޒުވާނެކެވެ.

އެއީ ށ. ފުނަދޫ އަށް އުފަން 22 އަހަރުގެ ޝުނާން ޝަރީފެވެ. ޝުނާންގެ ކުއްލި ވަކިވުމާއެކު, ބަންގީގެ ރިވެތި ރާގާއި އެކުވެފައިވާ އެހިތްގައިމު އަޑު މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ. ގިނަބައެއްގެ ސަމާލުކަން އެއަޑާއި ހުނަރަށް ލިބިގެން ގޮސްފައިވާއިރު، އޭނާގެ އަޑުގެ ފުރިހަމަކަމާއި ލޯބިކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޝުނާނަކީ ކީރިތި ޤުރުއާނަށް ވެސް ފަރިތަ މޮޅު ޒުވާނެކެވެ. އެކިއެކި މުބާރާތްތަކުގައި ބައިވެރިވެފާއިވާއިރު، ބައެއް ހަފްލާތަކުގައި ޝުނާން ޤުރުއާން ކިޔަވައިފައިވެއެވެ. އަދި ޝުނާނަކީ ސްކޫލު ނިންމުމަށްފަހު ފުނަދޫގެ މިސްކިތްތަކުގައި ވެސް ބަންގި ގޮވާފައިވާ ޒުވާނެކެވެ. ޝުނާނަކީ އާއިލާއެއްގެ އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. އާއިލާގައި 5 ކުދިން ތިބެއެވެ. އެއީ ޝުނާނާއެކު ތިން ފިރިހެން ކުދިންނާއި، ދެ އަންހެން ކުދިންނެވެ. ޝުނާންގެ ބައްޕައަކީ ދިވެހި ޓީޗަރަކަށްވާއިރު، އެއީ ގަދަރުވެރި، ރަށުގެ އާއްމު ރައްޔިތުންގެ ލޯބި ލިބިފައިވާ އާއިލާއެކެވެ.

ޝުނާންގެ މިޒާޖާ ގުޅޭ ގޮތުން ފުނަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ޝަރީފް ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ ޝުނާނަކީ އަހުލާގު ރަނގަޅު، ދުރު މުސްތަގުބަލަކަށް ވިސްނަމުން އައި ޒުވާނެއް ކަމަށާއި، އެންމެނާއި ވެސް ގުޅޭ ހިތްހޮޔޮ މިޒާޖެއްގެ ވެރިއެއް ކަމަށެވެ. އަބަދުވެސް މީހުންނަށް އެހީތެރިވެދީ، ރަށުގައި ޒުވާނުން ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ ލީޑަރެކެވެ.

ސްކޫލު ދައުރުގައި ވެސް އެންމެ މޮޅެތި ދަރިވަރުންގެ ތެރޭގައި ގުނާލެވޭއިރު، އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ރަން ވަނަތައް ހާސިލް ކޮށްފައިވާ ޒުވާނެކެވެ. އެގޮތުން ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ޝުނާން ފުނަދޫ ސްކޫލުން އޭލެވެލް ނިންމުމަށްފަހު ފުރަތަމަ މަސައްކަތް ކުރީ ރިސޯޓެއްގައެވެ. ނަމަވެސް ފަހުން ރަށަށް ބަދަލުވެ ރަށުގެ ޕޮލިސް ސްޓޭޝަން ކޭޓްރިންގެ ޚިދުމަތް ދިނުމުގެ މަސައްކަތުގައި ޝުނާން ހަރަކާތްތެރިވިއެވެ.

ޝުނާންގެ ގާތް އެކުވެރިއެއް ރާއްޖެއެމްވީއަށް ބުނީ އަދިވެސް ޝުނާން ވަކިވެދިއުން ގަބޫލުނުކުރެވޭ ކަމަށެވެ. އެކުރިވެރިޔާގެ އަޑު ޤުރުއާން ކިޔަވާފައިވާ އޯޑިއޯތަކާއި ބަންގީގެ އަޑު އިވުމުން މުޅި ގައިން ހީބިހި ނަގައިގެންދާއިރު، އަދިވެސް ދުނިޔޭގައި ހުރިކަމުގެ އިހުސާން ކުރެވޭ ކަމަށެވެ.

ޝުނާންގެ ކުއްލި މަރާއެކު އާއިލާއާއި އެކުވެރިންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އެކަން ގަބޫލުކުރަން ދަތިވެފައެވެ. މިހާދިސާއާ ގުޅިގެން މުޅި ފުނަދޫއަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ކުއްލި ގޮތަކަށް ޝުނާން ދުނިޔެއާ ވަކިވެގެން ދިޔަ ނަމަވެސް، ޝުނާންގެ ހަދާންތައް ދުނިޔެއާ ވަކިވެގެން ނުދެއެވެ. އެތައް ބައެއްގެ ހިތުގައި ޝުނާން އަށް ޚާއްސަ މަގާމެއްވެއެވެ. ދުއާ އަކީ އާހިރަތުގެ ބާއްޖަވެރިކަން ޝުނާނަށް ލިބުމެވެ.

ނަދީމްޝުނާން ޝަރީފް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

01 ފެބުރުއަރީ 2025
ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
14 ޑިސެމްބަރު 2024

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

14 ޑިސެމްބަރު 2024
ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ
07 ޑިސެމްބަރު 2024

ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

07 ޑިސެމްބަރު 2024
ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
04 ޑިސެމްބަރު 2024

ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން

04 ޑިސެމްބަރު 2024
ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން
14 އޮކްޓޯބަރު 2024

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
03 އޮކްޓޯބަރު 2024

މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން

03 އޮކްޓޯބަރު 2024
މާފުށީ ޖަލު ބަންދުގައި ހުއްޓާ މަރުވި މީހާގެ އޮޓޮޕްސީ ރިޕޯޓު އަދިނުލިބޭ: ފުލުހުން
18 ސެޕްޓެމްބަރު 2024

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި

18 ސެޕްޓެމްބަރު 2024
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި
15 މެއި 2024

ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

15 މެއި 2024
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
03 މެއި 2024

ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ

03 މެއި 2024
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
03 ޑިސެމްބަރު 2023

ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފި

03 ޑިސެމްބަރު 2023
ދިގުރަށުގައި ވިހެއި ތުއްތުކުއްޖަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު