Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޝްކާގެ މަރުގެ މައްސަލަ

މިޝްކާގެ މަރު: ފުރިހަމަ ތަހުގީގެއް ނިމޭނީ އަދި ހަފްތާއެއް ފަހުން

ތަހުގީގަށް ފަހު ނެރޭ ރިޕޯޓް ތަފްސީލް ވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޖޫން 2021 | ހޯމަ 13:31
ފާތިމަތު މިޝްކާ މުހައްމަދު

ފާތިމަތު މިޝްކާ މުހައްމަދު

މިޝްކާގެ މަރުގެ ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު ހަފްތާއެއް ދެއްވުމަަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި އެދިވަޑައިގެންފިއެވެ.

ޖޫން މަހުގެ 2 ވަނަ ދުވަހު ނިޔާވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ދެނެގަނެ، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭކަންކަން ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހްމަދު ނަސީމް، ހިއުމަން ރައިޓްސް ކޮމިޝަން، އަދި ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު ޔާސިރު އަބްދުއްލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ނަސީމް ވިދާޅުވީ، ފުރިހަމަ ތަހުގީގަށް ފަހު ނެރޭ ރިޕޯޓް ތަފްސީލް ވާނެ ކަމަށާއި، ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަަށެވެ. އަދި މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ކޭސްގައި ފެނިގެން މިދިޔައީ ދޮޅު އަހަރުގެ ތެރޭގައި މިފަދަ ހާދިސާއެއް ހިނގާފައި ނުވާތީ ސަމާލުކަން ނުދެވި ހުރި ކަންކަން ކަމަށެވެ.

އަދި ފުރިހަމަ ތަހުގީގެއް ނިންމުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ މަސައްކަތަށް އަދި އިތުރު ހަފުތާއެއް ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ މީހުން ގެ ޒާތީ މައުލޫމާތުތައް ހިމެނޭތީވެ، އެ ވާހަަކަދެއްކުން ރަނގަޅީ ތަހުގީގު އެއްކޮށް ނިމުމުން ކަމަށެވެ. އަދި މިކަމުގައި ޕަބްލިކްގެ ޕްރެޝަަރ އޮތްނަަމަވެސް ބޭނުންވެ ވަޑައިގަންނަވަނީ އިންސާފުވެރިކޮށް ގެންދަން ކަަމަށެވެ.

އަދި މިޝްކާގެ ބައްޕައާ ވާހަކަ ދެކެވޭ ކަމަށާއި، ބައްޕަގެ އެދުމަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައް ކޮށްދެއްވުން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި މިކަމުގައި މިޝްކާގެ ބައްޕަގެ ކެތްތެރިކަންވެސް ފާހަގަ ކުރެއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ، މައުލޫމާތު ލިބުނީ މީޑިއާއިން ކަމަށާއި، އެއާއެކު އެކަން ކަށަވަރު ކުރުމަށް މަސައްކަތް ފެށިކަމަށެވެ. އެ މައުލޫމާތުތަކަށް ބިނާކޮށް ރިޕޯޓް އެކުލަވާލާފައި ވީނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށެވެެ. ހެލްތު މިނިސްޓްރީގައި ހޯދަން އެދުނު މައުލޫމާތު އަދި ނުލިބޭ ކަން ފާހަގަ ކުރަަމުން އެޗްއާރްސީއެމުން ބުނީ، ތަހުގީގަށް މައުލޫމާތު ލިބުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެޗްޕީއޭއިން ފޯކަލް ޕޮއިންޓް ހަމަޖައްސަން މަސައްކަތް ކުރާތާ އެތައް ދުވަހެއްވީއިރު އަދިވެސް ހަމަ ނުޖެހޭކަން އެޗްއާރްސީއެމުން ފާހަގަކުރިއެވެ.

ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންވެސް ވިދާޅުވީ ހެލްތް މިނިސްޓަރ އެދިލެއްވި ވަގުތު ދިނުމަށްފަހު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. ވަރަށް ގިނަ ތުހުމަތުތައް އެކި ފަރާތްތަކަށް ހުރުމުން ފުރިހަމަ މައުލޫމާތާއެކު ކޮމިޓީ ކުރިއަށް ގެންދިޔުމަށް މެމްބަރުން ނިންމާފައިވެއެވެ. އެއާއެކު ހޯމަދުވަހު ބޭއްވި ކޮމިޓީވަނީ ނިންމާލާފައެވެ.

ފާތިމަތު މިޝްކާއެޗްއާރްސީއެމްރައްޔިތުންގެ މަޖިލިސްހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު