Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮމްބަޑްސްޕާރސަންގެ އޮފީހުގެ ޕްރެސް

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފި

1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018އާ ހަމައަށް ހިނގާފައިވާ މިފަދަ މައްސަލަތައް ބަލާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ޖޫން 2021 | އަންގާރަ 12:45
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސް

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މިގާނޫނުގެ ދަށުން މައްސަލަ ހުށަހަޅަން ޖެހެނީ، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށެވެ. ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް މައްސަލަ ހުށަހެޅޭނެއެވެ.

Advertisement - newsAdvertisement

އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅޭނީ، ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން، ނުވަތަ އެފަދަ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ހައްގެއް ނުވަތަ އަސާސީ ހައްގެއް ނިގުޅައިގެންފައިވާ މައްސަލަތަކެވެ.

އެގޮތުން 1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018 އާ ހަމައަށް ހިނގާފައިވާ މިފަދަ މައްސަލަތައް އެ އޮފީހުން ބަލާނެ ކަމަށް ޗީފް އޮމްބަޑްސްޕާރސަން ޢަބްދުއްސަލާމް ޢާރިފް ވިދާޅުވިއެވެ.

އެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢާރިފް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، އެފަދަ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރައްވައި، އެކަންކަން ތަކުރާރު ނުކުރުމަށް އެ މުއައްސަސާއަކަށް އެންގޭނެ ކަމަށެވެ. ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި، އެއްމެ ބޮޑު އަމާޒަކީ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށެވެ.

މައްސަލަ ބެލުމަށް ގަވައިދުތައް އެކުލަވާލެވިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. މި ކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާއްމުން ހުށަހަޅާ މައްސަލަ ތަކުގެ އިތުރުން އަމިއްލަ އަށް އިސްނަގައިގެންވެސް މައްސަލަ ބެލުމުގެ ބާރު އެ އޮފީހަށް ލިބިގެންވާއިރު، އެގޮތަށް ބަލާނީ ޕަބްލިކް އިންޓަރެސްޓް ހިމެނޭ މައްސަލަތައްކަަމަށް އެ އޮފީހުން ބުނެއެވެ. ޕަބްލިކް ހިއަރިން އަކަށް ދާން ޖެހޭ މައްސަލަ ތަކުގައި އެކަން އެގޮތަށް ކުރާނެ ކަމަށްވެސް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

މައްސަލަ ބަލައި ދައުވާ ކުރުމުގެ ބާރު ލިބިގެންވީ ނަމަވެސް ބޮޑަށް ބަލާނީ، ދެފަރާތް ސުލްހަ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެކަމުން ހައްލު ނުލިބިއްޖެނަމަ، ޖިނާއީ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިގެންވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްޗީފް އޮމްބަޑްސްޕާރސަން އަބްދުއްސަލާމް އާރިފް

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް
05 ނޮވެމްބަރު 2023

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް
27 އޮކްޓޯބަރު 2022

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި
20 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ
09 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު