Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގްރީން ފަންޑުގައި ހުރި ފައިސާ

މާޗު މަހު ގްރީން ފަންޑަށް 93 މިލިއަން ރުފިޔާ ޖަމާކުރި

މާޗު މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ ހުރީ 921.8 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 07:40
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ މާޗު މަހު ގްރީން ފަންޑަށް 93 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާޗު މަހުގެ ގްރީންފަންޑު ރިޕޯޓް ދައްކާގޮތުން 93,443,056.39 ރުފިޔާ ގްރީން ފަންޑަށް ވަނީ ޖަމާކޮށްފައެވެ. އެއީ ރިސޯޓްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 89,404,547.36 ރުފިޔާ އާއި ހޮޓާ ތަކުން ލިބުނު 1,101,077.46 ރުފިޔާގެ އިތުރުން ގެސްޓް ހައުސްތަކުން ލިބުނު 1,750,490.93 ރުފިޔާ އަދި ސަފާރީތަކުން ލިބުނު 1,186,940.64 ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ލިބިފައި ވަނީ ކ. އަތޮޅުންނެވެ. އެއީ 32,280,917.67 ރުފިޔާއެވެ. މާލެ ސިޓީން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 621,933.80 ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު ސަރުކާރުން ވަނީ ގްރީން ފަންޑުން 31,164,094.76 ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ތަފާތު އެކި މަޝްރޫއުތައް ހިންގުމަށް ކުރި ޚަރަދު ހިމެނެއެވެ.

އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 809,590,720.39 ރުފިޔާ ހުރި އިރު، އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑަށް 57,347,607.85 ވަނީ އިތުރުވެފައެވެ. އަދި 12,873,713.84 ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. ފެބްރުއަރީ މަހު ފަންޑަށް އިތުރުވި 63,543,334.54 ރުފިޔާ އާއި އެމަހު ޚަރަދު ކުރި 58,045,957.88 ރުފިޔާއާ އެކު ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑުގައި ޖުމްލަ ހުރީ 859,561,991.06 ރުފިޔާއެވެ. އަދި މާޗު މަހު ފަންޑަށް ޖަމާވި އަދަދާއި ފަންޑުން ކުރި ޚަރަދާއި އެކު މާޗު މަހު ގްރީން ފަންޑުގެ ބެލެންސްގައި ހުރީ 62,278,961.63 ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ގްރީން ފަންޑަށް ޖުމްލަ 214.3 މިލިއަން ރުފިޔާ ޖަމާވި އިރު، 102 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ. އަދި މާޗު މަސް ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ ހުރީ 921.8 މިލިއަން ރުފިޔާއެވެ.

ގްރީން ފަންޑްފިނޭންސް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު