Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޝްކާ ނިޔާވުން

މިޝްކާގެ މައްސަލާގައި ވަކީލަކު އައްޔަންކޮށްފައެއް ނުވާނެ: އާއިލާ

މިޝްކާ ނިޔާވީ މި މަހުގެ 2 ވަނަ ދުވަހު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 19:52
ފާތިމަތު މިޝްކާ މުހައްމަދު

ފާތިމަތު މިޝްކާ މުހައްމަދު

ކޮވިޑް-19ގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލާގައި އާއިލާގެ ފަރާތުން ވަކީލަކު އައްޔަންކޮށްފައި ނުވާނެ ކަމަށް އާއިލާއިން ބުނެފިއެވެ.

ކޮވިޑް-19ގައި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މިޝްކާ ނިޔާވުމުގައި އެޗްޕީއޭގެ ބޮޑެތި އިހުމާލުތަކެއް ފާހަގަވެފައިވާއިރު އެކަންކަމާ ގުޅިގެން އާއިލާއިން ގާނޫނީ ވަކީލަކު އައްޔަންކޮށްފައިވާކަމުގެ އަޑުތައް ވަނީ ފެތުރުފައެވެ. މިޝްކާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، އެއްވެސް ވަކީލަކު ނުވަތަ ލޯ ފާމެއް ވެސް އައްޔަންކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ގާނޫނީ ލަފާ ހޯދަމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

Advertisement - newsAdvertisement

އާއިލާއިން ބުނީ މިއީ އާއިލާއަށް ވަރަށް ދަތި ވަގުތެއް ކަމަށާއި މި ވަގުތު އެފަދަ ދޮގު ވާހަކަތައް ފަތުރައި ހަބަރުތައް ނުޖެހުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުއްޓާ ހާލުދެރަވެ މިޝްކާއަށް ފަރުވާ ލިބުން ލަސްވީ އެމްބިއުލާންސް އަށް އެދި އެޗްޕީއޭއަށް ގުޅާތާ ދެ ގަޑިއިރާއި ތިރީސް މިނެޓު ވީ އިރު ވެސް އެއްވެސް ސިއްހީ އެހީއެއް ނުލިބިއެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު ހާޓަޓޭކެއް ޖެހި ހުއްޓިފައި އޮތް މިޝްކާ ނިޔާވީ ވެންޓިލޭޓަރުގައި އޮންނަތާ 24ގަޑި އިރު ފަހުންނެވެ.

އެކަން ރިވިއުކޮށް ހެލްތު މިނިސްޓްރީން ވަނީ ތަފްސީލް ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި އެޗްޕީއޭގެ އިހުމާލު ބޮޑުކަން ފާހަގަވެފައިވެއެވެ. ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:20ން ފެށިގެން މިޝްކާ ހުންގަދަވާ ކަމާއި އެއްވެސް ކާއެއްޗެއް ނުކުވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މިމައުލޫމާތު ކޯލްސެންޓަރުގެ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށް މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އަދި އެދުވަހުގެ 3:53 ގައި ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާ އެވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިޔުމަށާއި އިތުުރުކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.

މިޝްކާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާފައިވަނީ މެއި 31 ވަނަ ދުވަހުގެ ރޭ 9:06ގައެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަން އެންގިއެވެ. މިމައުލޫމާތު 9:10 ގައި ކޯލްސެންޓަރުން އޯބީ ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވެއެވެ. އަދި 9:15 ގައި މިމައުލޫމާތު ކޯލް ސެންޓަރުގެ ޝީޓަށް އަޅާފައިވެއެވެ.

ލިބުނު މައުލޫމާތާ ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކޮށްފައިވަނީ 9:53 ގައެވެ. ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އެހެންނަމަވެސް މައުލޫމާތު ޝީޓަށް "އެޓެންޑަޑް" ކަމަށް ޑީއެމްއާރުޓީިން އަޅާފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީއެމްއާރުޓީގެ ޑޮކްޓަރު ކޯލް މިސްވެފައިވާތީ ބެލެނިވެރިޔާ އަލުން ކޯލް ސެންޓަރަށް ގުޅާފައިވަނީ 10:06 ގައެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މައުލޫމާތިދިނެވެ. މިކޯލްގެ މައުލޫމާތު އޯޯބީ ސިސްޓަމަށް އެވަގުތު އަޅާފައިވެއެވެ. އަދި 10:12 ގައި މިމައުލޫމާތު ކޯލް ސެންޓަރުން މައުލޫމާތު ޝީޓަށް އަޅާފައިވެއެވެ.

އެރޭގެ 10:33 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް އަލުން ގުޅިއެވެ. މިޝްކާގެ ބެލެނިވެރިޔާ މިޝްކާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރަށް މައުލޫމާތުދިނެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމާއި އެއް ދުވަސްވަންދެން ނޭވާލާން އުނދަގޫވެފައި ހުންނަކަމަށާއި ހިކި ކެއްސުމުގައި ދެ ދުވަސް އަދި ހަ ދުވަސްދެން ހުން އަންނަކަމަށާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމަށް ބުންޏެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގަމުންދާކަމާއި ބަލީގެ ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައިނުދެވޭކަމުގެ މައުލޫމާތު ބެލެނިވެރިޔާ ޑޮކްޓަރާ ހިއްސާކޮށްފައިވާކަން ޑޮކްޓަރު ނޯޓުކޮށްފައިވެއެވެ. ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިމައުލޫމާތު ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރ ފޮނުވާފައިވަނީ އެރޭގެ 10:39ގައެވެ. އަދި އެމްބިޔުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ ޑީއެމްއާރުޓީ އާއި ސީމެޓަަށްވެސް މިމައުލޫމާތު ހިއްސާކުރެވިފައިވީނަމަވެސް އެމްބިޔުލަންސް މިޝްކާ ބެލުމަށް ދާން އަންގާފައިނުވާ ކަމަށް ރިވިއު ރިޕޯޓްގައި ބުނެއެވެ.

އެރޭގެ 11:16ން 11:33ށް އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލުގައި ކުއްޖާގެ ހާލު ދަށްވަމުންދާކަމަށާއި ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަަންނަކަމަށް ބުނެފައިވެއެވެ. މިކޯލްތަކުގައި ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި ނަމަވެސް އެމްބިއުލަންސް އައިސްފައިނުވާ ކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިޔުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިޔުލަންސް އޭރުވެސް އެކްޓިވޭޓްކޮށްފައިނުވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެރޭގެ 11:27 ގައި އެމްބިޔުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ. އަދި 11:32 ގައި އެމްބިޔުލަންސް ބޭނުންވާކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސްއަށް އެންގިއެވެ.

އަދި 11:33 ގައި އީއެމްއެސްއިން ބެލެނިވެރިޔާ އަށް ގުޅާ އެމްބިޔުލަންސް ދާނެކަމަށް ބުނެފައިވާއިރު އެމްބިޔުލަންސަށް މިޝްކާ ބަލާދެވިފައިވަނީ 11:38 ގައެވެ.

މި މައްސަލާގައި އިހުމާލުވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އަމިއްލަ ފަރާތަކުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ. މިސިޓީގައި ބުނެފައިވަނީ، ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާ ހަވާލުވެ ހުރި އޯވަރއޯލް އޮޕަރޭޝަންސް އިންޗާރޖު، އަދި އިންސިޑެންޓް ކޮމާންޑަރު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދަށް ދައުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވާތީ، އެފަދަ އެތަކެއް އިހުމާލުގެ މައްސަލަތަކާއި، އަދި ޚާއްސަކޮށް 2 ޖޫން 2021 ވަނަ ދުވަހު ކޮވިޑް ބަލީގައި ފާތިމަތު މިޝްކާ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި، މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ، އިހުމާލުން ކަމުގައިވާތީވެ، އެކަމަކީ ޤާނޫނުލް އުޤޫބާތުގައި ސީރިއަސް ޖީނާޢީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ތަޙުޤީޤު ހިންގައި، ޖިނާޢީ ދަޢުވާކޮށް ދެއްވުމަށް އެދޭ ކަަމަށެވެ.

ފާތިމަތު މިޝްކާހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު