ކ. މާލެ
|
10 ޖޫން 2021 | ބުރާސްފަތި 23:29
އެމަރޖެންސީ މެޑިކަލް ސަރވިސް އުފެއްދުމުގެ ވިސްނުމަކީ ފުޅާ ދާއިރާއެއްގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުން
އެމަރޖެންސީ މެޑިކަލް ސަރވިސް އުފެއްދުމުގެ ވިސްނުމަކީ ފުޅާ ދާއިރާއެއްގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
އެމަރޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކުރުން
ހެލްތް މިނިސްޓްރީއާއި އެމްއެންޑީއެފުން އެމަރޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށްފި
 
މި ޚިދުމަތް ހޯދުމަށްޓަކައި ގުޅާނެ ނަންބަރަކީ 100
 
އެމަރޖެންސީ ނޫން ހާލަތްތަކުގައި 1676އަށް ގުޅައިގެން ސިއްހީ އެހީތެރިކަން ހޯދޭނެ

ހެލްތް މިނިސްޓްރީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން އެމަރޖެންސީ މެޑިކަލް ސަރވިސް ތައާރަފް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ އެމަރޖެންސީ މެޑިކަލް ސަރވިސް އުފެއްދުމުގެ ވިސްނުމަކީ ފުޅާ ދާއިރާއެއްގައި އެމްބިއުލެންސްގެ ޚިދުމަތް ދިނުމާއެކު، މިއީ ވަކި ކުރެވިފައިވާ އަދި މީހުންނަށް ބަރޯސާ ވެވޭނެ ޚިދުމަތަކަށް ހެދުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ޚިދުމަތް ހޯދުމަށްޓަކައި ގުޅޭނެ ނަންބަރަކީ 100 ކަމަށާއި، އަދި މިއީ މި ޚިދުމަތް ދިނުމުގެ ފުރަތަމަ ފޭސް ކަމަށެވެ.

މިއީ ފުރަތަމަ ފޭސް ކަމަށް ވާތީ މިވަގުތު ފޯކަސް ކުރަމުން ގެންދާނީ ގްރޭޓަރ މާލެ ސަރަހައްދުގައި ކޮވިޑް-19 ޕޮޒިޓިވް އެމަރޖެންސީ ކޭސްތަކަށް އެމްބިއުލާންސްގެ ޚިދުމަތްދިނުމަން. މިކމުގައި އެބޭފުޅުން ވަރަށް ބޮޑަށް ފާހަގަކުރައްވާ މި ޚިދުމަތް ބޭނުން ކުރަންވާނީ އިމަރޖެންސީގެ ހާލަތްތަކުގައި އެކަނި ކަމަށް.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް

އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ އެމަރޖެންސީ ނޫން ހާލަތްތަކުގައި "1676" މި ފޯނު ނަންބަރުން ސިއްހީ އެހީތެރިކަން ހޯދުމާއެކު ހޮސްޕިޓަލްތަކުން ދެމުންދާ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ހޯދޭނެ ކަމަށެވެ.

މި ޚިދުމަތް ތައާރަފް ކޮށްފައިވާއިރު ކޮވިޑް-19ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވުން ވެގެން ދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯދިޔާކަމާއި ފަތިފުށް ހާމަކުރުވި ކަމެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މެއި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދާއި، އަދި މުޅި ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު، މެއި މަހުގެ ފަހު ހަފުތާއާ ޖެހެންދެން ވެސް 1،000ން މަތިން ކޮންމެ ދުވަހަކު ވެސް ކޭސްތައް ރިޕޯޓުކުރިއެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރުމާއި، ޕާކު ތަކާއި މައިޒާންތައް، އަދި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމުގެ އިތުރުން ޖިމްތަކާއި ސެލޫންތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ޑައިން-އިން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.

އަދި ހަވީރު ހަތަރަކުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު އަށަކާ ހަމައަށް ކާފިއު އިއުލާންކޮށްފައިވާއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކުރާ ވަކި ހުއްދައަކާއި، ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން ލިބޭ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް