Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޭކް ފާސް ބޭނުންކުރުން

ނޫސްވެރިން ކަމުގައި ހެދިގެން ނަގުލީ ފާސް ބޭނުންކުރޭ: ފުލުހުން

12 ޖޫން 2021 | ހޮނިހިރު 07:59

ނޫސްވެރިން ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2021 | ހޮނިހިރު 07:59
ނޫސްވެރިންނަށް ދޫކޮށްފައިވާ ސްޕެޝަލް ފާސް،

ނޫސްވެރިންނަށް ދޫކޮށްފައިވާ ސްޕެޝަލް ފާސް،

ކޮވިޑް-19ގެ ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މިދުވަސްވަރު ނޫސްވެރިންނަށް ދޫކޮށްފައިވާ ސްޕެޝަލް ފާހުގެ ''ފޭކު'' ފާސްތައް ބޭނުންކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކާފިއުގެ ވަގުތު ވެސް ނޫސްވެރިންނަށް ދޫކޮށްފައިވާ ފޭކް ފާސް އަޅައިގައިގެން އުޅޭ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. ކާފިއު ނޫން ވަގުތުގައި ވެސް ޚާއްސަ ހުއްދައެއްގެ ދަށުން ބޭރަށް ދެވޭއިރު މިފަދަ ހުއްދަ ނުނަގާ ފޭކް ފާސް ބޭނުން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިން ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި، ފޭކް ފާސް ބޭނުންކުރާ މައްސަލަ ސަމާލުކަމަށް އައުމާއެކު އިތުރަށް ބަލައި ކަށަވަރުކުރާނެ ކަމަށް އޮފިސަރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ހުށަހެޅިގެން ދިޔައީ މިފަދަ ކިތައް މައްސަލަ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން އޮފިސަރު ވިދާޅުވީ ހުޅުމާލޭގެ ގަރާޖެއްގައި ހުރި ޓެކްނީޝަނަކަށް ހަމަލާ ދިން މީހުން ނޫސްވެރިންގެ ފޭކް ފާސްތަކެއް އަޅައިގެން ތިބިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ސީންއަށް އެޓެންޑްވި ފުލުހުންނަށް ވެސް އެކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ހަވީރު 06:25 ގައި ގަރާޖެއްގައި ހަމީހުންގެ ގުރޫޕަކުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. މިހަމަ ނުޖެހުމުގައި ބިދޭސީ ޓެކްނީޝަނަށް ދަގަނޑު ބުރިއަކުން ހަމަލާ ދީފައިވެއެވެ. ދެ ސައިކަލެއް ސާވިސް ކުރުމަށްފަހު ފައިސާ ދިނުމަށް ދެކޮޅު ހެދުމުން ހިނގި މިހަމަނުޖެހުމުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ގަވާއިދާ ހިލާފަށް ބޭރަށް ނުކުމެ އުޅޭނަމަ ފިޔަވަޅު އަޅާނެއެވެ.

ނޫސްވެރިންގެ ފާސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް