Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔޫރޯ 2020

ޔޫރޯ 2020: މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އިޓަލީގައި

ރަސްމިއްޔާތު ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 23:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖޫން 2021 | ބުދަ 18:39
އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ބަހައްޓާފައި ހުރި ޔޫރޯ ޓްރޮފީ

އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި ބަހައްޓާފައި ހުރި ޔޫރޯ ޓްރޮފީ

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ 2020 ފަސް އަހަރަށްފަހު އަންނަ ހުކުރު ދުވަހުގެރޭ ފަށާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ އެތައް ގޮތަކުންވެސް ހާއްސަވާ މުބާރާތެކެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ގިނަ ބަޔަކު އަބަދުވެސް ބަލާއިރު، މި އަހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެހެން އަހަރުތަކަކޭވެސް އެއްފަދައިން މިއަހަރުގެ ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ފާހަގަކުރާނެއެވެ. އެގޮތުން މުބާރާތް ހުޅުވާ މެޗު ކުޅޭ ސްޓޭޑިއަމް ކަމަށްވާ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައި މިއުޒިކުގެ ހަރަކާތްތަކަކާއި، އިޓަލީގެ ސަގާފަތް ދައްކުވައިދޭ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި މި ރަސްމިއްޔާތުގައި މަޝްހޫރު ފަންނާނުންގެ ހުނަރު ދައްކާލާނެއެވެ.

ޖުމްލަ 70،000 މީހުންނަށް ވަދެވޭ އިޓަލީގެ އޮލިމްޕިކް ސްޓޭޑިއަމަކީ ފުޓްބޯޅައިގެ މަންޒިލެކެވެ. އިޓަލީގެ ކުޅިވަރާއި ބެހޭ ވުޒާރާއިން މިހާރު މެޗު ބަލަން ދަނޑުގެ ކެޕޭސިޓީގެ 24 އިންސައްތަ މީހުންނަށް ވަނުމަށް ހުއްދަދޭން ވަނީ ނިންމާފައެވެ.

ޔޫރޯ ހުޅުވުމުގެ ރަސްމިއްޔާތު ހުށަހަޅާނީ މާޓިން ގަރިސް، ބޯނޯ އަދި ދި އެޑްޖްއެވެ. މި ރަސްމިއްޔާތުގެ ހަރަކާތްތައް ވާޗުއަލްކޮށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. ޔުއެފާއިން ބުނީ ވާޗުއަލްކޮށް ހަރަކާތްތައް ކުރިއަށްގެންދަން ނިންމީ ދަނޑަށް މަދު އަދަދެއްގެ މީހުންނަށް ވަދެވޭނެތީ ކަމަށާއި، އެކަމަކު ވާޗުއަލްކޮށް ހަރަކާތްތައް ކުރިއަށްގެންދާއިރު، ކުޅިބެލުންތެރިން ގަޔާވާ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.

ޔުއެފާއިން ޔޫރޯ 2020 ގެ ރަސްމީ ލަވަ މިހާރު ލޯންޗުކޮށްފައިވާއިރު، މި ލަވަ ކިޔާފައިވަނީ މާޓިން ގަރިސް، ބޯނޯ އަދި ދި އެޑްޖްއެވެ.

ޔޫރޯ 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތު ފަށާނީ އިޓަލީ އަދި ތުރުކީ ބައްދަލުކުރާ މެޗުގެ އެއްގަޑިއިރު ކުރިން، ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 23:00 ގައެވެ.

ޔޫރޯ 2020 ގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި އަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީ މެދުވެރިކޮށް ފެނިގެންދާނެއެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު