Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޓީ ކައުންސިލްގެ މަސައްކަތްތައް

މާލޭގައި ހުރި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް ވެބް ޕޯޓަލްއެއް

ޕޯޓަލް މެދުވެރިކޮށް 2021 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ހުށަހެޅޭނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 ޖޫން 2021 | އަންގާރަ 03:31
އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގައި ހުރި ސިނާޢީ މަސައްކަތްތައް އެއް ސަރަޙައްދަކަށް ބަދަލުކުރުމަށް ތަރައްޤީކުރި ތަނެއް

އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގައި ހުރި ސިނާޢީ މަސައްކަތްތައް އެއް ސަރަޙައްދަކަށް ބަދަލުކުރުމަށް ތަރައްޤީކުރި ތަނެއް

މާލޭގައި ހުރި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ މަޢުލޫމާތު އެއްކުރުމަށް ވެބް ޕޯޓަލްއެއް ތަޢާރަފުކޮށްފިއެވެ.

މާލެތެރޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ އަދި ގާއަޅާ ތަންތަން ފަދަ ސިނާޢީ މަސައްކަތް ކުރާ ތަންތަން އެކަމަށް ހާއްސަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރަށް ދެންނެވުމަށްޓަކައި، އެ ތަންތަނާބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މިމަސައްކަތުގައި ވީހާ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާތީ، ކަމާބެހޭ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްޓަކައި މިހާރުވަނީ ޕޯޓަލްއެއް ކައުންސިލްގެ ވެބްސަޓްގައި ހުޅުވާލެވިފައެވެ. މިޕޯޓަލް ހުޅުވާފައިވަނީ މިކައުންސިލްގެ ވެބްސައިޓް (https://malecity.gov.mv/)ގައެވެ. ސިޓީ ކައުންސިލުން ވަނީ މާލެ ސިޓީގެ މާލޭގައި ހުރި ގުދަން، ގަރާޖު، ވޯކްޝޮޕް، ވަޑާންގެ، ގާއަޅާތަންތަން ފަދަ ސިނާއީ މަސައްކަތް ކުރާތަންތަނުގެ މައުލޫމާތު 2021 ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިޕޯޓަލް މެދުވެރިކޮށް ކައުންސިލަށް ފޯރުކޮށްދެއްވުން އެދިފައެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް އަލުން ފަށައި، އެ ސަރަޙައްދު ސިނާއީ މަސައްކަތްކުރާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފިއެވެ. އިންޑަސްޓްރިއަލް ޒޯން މިހާރު އޮތީ، މާބޮޑު ޕްލޭނެއްނެތި ދޫކޮށްލާފައެވެ. ސިޓީކައުންސިލްގެ ނިންމުންތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އާ ކައުންސިލުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެއަކީ ތޮއްޖެހުން ބޮޑު ތަނަކަށް ވުމުގައި، މާލޭ ތެރޭގައި ހުރި އެކިއެކި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަން ބޮޑު ދައުރެއް އަދާކުރާކަމަށެވެ. މާލެތެރޭގައި ހުރި ވޯކްޝޮޕްތަކާއި، ގަރާޖުތަކާއި، ގުދަންތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ މިފަދަ ތަންތަނުގައި އާއްމު ސިއްޙަތަށް ގެއްލުންވާފަދަ ކެމިކަލްތަކާއި ސްޕްރޭފަދަ ތަކެތި ބޭނުންކުރާކަމަށެވެ. އަދި މަސައްކަތްތައް ކުރުމުގައި މަގުމަތީގެ ސަރަޙައްދުތައް ވެސް ބޭނުންކުރަމުންދާތީ، މަގުތަކަށް ބާރުބޮޑުވެ ޓްރެފިކަށް ވެސް އޭގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާކަމަށެވެ. މޭޔަރ ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނަކީ ޕްލޭނެއް ނެތި ދޫކޮށްލާފައިވާ ތަނެއްގެ ބަދަލުގައި އެތަނަކީ މުހިންމު، މަސައްކަތްތަކަށް ބޭނުންކުރެވޭ ތަނަކަށް ހަދާނެކަމަށެވެ. އަދި އިންޑަސްޓްރިއަލް ޒޯން ތަރައްޤީވެގެން އަންނައިރު، އަލަށް ފަށާ ވިޔަފާރިތަކަށް ވެސް އެތަނުން ޖާގަ ހަމަޖައްސާނެކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގައި ހުރި ސިނާޢީ މަސައްކަތްތައް އެއް ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރީ ސަރުކާރުން ހިއްކާ ތަރައްޤީކުރި ސަރަޙައްދެކެވެ. އޭރުވެސް ނިންމީ އެ ޒޯންގެ ބައެއް، ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، ޒޯންގެ ބޮޑު ބައި އިންޑަސްޓްރިއަލް މަސައްކަތަށް ދިނުމަށެވެ. ކުއްޔަށް ދިނުމަށް ނިންމީ ސަރުކާރުން ޕްރީ-ފެބް އިމާރާތްތަކެއް ހެދުމަށް ފަހުއެވެ. ނަމަވެސް މިހާތަނަށް އައިއިރު އިންޑަސްޓްރިއަލް ވިލެޖު އޮތީ މާބޮޑު ޕްލޭނެއް ނެތި ދޫކޮށްލާފައެވެ. އެ ސަރަޙައްދުގެ މަދު ޖާގައެއް ކުއްޔަށް ދީފައިވަނީ ފިއުލް ޝެޑް ހެދުމާއި، ގުދަނާއި، ރެޑީމިކްސް ހެދުމަށާއި އެއްގަމު އުޅަނދު ލައިސަންސް ނެގުމުގެ މަސައްކަތަށެވެ.

މާލޭ ސިޓީ ކައުންސިލްއިންޑަސްޓްރިއަލް ވިލޭޖް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު