Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްތައް

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލާނެ އުސޫލު އެކުލަވާލައިފި

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 03:55
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ފަލަ ސުރުޚީ ޕްރޮގްރާމްގައި މަޢުލޫމާތުދެނީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ފަލަ ސުރުޚީ ޕްރޮގްރާމްގައި މަޢުލޫމާތުދެނީ

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލާނެ އުސޫލު އެކުލަވާލާފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ޗީފް އޮމްބަޑްސްޕާރސަން އަބްދުލް ސަލާމް އާރިފް ވަނީ އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން އަމިއްލައަށް އިސްނަގައިގެން މައްސަލަ ބަލާނެ އުސޫލު އެކުލަވާލައިފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތައް އެ އޮފީހުން އަމިއްލައަށް އިސްނަގައިގެން ބަލާނީ މަތީ ދަރަޖައަކަށް އާންމު މަސްލަހަތު ހުރި މައްސަލަތަކާއި، މައްސަލައިގެ ވާހަކަ މުޖުތަމަޢުގައި ގިނައިން ދެކެވޭ މައްސަލަތަކާއި، މައްސަލައިގެ މަޢުލޫމާތު ސާފުވެ އިހުމާލުވުމާއި ދަޢުވާކުރެވޭނެ ވަރަށް ހެކިހުރި މައްސަލަތަކެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް މި ނިންމުން ނިންމާނީ އޮމްބަޑްސްޕާރސަންގެ އޮފީހުން މަޝްވަރާކުރުމަށް ފަހުގައި ކަމަށް އާރިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިގާނޫނުގެ ދަށުން މައްސަލަ ހުށަހަޅަން ޖެހެނީ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށެވެ. ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް މައްސަލަ ހުށަހެޅޭނެއެވެ.

އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅޭނީ، ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން ނުވަތަ އެފަދަ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ހައްގެއް ނުވަތަ އަސާސީ ހައްގެއް ނިގުޅައިގެންފައިވާ މައްސަލަތަކެވެ. އެގޮތުން 1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018 އާ ހަމައަށް ހިނގާފައިވާ މިފަދަ މައްސަލަތައް އެ އޮފީހުން ބަލާނެ ކަމަށް ޗީފް އޮމްބަޑްސްޕާރސަން ޢަބްދުއްސަލާމް ޢާރިފް ވިދާޅުވިއެވެ.

އެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢާރިފް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، އެފަދަ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރައްވައި، އެކަންކަން ތަކުރާރު ނުކުރުމަށް އެ މުއައްސަސާއަކަށް އެންގޭނެ ކަމަށެވެ. ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި، އެއްމެ ބޮޑު އަމާޒަކީ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށެވެ.

މައްސަލަ ބެލުމަށް ގަވައިދުތައް އެކުލަވާލެވިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. މި ކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުން ހުށަހަޅާ މައްސަލަތަކުގެ އިތުރުން އަމިއްލައަށް އިސްނަގައިގެން ވެސް މައްސަލަ ބެލުމުގެ ބާރު އެ އޮފީހަށް ލިބިގެންވާއިރު، އެގޮތަށް ބަލާނީ ޕަބްލިކް އިންޓަރެސްޓް ހިމެނޭ މައްސަލަތައްކަަމަށް އެ އޮފީހުން ބުނެއެވެ. ޕަބްލިކް ހިއަރިން އަކަށް ދާން ޖެހޭ މައްސަލަތަކުގައި އެކަން އެގޮތަށް ކުރާނެ ކަމަށް ވެސް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

މައްސަލަ ބަލައި ދައުވާކުރުމުގެ ބާރު ލިބިގެންވީ ނަމަވެސް ބޮޑަށް ބަލާނީ، ދެފަރާތް ސުލްހަ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަމުން ހައްލު ނުލިބިއްޖެނަމަ، ޖިނާއީ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިގެންވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްޗީފް އޮމްބަޑްސްޕާރސަން އަބްދުއްސަލާމް އާރިފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު