Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - މުބާރާތް ހުޅުވާ މެޗުގައި އިޓަލީ އާއި ތުރުކީ

އަށް މެޗުން އިޓަލީ މޮޅުވިއިރު، އަނެއް ތިން މެޗު ވަނީ އެއްވަރުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 10 ޖޫން 2021 | ބުރާސްފަތި 18:45
އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސްޓޭޑިއަމް

އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސްޓޭޑިއަމް

ހުކުރު ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ހުޅުވާ މެޗުގައި ބައްދަލުކުރާނީ އިޓަލީ އާއި ތުރުކީއެވެ. މި މެޗަށް ދެ ގައުމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ރޯމުގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. ކުލަ ގަދަ ރަސްމިއްޔާތަކަށްފަހު މި މެޗު ފެށުމަށް ހަމަޖެހިފައިވާއިރު، މި މެޗު ބެލުމަށް ޖުމްލަ 70،000 މީހުންގެ ޖާގައިގެ އޮލިމްޕިކް ސްޓޭޑިއަމަށް 24 އިންސައްތަ (16،800) މީހުން ވެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮވިޑް-19 ގެ ނުރައްކަލާއެކު ގެނެވުނު ބަދަލެކެވެ.

ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން ގިނަ އިޓަލީގެ ޓީމުން ޔޫރޯއާ ކުރިމަތިލާއިރު، އިޓަލީއަކީ މިވަގުތު އެންމެ ފޯމުގައި އޮތް އެއް ގައުމެވެ. ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އެ ގައުމުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުންވެސް މޮޅުވެފައިވާއިރު، ފުރަތަމަ މެޗުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ސެން މެރީނޯ އަތުން އިޓަލީ ވަނީ 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުން އިޓަލީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

ޔޫރޯއާ ކުރިމަތިލާއިރު އިޓަލީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ގައުމުން އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް މޮޅުވެފައިވުމެވެ. އަދި އެ ގައުމުގެ ފޯވާޑުން ކަމަށްވާ ޗީރޯ އިމޮބެލީ އާއި ފެޑެރީކޯ ކިއެސާ ފޯމުގައި ހުރުންވެސް އެއީ އިޓަލީއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.

މީގެ އިތުރުން ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ތުރުކީން ވަނީ އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. އެގޮތުން މި މަހުގެ ތިންވަނަ ދުވަހު މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ތުރުކީ މޮޅުވިއިރު، މިދިޔަ ހޯމަ ދުވަހު ގާނާއާ ދެކޮޅަށް ކުޅުނު މެޗުން ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި އިޓަލީ އާއި ތުރުކީ ބައްދަލުކުރާއިރު، މި ދެ ގައުމު މިހާތަނަށް ވަނީ 11 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އަށް މެޗުން އިޓަލީ މޮޅުވިއިރު، އަނެއް ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން 2002 ވަނަ އަހަރާއި، 2006 ވަނަ އަހަރު އިޓަލީ އާއި ތުރުކީ ބައްދަލުކުރިއިރު، އެ ދެ މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޔޫރޯގެ ގްރޫޕް އޭގައި އިޓަލީ އާއި ތުރުކީ ހިމެނޭއިރު، މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ސްވިޓްޒަލެންޑާއި ވޭލްސްއެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު