Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޯންސަން އަދި މޮޑާނާ ވެކްސިންއަށް ހުއްދަ ދިނުން

މޮޑާނާ އާއި ޖޯންސަންގެ ކޮވިޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފި

ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 10:21
ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން (ކ) އަދި މޮޑާނާގެ ވެކްސިން (ވ)

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން (ކ) އަދި މޮޑާނާގެ ވެކްސިން (ވ)

ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުމެއް ކަމަށްވާ ޖެންސެންގެ ކޮވިޑް-19 ވެކްސިނާއި، ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ މޮޑާނާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭއިން ބުނީ މި ދެ ވެކްސިން ވެސް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އެމަރޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށާއި، ޖޫން މަހުގެ 6 ވަނަ ދުވަހުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޖޯންސަންގެ ކޮވިޑް ވެކްސިނަކީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ 5 ވަނަ ވެކްސިނެވެ. އަދި މޮޑާނާއަކީ ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ 6 ވަނަ ވެކްސިނެވެ.

އެމްއެފްޑީއޭއިން ބުނީ މޮޑާނާގެ ވެކްސިން އުފައްދަނީ މޮޑާނާ ބައޯންޓެކް ސްޕެއިނުން ކަމަށާއި، މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމުޢިއް (ޑަބްލިއުއެޗްއޯ) ގެ އެމަރޖެންސީ ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމަށެވެ. އަދި މިހާތަނަށް އެމަރޖެންސީ ހުއްދައިގެން ދަށުން 49 ގައުމެއްގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބި، ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސްވިޒަލޭންޑް އަދި އީޔޫގެ މެންބަރު ގައުމުތައް ހިމެނެއެވެ.

ޖޯންސަން ކޮވިޑް ވެކްސިންނަކީ ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުމެކެވެ. އަދި މި ވެކްސިނަށް ޑަބްލިއުއެޗްއޯގެ އެމަރޖެންސީ ހުއްދަ ލިބި މިހާތަނަށް 42 ގައުމެއްގައި މި ވެކްސިން އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ، ބެލްޖިއަމް، ނެދަލޭންޑްސް، ކެނެޑާ، އޮސްޓްރިއާ، ޑެންމާކް އަދި އިޓަލީ ފަދަ ގައުމުތައް ހިމެނެއެވެ.

މި ދެ ވެކްސިން ވެސް ބަހައްޓަން ޖެހޭނީ 25- ޑިގްރީ ސެލްސިއަސްއާއި 15- ޑިގްރީ ސެލްސިއަަސްއާ ދެމެދުގެ ފިނިހޫނު މިނެއްގައެވެ. އަދި މި ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހުގައި އަދި ހިފައިގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް އެމްއެޗްޑީއޭއިން ބުނެއެވެ. އަދި ކަމާ ގުޅުންހުރި ފަރާތްތަކުން މިކަންކަން ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންދާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ އާންމު ގޮތެއްގައި ކޮންމެ ވެކްސިނަކީ ވެސް އެ ވެކްސިނެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރިއެކްޝަނެއް އައުމުގެ ފުރުސަތު އޮންނަ އެއްޗެއްކަމަށާއި، އެހެންކަމުން ކުރިއެކޭވެސް އެއްފަދައިން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން ބަލަމުންދާނެ ކަމަށެވެ.

ކޮވިޑް-19ކޮވިޑް-19 ވެކްސިންމޮޑާނާޖޯންސަން އެންޑް ޖޯންސަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު